އައިސީސީ ކްރިކެޓް ވޯލްޑް ކަޕް: އިންޑިއާ އިން ނިއު ޒީލެންޑް ވެސް ބަލިކޮށްފި

Oct 23, 2023, 3:23 AM
އައިސީސީ ކްރިކެޓް ވޯލްޑް ކަޕް: އިންޑިއާ އިން ނިއު ޒީލެންޑް ވެސް ބަލިކޮށްފި

ދަރަމްޝާލާ، އިންޑިއާ (އޮކްޓޫބަރު 23) - އައިސީސީ ވަންޑޭ އިންޓަނޭޝަނަލް (އޯޑީއައި) ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިއާ އިން ރޭ ކުޅުނު މެޗުގައި ނިއު ޒީލެންޑްގެ މައްޗަށް ހަތަރު ވިކެޓުން ކުރިހޯދައިފި އެވެ.

މި ނަތީޖާއާ އެކު މުބާރާތުގައި މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ އިންޑިއާ އެވެ. އިންޑިއާ އިން 2019 ވަނަ އަހަރުގެ ސެމީ ފައިނަލުގައި ބަލިވީ ނިއު ޒީލެންޑް އަތުންނެވެ.

ފުރަތަމަ ބުރުގެ ތާވަލުގެ ކުރީގައި އިންޑިއާ އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނިއު ޒީލެންޑުގެ ފަސް މެޗުން އަށް ޕޮއިންޓް އެބައޮތެވެ.

ހިމާޗަލް ޕްރަދޭޝް ކްރިކެޓް އެސޯސިއޭޝަން ސްޓޭޑިއަމްގައި ކުޅުނު ރޭގެ މެޗުގައި އިންޑިއާ އަށް ޓޮސް ދިމާވުމުން ނިންމީ ފީލްޑް ކުރުމަށެވެ. ނިއު ޒީލެންޑުން ކުޅެން އަރައި، 50 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 273 ލަނޑެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 130 ލަނޑު ހެދި ޑަރީލް މިޗެލް އެވެ.

މި އިނިންސްގައި އިންޑިއާ އިން ތަފާތު ދެއްކީ ފަސް ވިކެޓް ނެގި މުހައްމަދު ޝާމީ އެވެ. އޭނާ ފަރާތުން ފެނުނީ ނިއު ޒީލެންޑްގެ ކުޅުމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން މެޗަށް ނުކުމެ ތަފާތު ދެއްކި ތަނެވެ.

ޖަވާބުގައި ކުޅެން އަރައި އިންޑިއާ އިން ވަނީ 48 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 274 ލަނޑު ހަދައިގެން މޮޅުވި އެވެ. އިންޑިއާ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 95 ލަނޑު ހެދި ވިރާތު ކޯލީ އެވެ. ސައްތައަކާ ގާތަށް ޖެހިލި ވިރާތު، މި މެޗުގައި ސައްތައެއް ހެދި ނަމަ ލެޖެންޑަރީ ތަރި ސަޗިން ޓެންޑުލްކާގެ އޯޑީއައި ވޯލްޑް ކަޕްގެ ސެންޗަރީ ރެކޯޑާ ހަމަކުރެވުނީހެވެ. ސަޗިން ވަނީ އޯޑީއައި ވޯލްޑް ކަޕް ކެރިއަރުގައި 49 ސެންޗަރީ ހަދައިފަ އެވެ.

އިންޑިއާ ޓީމަށް ރޭގެ މެޗު ކާމިޔާބުވުމުގައި ފުރަތަމަ ކުޅެން އެރި ބެޓްސްމަނުންގެ ޕާޓްނަޝިޕުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެ ގޮތުން، ރޯހިތު ޝަރްމާ 46 ލަނޑު ހެދިއިރު، ޝުބްމަން ގިލް ވަނީ 26 ލަނޑު އެއްކޮށްފަ އެވެ.

މި އިނިންސްގައި ނިއު ޒީލެންޑްގެ ބޯލަރު، ލޮކީ ފާގަސަން ވަނީ ދެ ވިކެޓް ނަގައިފަ އެވެ.

ކްރިކެޓް ވޯލްޑް ކަޕްގައި މިއަދު ކުޅޭ މެޗުގައި ޕާކިސްތާން ބައްދަލުކުރަނީ އަފްގާނިސްތާންއާ އެވެ. ދެ ޓީމުން ވެސް ހަތަރު މެޗު ކުޅެފައިވާއިރު، ޕާކިސްތާން ވަނީ ދެ މެޗުން މޮޅުވެފަ އެވެ. އަފްގާނިސްތާނުން ވަނީ އިންގްލެންޑް ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox