ނަޝީދަށް ދިން ހަމަލާގެ ޝަރީއަތްތައް ލަސް، އެއީ ސީރިއަސް މައްސަލައެއް: އައްބާސް

މޭ ހައެއް ހަމަލާގެ ތަހުގީގާއި ޝަރީއަތް ކުރިއަށްދާ ގޮތް ބައްލަވަން ރައީސް އައްޔަންކުރެއްވި މަންދޫބު، އައްބާސް ފާއިޒް ނޫސްވެރިންނާ ވާހަކަދައްކަވަނީ.  އެ މައްސަލައިގެ ޝަރީއަތްތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރެއްވި --- ފޮޓޯ: ރައީސް އޮފީސް

މޭ ހައެއް ހަމަލާގެ ތަހުގީގާއި ޝަރީއަތް ކުރިއަށްދާ ގޮތް ބައްލަވަން ރައީސް އައްޔަންކުރެއްވި މަންދޫބު، އައްބާސް ފާއިޒް ނޫސްވެރިންނާ ވާހަކަދައްކަވަނީ. އެ މައްސަލައިގެ ޝަރީއަތްތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރެއްވި --- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަަހާރަކޮށްލަން ބަޔަކު ދިން ބޮމުގެ ހަަމަލާގައި ތުހުމަތުވާ މީހުންގެ ޝަރީއަތްތައް ކުރިއަށް ދަނީ ވަރަށް ލަސް ސްޕީޑެއްގައި ކަމަށާއި އެއީ ސީރިއަސް މައްސަލައެއް ކަމަށް އެ މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަނު ކުރެއްވި މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެ އެވެ.

ޝަރީއަތްތައް ކުރިއަށް ދާލެއް ލަސްކަމުން އެކަމުގެ ކަންބޮޑުވުން އުއްތަމަ ފަނޑިޔާރަށާއި ޖުޑީޝަލް ސާވިސް ކޮމިޝަނަށާއި ރައްޔިތުންގެ މަޖިިލީހުގެ ޖުޑިޝަރީ ކޮމިޓީއާ ވެސް ހިއްސާކުރައްވާފައިވާނެ ކަމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައްބާސް ވިދާޅުވި އެވެ. ޝަރީއަތްތައް ލަސްވަނީ ކީއްވެތޯ ބެއްލެވުމުން އެކަމުގެ ގިނަ ސަބަބުތަކެއް އެކި އިދާރާތަކުން ދެއްކި ކަމަށް އޭނާ ވިދާޅުވި އެވެ.

"ޝަރީއަތްތަކުގެ ޕޭސް [އެއް އަޑުއެހުމަށް ފަހު އަނެއް އަޑުއެހުން ބާއްވާ ތާރީހު] އަދިވެސް އޮތީ ލަސްކޮށް. މިއީ ވަރަށް ސީރިއަސް ކަންބޮޑުވުމެއް، އަޅުގަނޑަށް ވެސް، ގައުމަށް [ރާއްޖެއަށް]ވެސް،" މޭ ހައެއް ހަމަލާގެ ޝަރީއަތްތައް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ފަހުން ދިން ތަފްސީލީ ޝެޑިއުލްއަށް އިޝާރާތް ކުރައްވަމުން އައްބާސް ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ތިން އަހަރުވެފައިވާ މައްސަލަތައް ސާބިތުކުރަން އުނދަގޫވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ތިން އަހަރުވެފައިވާ މައްސަލަތައް ސާބިތުކުރަން އުނދަގޫވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ތިން އަހަރުވެފައިވާ މައްސަލަތައް ސާބިތުކުރަން އުނދަގޫވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

ލަސް ލަހުން އަޑުއެހުންތައް ބާއްވާ ގޮތަށް ކޯޓުން ޝެޑިއުލްކުރި ސަބަބު، އައްބާސް ވިދާޅުވި ގޮތުގައި އޭނާ އޮޅުންފިލުއްވި އެވެ. އެ ޝަރީއަތްތައް އެންމެ ފަހުން މަޑުޖެހުނީ ކޯޓަށް ކުރިމަތިވެފައިވާ އިމާރާތުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އައްބާސް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓު ހިންގަމުން އައި އިމާރާތް ހަލާކުވުމުން އޭގެ ބަދަލުގައި އެ ކޯޓަށް ދިން އިމާރާތުގައި ޖާގަ އޮތް ގޮތުން އެއް ވަގުތެއްގައި މަސައްކަތް ކުރެއްވެނީ އެންމެ 10 ފަނޑިޔާރުންނަށް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ތަފްސީލީ މައުލޫމާތު އެނގޭ ފަރާތްތަކުގެ ހިޔާލު ހޯދުމުން އެނގުނު ގޮތުގައި މިހާރަށް ވުރެ ރަނގަަޅަށް މެނޭޖްކޮށްފި ނަމަ ކޯޓުގެ އަޑުއެހުންތައް ބާއްވަން މިހާރަށް ވުރެ ރަނގަޅު ޖާގަ ލިބޭނެ ކަން،" އޭނާ ވިދާޅުވި އެވެ.

އެކަމުގެ ހައްލަކަށް އައްބާސް ހުށަހެޅުއްވީ ކޯޓުން ވަސީލަތްތައް ބޭނުންކުރާ ގޮތް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލައި، އެކޯޓަށް ފަންނީ ލަފާ ދިނުމެވެ.

މެއި 6, 2021 ވަނަ ދުވަހުގެ ރޭ އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ ހުރެ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލިކަން ސާބިތުވެ އަހުމަދު އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

އޭނާގެ އިތުރުން އެ މައްސަލާގައި ތުހުމަތުގައި ހައްޔަރުކުރި ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ވެސް ހުކުމް ކޮށްފައިވެ އެވެ.

އަލި މަނިކާއެކު ދައުވާކުރި ހއ. ހޯރަފުށި، އަލަނާސިގެ މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މި ދެ މީހުން ހައްޔަރު ކުރުމަށް ފަހު ފުލުހުން އޭރު ބުނެފައި ވަނީ މެއި 6، 2021 ގައި މާލޭގައި ގޮއްވި ބޮމުގެ ހަމަލާ ރޭވުމުގެ މޭސްތިރިން ކަމަށެވެ. ނަމަވެސް ތަހުގީގަށް ފަހު ދައުވާކުރީ ޓެރަރިސްޓް ޖަމާއަތް އައިސިސްއަށް ތާއީދުކުރުމުގެ ދައުވާ އެކަންޏެވެ.

މީގެ ދެ އަހަރާއި ފަސް މަސް ދުވަސް ކުރިން ހިނގި މި ހާދިސާގައި މިހާރު ޝަރީއަތްތައް ކުރިއަށްދަނީ އިސްހާގާއި, މުޖާޒް އަހްމަދާއި، އަލީ ހައިޝަމާއި، މުހައްމަދު ނާޒިމާއި، ފަހުމީ އަލީގެ މައްޗަށެވެ.

މިއަހަރުގެ ނިޔަލަށް އެ ޝަރީއަތްތައް ނިންމަން ކްރިމިނަލް ކޯޓުން ތާވަލެއް ވެސް މީގެކުރިން ދީފައިވެ އެވެ. ނަމަވެސް ތާވަލު ދިން އަޑުއެހުމުގެ ފަހުން އަދި އަޑުއެހުމެއް ބޭއްވިފައެއް ނުވެ އެވެ. އަޑުއެހުންތައް ފަހުން ނުބޭއްވިދާ އެންމެ ބޮޑު ސަބަބަކީ ކްރިމިނަލް ކޯޓުގެ އިމާރާތުގެ ބޮޑު ބައެއް ބޭނުން ނުކުރެވޭ ހާލަތަށް ދިޔުމުން, ޖާގައިގެ ދަތިކަން އޮތުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox