ހުރިހާ ވަގުތެއްގައި ވެސް ފުޑް ކޯޓު ހިދުމަތުގައި

ފުޑް ކޯޓުގެ ކެފޭ އެއް: އެންމެ ބާެރު ބޮޑުވާ އެއް ގަޑިއަކީ ރޭގަނޑު 11:00 ގެ ފަސް -- އަދަދު ފޮޓޯ/ އަހުމަދު ސައީދު

ފުޑް ކޯޓުގެ ކެފޭ އެއް: އެންމެ ބާެރު ބޮޑުވާ އެއް ގަޑިއަކީ ރޭގަނޑު 11:00 ގެ ފަސް -- އަދަދު ފޮޓޯ/ އަހުމަދު ސައީދު

"އާދޭ .... ލަވާޒާ، އިލީ، ކާޑަމަން ޓީ ފްރީކޮށް ލިބޭނެ،" ހެނދު ސަޔަށް، ކަސްޓަމަރުން ވެއްދުމަށް ހާއްސަވެ ހުރި، އާ ހާބަރުގެ ފުޑް ކޯޓެއްގެ މުވައްޒަފަކު ބުންޏެވެ. "އެންމެ 75ރ. ހުރިހާ އެއްޗެއް ލިބޭނެ."

ކުރިން ވަރަށް އާދައިގެ ގޮތަކަށް ހުރި ހާބަރު "ކަޑަތައް"، ޒަމާނީ ފުޑް ކޯޓަކަށް ބަދަލުކޮށްލީ މީގެ ފަސް އަހަރު ކުރިން އެސްޓީއޯ އިން 32 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ. ދަގަނޑު ހޮޅި އާއި ސަތަރިން ހިތްގައިމު ޑިޒައިނަކަށް، ފުޑް ކޯޓުގައި 26 ޔުނިޓް ހަދާފައި އެބަހުއްޓެވެ. މިއީ މިހާރު ރެއާއި ދުވާލު، އެންމެ ގިނަ ބަޔަލު ކެއިން ބުއިމުގެ ހިދުމަތް ހޯދާ ތަނަށް ވާނެ އެވެ. އެތަނުގެ ގިނަ ކެފޭތައް 24 ގަޑިިއިރު ހިންގަ އެވެ.

އެއްކަހަލަ ގޮނޑި އާއި މޭޒު އަތުރާފައިވާ ފުޑް ކޯޓުގެ ހުރިހާ ޔުނިޓުތަކެއް ވެސް ހުންނަނީ ދާދި އެއްގޮތަށެވެ. ތަފާތު ކުލަތަކުން ދިއްލާފައިވާ ނަންބޯޑުތަކާއެކު، ކޮންމެ ޔުނިޓެއްގައި ވެސް ބޮޑު ޓީވީ އެއް ހުރެ އެވެ. މި ޓީވީތަކުން އާންމުކޮށް ދައްކަނީ ފުޓުބޯޅަ އެވެ. ހެނދުނުގެ ބްރެކްފާސްޓް އިން ފެށިގެން، މެންދުރާއި ރޭގަނޑުގެ ކެއުމަށް ނަން ހުސްކޮށް ބުފޭގައި ވައްތަރުތައް ތައްޔާރު ކުރެ އެވެ.

އެއްތަނެއްގައި ގިނަ ކެފޭ ތަކެއް ހުންނައިރު، ކަސްޓަމަރުން ހޯދުމުގައި ފުޑް ކޯޓުގައި އޮންނަ ވާދަވެރިކަން ބޮޑެވެ. ކޮންމެ ކެފޭއެއްގައި ވެސް ކަސްޓަމަރުން ހޯދުމަށް ހާއްސަ ސްޓާފަކު ބަހައްޓާފައި ހުރެ އެވެ. އޭނާގެ މަސައްކަތަކީ އެ ހިސާބުން ފެންނަ ކޮންމެ މީހަކާ ވާހަކަ ދައްކައި، ކެފޭއަށް ވެއްދުމެވެ. އެހެން ދިމާލަކަށް ދާނަމަ، ޑިސްކައުންޓެއް ދީގެން ވެސް ކަސްޓަމަރުން ހިފެހެއްޓުމަށް އެމީހުން މަސައްކަތް ކުރެ އެވެ.

"މީހުން ކައިރީ ބުނީމަ ދޯ އެނގެނީ، ބުނީމަ ވަރަށް ގިނަ ކަސްޓަމަރުން މަޑު ކުރޭ،" ކެފޭ އެއްގައި ސޭލް ހޯދަން ހުރި، ބަންގުލަދޭޝްގެ މުހައްމަދު ޖަމީލު ބުންނެވެ. "90 ޕަސެންޓް މީހުން ކަނީ ބުފޭ، އޭރުން އަވަސްވަނީ ދޯ."

ފުޑް ޚޯޓުގެ ކެޕޭ އެއްގެ ބުފޭ އެއް: ހުރިހާ ވަގުތެއްގައި ވެސް ބުފޭ ހުރޭ -- އަދަދު ފޮޓޯ/  އަހުމަދު ސައީދު
ފުޑް ޚޯޓުގެ ކެޕޭ އެއްގެ ބުފޭ އެއް: ހުރިހާ ވަގުތެއްގައި ވެސް ބުފޭ ހުރޭ -- އަދަދު ފޮޓޯ/ އަހުމަދު ސައީދު

ފުޑް ޚޯޓުގެ ކެޕޭ އެއްގެ ބުފޭ އެއް: ހުރިހާ ވަގުތެއްގައި ވެސް ބުފޭ ހުރޭ -- އަދަދު ފޮޓޯ/ އަހުމަދު ސައީދު

ހުރިހާ ކެފޭ އެއްގައިހެން މެންދުރާއި ރޭނގަޑުގެ ބުފޭ، ވިއްކަން ހުރީ 75ރ. ގެ ރޭޓުންނެވެ. ހެނދުނުގެ ނާސްތާ ބުފޭގެ އަގު ހުރީ 55ރ. އާއި 75ރ. އާ ދެމެދުގަ އެވެ. ވަކިން އެއްޗެއް އޯޑަރު ކުރާނަމަ، އެކި ވައްތަރުގެ ނޫޑްލްސް އާއި ރައިސް ފަދަ ބާވަތްތައް 55ރ. އިން ފެށިގެން 80ރ. އާ ދެމެދުގެ އަގެއްގައި ލިބެ އެވެ. ގިނަ ކެފޭ ތަކުގައި އެންމެ އަގު ބޮޑުކޮށް ހުރީ ސީފުޑް ހިމެނޭ ބާވަތްތަކެވެ.

އާންމުކޮށް ކޮންމެވެސް އެއް ވަގުތެއްގައި ފުޑް ކޯޓުން ކައިއުޅޭ މުހައްމަދު ޒިޔާދު، 44، ބުނީ އޭނާ އަބަދުވެސް ގޮސް އުޅެނީ އެއް ކެފޭއަކަށް ކަމަށެވެ. އަދި އަބަދުވެސް ކަނީ ބުފޭ އިން ކަމަށް އޭނާ ބުންޏެވެ.

"އަސްލު ބުފޭ ނަގަނީ ވަގުތު ސަލާމަތް ކުރަން، ބުފޭ ގައި ދިހަ ބާރަ ވައްތަރު އެބަ ހުރޭ، އަގުވެސް ގޯހެއް ނޫން،" އޭނާ ބުންޏެވެ.

ކުރިންސުރެ ދިވެހިން އާންމުކޮށް ރޭގަނޑު ކާ ގަޑިއަކީ އިޝާ ނަމާދުގެ ފަހުން 8:00 ޖަހާކަށްހާއިރެވެ. ފުޑް ކޯޓުގައި ރޭ 9:00 ޖެހިއިރު ވެސް މާގިނަ މީހުނެއް ނެތެވެ. ނަމަވެސް ރޭގަނޑު 11:00 ފަށުން މީހުން ގިނަ ވާން ފެށިގެ އެވެ. ކެފޭ ތަކުން ބުނި ގޮތުގައި ކޮންމެ މަހެއްގެ ވެސް ކުރީކޮޅު މަހުގެ ފަހު ކޮޅަށްވުރެ ވިޔަފާރި ރަނގަޅެވެ.

"ލަންޗު ގަޑީގަ މީހުން ގިނަ ވާނެ، ދެން ރޭގަނޑު 11:00 ފެށިގެން އެކެއް ދޭއް ޖަހަންދެން މީހުން އަންނާނެ،" ކުރިން ވާހަކަ ދެއްކި ޖަމީލު ބުންނެވެ.

ރޭ ދަންވަރުވެގެން އައިރު ފުޑް ކޯޓުގެ މޭޒު ތަކުގައި ގިނައިން ތިބީ، ދެމަފިރިންނާއި، އާއިލާ ނުވަތަ ރައްޓެހިންނާ އެކު ކާން ގޮސްތިބި މީހުންނެވެ. އޮފީހުގައި އުޅޭ އެކުވެރިންނާއެކު، މެންދުރުގެ ކެއުމަށް ވެސް ވަރަށް ގިނަ ބަޔަކު ފުޑް ކޯޓަށް ދެ އެވެ. އަދި އައިޖީއެމްއެޗް އާ ކައިރީ ހުންނަ ތަނަކަށް ވުމުން، ހޮސްޕިޓަލަށް ގޮސް އުޅޭ މީހުން ވެސް ފުދޭ ވަރަަކަށް ގިނައިން އެތަނުން ކައި ހަދަ އެވެ. ބައެއް މަޝްހޫރު ކެފޭތަކުގެ އައުޓްލެޓްތައް ހުރުމާއި ގިނަ ކެފޭ ތަކުން ޓޭ އަކޭ ހެދެން ހުރުމަކީ ވެސް، މީހުން އެތަނާ ގަޔާވާ ސަބަބެކެވެ.

"ހަފުތާ އަކު އެއްރޭ ކަހަލަ ގޮތަކަށް މިތަނަށް އަންނަން، މިތަން ހަމަ ވަރަށް ރަނގަޅު،" އަންހެނުން ގޮވައިގެން ކާން ގޮސް އިން އަލީ ރިޒާ ބުންޏެވެ.

ރޭގަނޑު އެހާ ލަސް ގަޑިއެއްގައި ކަނީ ކީއްވެތޯ އެހުމުން އޭނާ ބުނީ އަމިއްލަ ފިހާރައެއް ހިންގާ މީހަކަށް ވާތީ ވަގުތު ވަނީ 11:00 ފަހުން ކަމަށެވެ. އޭނާ ބުނީ ފުޑް ކޯޓު ކަމުދަނީ، ގިނަ ބާވަތްތަކެއްގެ ކެއުން ލިބެން ހުންނާތީ އާއި ހިދުމަތް ވެސް ރަނގަޅު ވީމަ ކަމަށެވެ.

އެކަހެރިކޮށް ހުނަން މޭޒު ތަކުގައި ކޮފީ ތަށި ހިފައިގެން، ސިނގިރޭޓު ބޯން ތިބޭ މީހުން މަދު މަދުން ފެނުނު ނަމަވެސް ފުޑް ކޯޓުގައި އުނދަގުލަކަށްވާ ވަރަށް ދުންފަތުގެ އިސްތިއުމާލެއް ނުކުރެ އެވެ. ކޮފީ އަށް ހާއްސަ މާހައުލަކަށްވުރެ އެއީ އެކުމަށް ހާއްސަ ތަނެކެވެ. ހުރިހާ ވަގުތެއްގައި ވެސް ހިދުމަތުގައި އޮތް ފުޑް ކޯޓު ހުސްވާ ވަގުތެއް ނާދެ އެވެ.

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox