ވިރާތުގެ ސައްތައާ އެކު މޮޅުވެ އިންޑިއާ އިން ރެކޯޑް ދަމަހައްޓައިފި

Oct 20, 2023, 5:29 AM
ވިރާތުގެ ސައްތައާ އެކު މޮޅުވެ އިންޑިއާ އިން ރެކޯޑް ދަމަހައްޓައިފި

ޕޫނޭ، އިންޑިއާ (އޮކްޓޫބަރު 20) - އައިސީސީ ވަންޑޭ އިންޓަނޭޝަނަލް (އޯޑީއައި) ކްރިކެޓް ވޯލްޑް ކަޕްގައި ވިރާތު ކޯލީގެ ސައްތައާ އެކު، ރޭ ހަތް ވިކެޓުން ބަންގްލަދޭޝް ބަލިކޮށް އިންޑިއާ މި ފަހަރުގެ މުބާރާތުގައި ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.

އިންޑިއާގައި ކުރިއަށްދާ މި ފަަހަރުގެ ވޯލްޑް ކަޕްގައި ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑް އޮތީ އިންޑިއާގެ އިތުރުން ނިއު ޒީލެންޑް އަތުގަ އެވެ.

ޕޫނޭގެ މަހަރާޝްތުރަ ކްރިކެޓް އެސޯސިއޭޝަން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ބަންގްލަދޭޝް އިން ނިންމީ ކުޅެން އަރާށެވެ. އެ ގޮތުން، 50 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެެގެން ބަންގްލަދޭޝަށް އެއްކުރެވުނީ 256 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ އޯޕަނިން ބެޓްސްމަނުންގެ ގޮތުގައި ނުކުތް ލިޓޯން ދާސް އާއި ތަންޒީދު ހާން އެވެ. ދާސް ވަނީ 66 ލަނޑު އެއްކޮށްފަ އެވެ. އަދި ތަންދީދަށް ހެދުނީ 51 ލަނޑެވެ.

މި އިނިންގްސްގައި އިންޑިއާގެ ބޯލަރުން ކަމަށްވާ ޖަސްޕްރީތު ބުމްރާ އާއި މުހައްމަދު ސިރާޖު އަދި ރަވިންދުރަ ޖަދޭޖާ، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ.

ޖަވާބުގައި ކުޅެން އަރައި، އިންޑިއާ މޮޅުވީ 41.3 އޯވަރުގެ ތެރޭގައި 261 ލަނޑު އެއްކޮށްގެންނެވެ.

އިންޑިއާ އިން އޯޕަނިން ބެޓްސްމަނުންގެ ގޮތުގައި ކުޅެން އެރި ކެޕްޓަން، ރޯހިތު ޝަރްމާ 48 ލަނޑު ހެދިއިރު، ޝުބްމަން ގިލް ވަނީ 53 ލަނޑު ހަދައިފަ އެެވެ. އެ ފަހުން، ކުޅެން އެރި ވިރާތު ވަނީ ނުބައިނުވެ، 97 ބޯޅައިން 103 ލަނޑު ހަދައިފަ އެވެ.

މެޗަށް ފަހު ވިރާތު ބުނީ، އިންޑިއާ އިން މި ފަހަރުގެ ވޯލްޑް ކަޕަށް ވި ތައްޔާރީތައް ރަނގަޅުކަން މެޗަކަށް ފަހު މެޗެއް ފެންނަމުންދާ ކަމަށާއި މުޅި ޓީމުން އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ފޯކަސް ގެއްލުވައިނުލައި ދައްކާ ކުޅުމަށް ތައުރީފު ހައްގު ކަމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox