ފްރާންސް، ބެލްޖިއަމް އަދި ޕޯޗުގަލް ޔޫރޯ އަށް ކޮލިފައިވެއްޖެ

Oct 14, 2023, 5:40 AM
ފްރާންސް، ބެލްޖިއަމް އަދި ޕޯޗުގަލް ޔޫރޯ އަށް ކޮލިފައިވެއްޖެ

އަމްސްޓެޑަމް (އޮކްޓޫބަރު 14) - އަންނަ އަހަރު ޖަރުމަންގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުން ފްރާންސް، ބެލްޖިއަމް އަދި ޕޯޗުގަލް ޖާގަ ހޯދައިފި އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފުރަތަމަ ކޮލިފައިވި ތިން ގައުމަށް ފްރާންސާއި، ބެލްޖިއަމް އަދި ޕޯޗުގަލް ވެފައިމިވަނީ ކޮލިފައިންގައި ރޭ ކުޅުނު މެޗުތައް ކާމިޔާބު ކޮށްގެންނެވެ. ފްރާންސް މޮޅުވީ ނެދަލެންޑްސް އަތުން 2-1 އިންނެވެ. ބެލްޖިއަމް އޮސްޓްރިއާ އަތުން 3-2 އިން މޮޅުވިއިރު، ޕޯޗުގަލް މޮޅުވީ ސްލޮވާކިއާ އަތުން 3-2 އިންނެވެ.

ނެދަލެންޑްސް އަތުން ފްރާންސް މޮޅުވުމާ އެކު އެ ޓީމު ވަނީ ކޮލިފައިންގައި ކުޅުނު ހަ މެޗުވެސް ކާމިޔާބުކޮށް 18 ޕޮއިންޓް ހޯދައިފަ އެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު ގްރީސް އެވެ. އެއް މެޗު މަދުން ކުޅެފައިވާ ނެދަލެންޑްސް އޮތީ ނުވަ ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.

ފްރާންސް ރޭ ކުޅުނު މެޗުން އެ ޓީމް މޮޅުވީ ކީލިއަން އެމްބާޕީ ޖެހި ދެ ގޯލުންނެވެ. މި ދެ ގޯލާ އެކު ފްރާންސްގެ ގައުމީ ޓީމަށް އޭނާ ޖެހި ގޯލުގެ އަދަދު ވަނީ 42 އަށް އަރައިފަ އެވެ. ފްރާންސްގެ ގައުމީ ޓިމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތަރު ވަނަ އަށް އޭނާ ވަނީ ޖެހިފަ އެވެ. އެމްބާޕޭ އަށް ވުރެ ކުރީގައި މި ލިސްޓުގައި އޮތީ އެންޓޮއިން ގްރީޒްމަން (44)، ތިއެރީ އޮންރީ (51) އަދި އޮލިވިއޭ ޖިރޫ (54) އެވެ.

ސްލޮވާކިއާ އަތުން ޕޯޗުގަލް މޮޅުވި މެޗުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދެ ގޯލު ޖަހައިފަ އެވެ. މި ދެ ގޯލާ އެކު އޭނާ ގައުމީ ޓީމަށް ޖެހި ގޯލުގެ އަދަދު ވަނީ 125 އަށް އަރައިފަ އެވެ. މެޗުގައި ޕޯޗުގަލްގެ އަނެއް ގޯލު ޖަހައިދިނީ ގޮންކާލޯ ރާމޯސް އެވެ. ސްލޮވާކިއާގެ ދެ ގޯލު ޖަހައިދިނީ ޑޭވިޑް ހެންކޯ އަދި ސްޓަނިސްލާވް ލޮބޮޓްކާ އެވެ.

ބެލްޖިއަމް އޮސްޓްރިއާ އަތުން މޮޅުވި މެޗުގައި ފުރަތަމަ ތިން ގޯލު ޖެހީވެސް ބެލްޖިއަމުންނެވެ. މި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖަހައިދިނީ ޑޮޑީ ލުކެބެކިއޯ އެވެ. މިއީ ލުކެބެކިއޯ ބެލްޖިއަމްގެ ގައުމީ ޓީމަށް ގޯލު ޖެހި ފުރަތަމަ ފަހަރެވެ. ބެލްޖިއަމްގެ އަނެއް ގޯލު ޖަހައިދިނީ ރޮމެލޫ ލުކާކޫ އެވެ. އޮސްޓްރިއާގެ ދެ ގޯލު ޖަހައިދިނީ ކޮންރަޑް ލައިމާ އާއި މާސެލް ސަބިޓްޒާ އެވެ. ސަބިޓްޒާ ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ.

ޔޫރޯ ކޮލިފައިންގެ މެޗުތައް މިރޭ ވެސް ކުރިއަށްދާނެ އެވެ. މިގޮތުން މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު އެންމެ ފޯރިގަދަވާނެ ކަމަށް ބެވެނީ ގްރޫޕް ޖީގައި ހަންގޭރީއާ ސާބިއާ ވާދަކުރާ މެޗެވެ. 10 ޕޮއިންޓާ އެކު ދެ ޓީމު ވެސް މިވަގުތު ގްރޫޕްގެ ކުރީގައި އޮތްއިރު، މި މެޗުން މޮޅުވާ ޓީމެއް ޔޫރޯ އަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުވާނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox