ކައިރޯ ޕީސް ސަމިޓުގައި އިޒްރޭލާއި އެމެރިކާއިން ބައިވެރިނުވާން ނިންމައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑަން (ކ) އަދި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ (ވ) : ކައިރޯ ޕީސް ސަމިޓުގައި އިޒްރޭލާއި އެމެރިކާއިން ބައިވެރިނުވާން ނިންމައިފި -

އެމެރިކާގެ ރައީސް ޖޯ ބައިޑަން (ކ) އަދި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ (ވ) : ކައިރޯ ޕީސް ސަމިޓުގައި އިޒްރޭލާއި އެމެރިކާއިން ބައިވެރިނުވާން ނިންމައިފި -

އިޒްރޭލުން ގާޒާގައި ކުރިއަށް ގެންދަމުންދާ ގަތުލްއާމު ހުއްޓުވާ މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް މިސްރުގެ ވެރިރަށް ކައިރޯގައި މިއަދު ފަށާ ސުލްހައިގެ މަހާސިންތާގައި ބައިވެރިނުވާން އެމެރިކާ އަދި އިޒްރޭލުން ނިންމައިފި އެވެ.

"ކައިރޯ ޕީސް ސަމިޓު" ނަމުގައި ކުރިއަށް ގެންދާ މި ސަމިޓުގައި އަރަބި ދުނިޔޭގެ ގިނަ ގައުމުތަކާއި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ އިތުރުން ބައިނަލްއަގުވާމީ ޖަމާއަތްތައްވެސް ބައިވެރިވާނެ އެވެ.

މި މަހާސިންތާއާ ގުޅޭގޮތުން މިސްރުގެ ފޮރިން މިނިސްޓަރު ސަމީ ޝޫކްރީ ވިދާޅުވީ، މުޅި ސަމިޓުގެ މައިގަނޑު ފޯކަސްއަކަށް ވެގެންދާނީ އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ބަދަލުކުރެވެމުންދާ ހަމަލާތައް ހުއްޓާލުން ކަމަށެވެ.

Advertisement

އަދި، އިޒްރޭލާ އެމެރިކާ ބައިވެރި ނުވި ނަމަވެސް، ހިސާރުކޮށްފައިވާ ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ހޯދުމާމެދު މަޝްވަރާ ކުރެވޭނެ ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މިހާތަނަށް އދ. ގެ ސަލާމަތީ ކޮމިޓީއަށް ހުށަހެޅި ދެ ގަރާރުވެސް އެމެރިކާއިން ވަނީ ވީޓޯ ކޮށް ބޭރުކޮށްލާފަ އެވެ.

މި މަހުގެ ހަތްވަނަ ދުވަހު ފެށި ގަތުލުއާންމު ފެށިތާ ތިންވަނަ ދުވަހު އިޒްރޭލުން ވަނީ ގާޒާއަށް ފޯރުކޮށްދެމުންދިޔަ ފެނާއި ކަރަންޓު ކަނޑާލާ ކާބޯތަކެތި އެތެރެކުރުން ހުއްޓުވާފަ އެވެ. މިސްރާއި ގާޒާ އާ ދެމެދު އޮންނަ ރަފާހް ބޯޑަރުގައި އެހީގެ ލޮރީތައް ފުނި ޖެހުނު ނަމަވެސް، އިޒްރޭލުން ވަނީ ބޯޑަރު ހުރަސްކޮށްފި ނަމަ ހަމަލާދޭނެ ކަމަށް ބުނެފަ އެވެ.

ހަމަލާތައް ހުއްޓާލާ ސުލްހަ ގާއިމުކުރުމަށާއި އިޒްރޭލަށް އޮތް ތާއީދު ދެއްކުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މިދިޔަ ހަފުތާގައި އިޒްރޭލަށް ވަޑައިގެންފަ އެވެ. ބައިޑެންގެ ދަތުރުގައި އުރުދުންގައި މިސްރު އަދި ފަލަސްތީނުގެ ރައީސުންނާއެކު މަޝްވަރާ ކުރަން ރާވާފައި އޮތް ނަމަވެސް، އިޒްރޭލުން ގާޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާއަކާއެކު އުރުދުން އިން ވަނީ އެ ދަތުރު ކެންސަލްކޮށްފަ އެވެ.

އިޒްރޭލުން ގާޒާއަށް މިހާރު ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 4،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ކުދްރާ ވިދާޅުވީ އިސްރާއީލުން ގާޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 4،137 މީހުން ވަނީ ޝަހީދުވެފައި ކަމަށެވެ. އޭގެ ތެރޭގައި 1،661 ކުޑަކުދިން ހިމެނެ އެެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި ހަމަލާތަކުގައި ގެއްލިގެން ހޯދަމުންދާ މީހުންނާ ގުޅޭ ގޮތުން އޮފިޝަލުންނަށް 1،400 އިންކުއަރީ ލިބިފައިވާއިރު އޭގެ ތެރޭގައި 720 ކުޑަކުދިން ހިމެނެ އެވެ. އަދި ޒަހަމްވެގެން 13،260 މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox