ނަޝީދު ވަކި ކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް މަޖިލީހުގައި އެޖެންޑާ ކުރަނީ

Oct 22, 2023, 5:02 AM
ނަޝީދު ވަކި ކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް މަޖިލީހުގައި އެޖެންޑާ ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމަށް ހުށަހަޅާފައި އޮތް މައްސަލަ އަންނަ އާދީއްތަ ދުވަހު ހިންގުމަށް އެ މަޖިލީހުން އެޖެންޑާ ކުރަން ނިންމައިފި އެވެ.

ނަޝީދު ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާކުރާނެ ކަން މެމްބަރުންނަށް އެންގެވީ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މިއަދު ފޮނުއްވި ސިޓީއަކުންނެވެ. މަޖިލީހުގެ ގަވައިދާ ހަވާލާ ދެއްވައި ނިއުޝާ އެ ސިޓީގައި ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅާފައި ވާތީ، ގަވައިދުގައި ބުނާ މުއްދަތު ދިނުމަށް ފަހު އަންނަ އެންމެ ފުރަތަމަ، ރަސްމީ ބަންދުނޫން ދުވަހަށް އެ މައްސަަލަ އެޖެންޑާކުރަން ޖެހޭ ކަމަށެވެ.

މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުން އިތުބާރުނެތް ކަމަށް ކަނޑައަޅަން ހުށަހަަޅާ ގަރާރުތައް މަޖިލީހުގެ އިދާރާއަށް ލިބޭތާ ތިން ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ނޯޓިސް މެމްބަރުނަށް ފޮނުވަން ޖެހެ އެވެ.

ނަޝީދު ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ އިދާރާއިން މެމްބަރުންނަށް ފޮނުވީ މިމަހުގެ 12 ވަނަ ދުވަހު އެވެ.

ނޯޓިސް ދިނުމަށް ފަހު ބަންދު ދުވަސްތައް ނުހިމަނައި 14 ދުވަހުގެ މުުހުލަތެއް ދިނުމަށް ފަހު މައްސަލަ އެޖެންޑާކުރަން ޖެހޭނެ ކަމަށް ވެސް މަޖިލީހުގެ ގަވައިދުގެ އެ މާއްދާގައި އޮވެ އެވެ. އަންނަ އާދީއްތަ ދުވަހަށް ނަޝީދުގެ މައްސަލަ އެޖެންޑާކުރައްވަން އަމީން އާއްމު ނިންމެވީ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އެހެންވެ އެވެ.

މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާފައި އޮތީ އެ މަައްސަލާގައި ޖަވާބުދާރީ ވެވަޑައިގަންނަވަން ނަޝީދަށް ޖުމްލަ 30 މިނެޓް އެރުވުމަށެވެ. އެއީ ބަހުސް ފެށުމުގެ ކުރިން 10 މިނެޓް، ބަހުސުގެ މެދުތެރެއިން 10 މިނެޓް އަދި ބަހުސް ނިންމުމުގެ ގޮތުން އަރުވާ 10 މިނެޓެވެ.

ދެގަޑިއިރަށް ފައްތައިގެން އެ މައްސަލަ ކުރިއަށް ގެންދާ އިރު ޖަވާބުދާރީ ވެވަޑައިގެންނެވުމަށް ނަޝީދަށް ލިބިވަޑައިގަންނަވާ 30 މިނެޓް ފިޔަވައި އެެހެން ހުރިހާ ވަގުތެއް ބަހައިލާނީ މެމްބަރުން ބަހުސްކުރެއްވުމަށެވެ.

ނަޝީދުގެ އިތުބާރު ނެތްކަމަށް ކަނޑައަޅައި މަޖިލީހުގެ ރައީސްކަމުން ވަކިކުރަން އެމްޑީޕީން މީގެ ކުރިން ވެސް ހުށަހެޅި އެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އެ މައްސަަލަ އަނބުރާ ގެންދިޔަ އެވެ.

އެގޮތަށް ކަންތައް ކޮށްފައި ވާތީ މިފަހަރުގެ މައްސަލަ ބަލައިގަންނަން ދަތިވާނެ ކަމަށް ނަޝީދު ފުރަތަމަ އިޝާރާތް ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ދެން ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެނީ އަންނަ ދައުރުގައި ކަމަށެވެ. އެއީ މީގެ ކުރިން އެފަދަ މައްސަލައެއް މި ދައުރުގައި ހުށަހަޅައި، އަނބުރާ ގެންގޮސްފައިވާތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް މަޖިލީހުން ފަހުން ނިންމީ އެ މައްސަަލަ ކުރިއަށް ގެންދާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox