ސިޓީ އެއް ވަނަ އަށް، އާސެނަލުން ފަހު ވަގުތު ޗެލްސީ ހުއްޓުވައިފި

Oct 22, 2023, 4:05 AM
ސިޓީ އެއް ވަނަ އަށް، އާސެނަލުން ފަހު ވަގުތު ޗެލްސީ ހުއްޓުވައިފި

ލަންޑަން (އޮކްޓޫބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އަތުން 2-1 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނަ އަށް ޖެހިލިއިރު، ދެ ލަނޑުގެ ލީޑެއް ނަގާފައި އޮތް ޗެލްސީއާ ދެކޮޅަށް އާސެނަލުން ފަހު ވަގުތު 2-2 އިން އެއްވަރުކޮށްފި އެވެ.

ރޭގެ ނަތީޖާ ތަކަށް ފަހު ސިޓީ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް އާސެނަލާ އެއްވަރަށް ނުވަ މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ލިވަޕޫލާއި ހަތަރެއްގައި އޮތް ޓޮޓެންހަމް އަށް ވަނީ 20 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލުން ވަނީ ރޭ އަމިއްލަ ދަނޑުގައި 2-0 އިން އެވަޓަން ބަލިކޮށްފަ އެވެ. ލިވަޕޫލުން ނުވަ މެޗު ކުޅެފައިވާއިރު، ޓޮޓެންހަމް އިން ކުޅެފައިވަނީ އަށް މެޗެވެ.

ސިޓީ މޮޅުވީ ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޖެހި ގޯލުތަކުންނެވެ. އެ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދިނީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ހޫލިއަން އަލްވަރޭޒް އެވެ. އަދި އާލިން ބްރައުޓް ހާލަންޑް ވަނީ ސިޓީގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. ދެ ވަނަ ހާފުގައި ބްރައިޓަންގެ ހަމައެކަނި ގޯލު ޖެހީ ބާސެލޯނާގެ ލޯން އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ކުޅެމުން އަންނަ އަންސޫ ފާޓީ އެވެ.

އާސެނަލް ކޮޅަށް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ލީޑުނެގީ ޕެނަލްޓީއަކުން ކޯލް ޕާމާ ޖެހި ގޯލުންނެވެ. މިއީ އާސެނަލްގެ ޑިފެންޑަރު ވިިލިއަމް ސަލީބާ އަތުގައި ބޯޅަ ޖެހުނު ކަމަށް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެެކެވެ. ދެ ވަނަ ހާފުގެ ކުރީކޮޅުގައި މިކައިލޯ މުޑްރިކް ޖެހި މޮޅު ގޯލުން ޗެލްސީން ލީޑު ފުޅާކުރި އެވެ. މުޑްރިކް މި ލަނޑު ޖެހީ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ އަތްމަތިންނެވެ. މިއީ މުޑްރިކް ޗެލްސީ ދަނޑުގައި ލީގުގައި ޖެހި ފުރަތަމަ ގޯލެވެ.

ޗެލްސީ މޮޅުވާން ދަނިކޮށް އާސެނަލުން އެއްވަރުކުރީ ފަހު ވަގުތު އެވެ. އެ ގޮތުން 77 ވަނަ މިނިޓްގައި އާސެނަލްގެ ފުރަތަމަ ލަނޑު ޖެހީ ކުރިން ޗެލްސީ ޔޫތު ޓީމަށް ކުޅުނު ޑެކްލަން ރައިސް އެވެ. އަދި އޭގެ ހަތް މިނިޓް ފަހުން، ބުކާޔޯ ސަކާ ދިން ބޯޅައަކުން އާސެނަލަށް އެއްވަރުކޮށްދިނީ ލެއަންޑްރޯ ޓްރޮސާޑް އެވެ.

އެޝްލީ ޔަންގް އަށް ދެއްކި ރަތް ކާޑުގެ ސަބަބުން އެވަޓަން އިން ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުގެ ބޮޑުބައި ކުޅެން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ. ލިވަޕޫލުން ދެ ގޯލު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، 75 ވަނަ މިނިޓްގައި މުހައްމަދު ސަލާހު ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. މިއީ އެވަޓަންގެ ޑިފެންޑަރު، މައިކަލް ކީން އަތުގައި ބޯޅަ ޖެހުމުން، ވީއޭއާރް އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ. ލިވަޕޫލްގެ ދެ ވަނަ ގޯލު، ސަލާހު ޖެހީ މެޗުގެ އިތުރު ވަގުތުގައި ކައުންޓަ އެޓޭކެއްގައި ޑާވިން ނޫނޭޒް ދިން ބޯޅައަކުންނެވެ.

ޝެފީލްޑް އަތުން 2-1 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، މި މެޗުގައި ޔުނައިޓެޑަށް ލީޑުނަގައިދިނީ ސްކޮޓް މެކްޓޮމިނޭ އެެވެ. އެކަމަކު، މެކްޓޮމިނޭ އަތުގައި ޖެހުނު ބޯޅައަކަށް ދިން ޕެނަލްޓީ އަކުން ޝެފީލްޑުން އެއްވަރުކުރި އެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ ޝެފީލްޑްގެ އޮލީ މެކްބާނީ އެވެ. ދެ ވަނަ ހާފުގައި ޔުނައިޓެޑް މޮޅުކޮށްދިން ގޯލު ޖެހީ ޑިއޯގޯ ޑަލޯ އެވެ.

ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑުން 4-0 އިން ކްރިސްޓަލް ޕެލަސް ބަލިކުރިއިރު، ބޯންމައުތު އަތުން ފަހަތުން އަރައި 2-1 އިން ވުލްވްސް ވަނީ ކުރިހޯދައިފަ އެވެ. ބްރެންޓްފޯޑުން 3-0 އިން ބާންލީ ބަލިކުރިއިރު، ލޫޓަން ޓައުން އާއި ނޮޓިންހަމް ފޮރެސްޓް ވަނީ 2-2 އިން އެއްވަރުވެފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox