ސްޕެއިން، ސްކޮޓްލެންޑު އަދި ތުރުކީ ޔޫރޯ އަށް ކޮލިފައިވެއްޖެ

Oct 16, 2023, 4:52 AM
ސްޕެއިން، ސްކޮޓްލެންޑު އަދި ތުރުކީ ޔޫރޯ އަށް ކޮލިފައިވެއްޖެ

އޮސްލޯ، ނޯވޭ (އޮކްޓޫބަރު 16) - އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ސްޕެއިން އާއި ސްކޮޓްލަންޑް ކޮލިފައިވެއްޖެ އެވެ.

އަންނަ އަހަރުގެ ޖޫން 14 އިން ޖުލައި 14 އަށް އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް މިހާތަނަށް ކޮލިފައިވެފައިވަނީ ހަތް ގައުމެކެވެ. އެއީ މުބާރާތް ބާއްވާ ގައުމު ޖަރުމަންގެ އިތުރުން ބެލްޖިއަމް، ފްރާންސް، ޕޯޗުގަލް، ސްޕެއިން، ސްކޮޓްލަންޑުގެ އިތުރުން ތުރުކީ އެވެ.

ސްޕެއިން އާއި ސްކޮޓްލެންޑަށް ޔޫރޯގެ ޖާގަ ޔަގީންވީ ރޭ ކުޅުނު ކޮލިފައިން ގްރޫޕް އޭގެ މެޗުގައި ސްޕެއިން އަތުން ނޯވޭ ބަލިވުމުންނެވެ. މި މެޗު ސްޕެއިން ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ ސްޕެއިންގެ 19 އަހަރުގެ މިޑްފިލްޑަރު ގަވީ އެވެ.

މި ނަތިޖާއާ އެކު ސްޕެއިން އޮތީ ގްރޫޕްގެ އެއް ވަނައިގައި 15 ޕޮއިންޓް ހޯދައިގެންނެވެ. ސްޕެއިންއާ އެކު މި ގްްރޫޕުން ދެން ކޮލިފައިވި ސްކޮޓްލެންޑުން ވެސް ވަނީ 15 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި އޮތީ މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑު ކުޅެމުން އަންނަ ނޯވޭ އެވެ. ނޯވޭ އަށް ކޮލިފައިންގެ ސީދާ ޖާގައެއް މިހާރު ނުލިބޭއިރު، ޕްލޭއޮފް ބުރުން ވެސް އެ ޓީމަށް ފުރުސަތު ލިބުން އޮތީ ހަނިކޮށެވެ.

ތުރުކީ ޔޫރޯ ކޮލިފައިންގެ ޖާގަ ކަށަވަރުކުރީ ކޮލިފައިން ގްރޫޕް ޑީގައި ރޭ ލެޓްވިއާ އަތުން 4-0 އިން މޮޅުވުމުންނެވެ. މި ނަތީޖާއާ އެކު އެ ޓީމަށް ވަނީ ހަތް މެޗުން 16 ޕޮއިންޓް ލިިބިފަ އެވެ. މި ގްރޫޕްގައި ވޭލްސް އާއި ކްރޮއޭޝިއާ ވާދަކުރި މެޗުން ވޭލްސް މޮޅުވުމުން ދެ ވަނަ ޓީމުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. ވޭލްސް އަށް މިހާރު 10 ޕޮއިންޓް ލިބިފައިވާއިރު، ކްރޮއޭޝިއާ އަށް ވެސް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ.

ތުރުކީ އަށް ފަހު މި ގްރޫޕުން ޔޫރޯގެ ފަހު ޖާގަ ލިބޭނީ ވޭލްސް ނުވަތަ ކްރޮއޭޝިއާ އަށެވެ. ވޭލްސް އަށް ބާކީ އޮތީ އަރްމީނިއާ އަދި ތުރުކީއާ ދެކޮޅަށް ކުޅޭ މެޗެވެ. ކްރޮއޭޝިއާ އަށް އޮތީ ލެޓްވިއާ އަދި އާރްމިނިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ޔޫރޯ ކޮލިފައިން ގްރޫޕް އައިގައި ސްވިޒަލެންޑަށް ބެލަރޫސް އަތުން މޮޅުނުވެވުމުން އެ ޓީމު ޔޫރޯގެ ޖާގަ އެއް އަވަހަށް ޔަގީންކުރުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. ބެލަރޫސް އާ ސްވިޒަލެންޑް ވާދަކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. އޭގެ ފައިދާ ނަގައި މިހާރު މި ގްރޫޕްގެ އެއް ވަނައިގައި އޮތީ އެންޑޯރާ އަތުން 4-0 އިން ރޭ މޮޅުވި އަލްބޭނިއާ އެވެ.

ޔޫރޯ ކޮލިފައިންގައި މިރޭވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެ އެވެ. އޭގެ ތެރޭގައި ނެދަލެންޑްސް އާއި ގްރީސް ވާދަކުރާ މެޗާއި، ބެލްޖިއަމްއާ ސްވިޑެން ވާދަކުރާ މެޗު ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox