ޖޭއެސްސީގެ އެކުލެވުން ބަދަލުކުރާ ބިލު ވެސް ޑިމޮކްރެޓްސް-އެމްޑީޕީގެ އަރައިރުމަކަށް

ޑިމިކްރެޓްސްގެ ވަގުތީ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ޑިމިކްރެޓްސްގެ ވަގުތީ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން ބަދަކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ހިތަދޫ އުތުުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ބިލުގެ ބަހުސް ވެސް އެމްޑީޕީ އާއި އެޕާޓީން ބަޔަކު ވަކިިވެގެން އުފެއްދި ދަ ޑިމޮކްރެޓްސްގެ އަރައިރުމަކަށް ވެއްޖެ އެވެ.

ޖޭއެސްސީގެ އޮނިގަނޑު ބަދަލުކުރާ ބިލުގެ ބަހުސް މިއަދު ފެށުމާ އެކު ޑިމޮކްރެޓްސްގެ މެމްބަރުން އެ ބިލަށް ފާޑުވިދާޅުވާން ފެށްޓެވީ ޖޭއެސްސީ ސިޔާސީވާ މައިގަނޑު ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކޮމިޝަނުގައި އިންނެވުން ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވުމުންނެވެ. އެ ބިލު މަޖިލީހަށް ހުށަހެޅީ ޖޫން 19، ގައި ކަމަށް ވާއިރު މިހައިތަނަށް އެ ބިލުގެ މަސައްކަތް ނުހިނގާ އޮތުމުން އެކަމުުގެ ކަންބޮޑުވުން ވެސް ޝަރީފް ފާޅުކުރެއްވި އެވެ.

"މި މަޖިލީހުގެ ރިޔާސަތުން، ޖުޑިޝަރީީ އިސްލާހުވިޔަ ނުދިނުމަށް، ރެއާ ދުވާލު އެމަނިކުފާނު ނިސްބަތްވާ ޕާޓީން، ޖުޑިޝަރީއަށް އަތް ބާނާ ވާހަކަ އާއި ސަރުކާރުން ޖުޑިޝަރީއަަށް ނުފޫޒު ފޯރުވާ ވާހަކަ ދައްކަމުން، ރައްޔިތުންނަށް އޮޅުވައިލަމުން، ބަހުސްކުރަމުން އެހެން ނަމަވެސް މި [ބިލު] މަޖިލީހަށް ބަހުސްކުރަން ނުގެންނަވައި އިންތިހާބު ނިމެންދެން އޮތް އޮތުން ވެސް އެއީ ވިސްނައިލަން ޖެހޭ ކަމެއް،" ޝަރީފް ވިދާޅުވި އެވެ.

އެ ވާހަކައަށް ރައްދު ދެއްވަމުން މާފަންނު މެދު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ތުހުމަތު ކުރެއްވީ ސަރުކާރުން އެ ބިލު ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް މިވަގުތު ރައީސް މުހައްމަދު ނަޝީދު ހުންނެވުމުން، ޖޭއެސްސީން އެމަނިކުފާނު ބޭރުކުމުގެ މަގުސަދުގައި ކަަމަށެވެ. އެގޮތަށް ވިސްނައިގެން ބިލު އެކުލަވައިލުމުން ބިލު އޮތީ އަމިއްލަ ލޯފާމަކަށް ޖުޑީޝަރީ "އައުޓްސޯސް ކުރެވޭ" ފަދަ ގޮތަކަށް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒް ވިދާޅުވީ ޖޭއެސްސީގެ އެކުލެވުމަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު އޮތް ގޮތުން ސިޔާސީ ނުފޫޒުން މުޅިން އެއްކިބާ ނުވިޔަސް، ބިލު އޮތީ އެ ނުފޫޒު ކުޑަވާ ގޮތަށް ކަމަށެވެ. ބިލު ހުށަހެޅީ ކޮމިޝަނުން ވަކި ބޭފުޅަކު ވަކިކުރަން ކަމަށް ބުނާ ބުނުމުގެ އެއްވެސް އަސާސެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑިމިކްރެޓްސްގެ ވަގުތީ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ޖޭއެސްސީގެ އެކުލެވުން ބަދަލުކުރާ ބިލު ހުށަހަޅާފައި މިހާރު އޮތީ އެމްޑީޕީގެ މެނިފެސްޓޯގައި ވައުދުވެފައިވާ ގޮތަށް ނޫން ކަމަށެވެ.

ބިލުގައި ހުރި މާއްދާތަކުގެ ތެރެއިން އޭނާ އެންމެ ބޮޑަށް ދެކޮޅު ހެއްދެވީ ޖޭއެސްސީގައި ބައެއް ފަނޑިޔާރުން ތިއްބަވާ ގޮތަށް އޮތް އޮތުމާ އެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރާއްޖޭގެ މި ހާލަތު އޮތް ގޮތުންނާ އެކު، ފަނޑިޔާރުގެތަކުގައި ތިބި ފަނޑިޔާރުންނަށް، އެ ބޭފުޅުން [ފަނޑިޔާރުން] ކުރާ މަސައްކަތަށް ފާރަވެރި ވެވިދާނެ ކަމަކަށް،" ހަސަން ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ވެސް ވިދާޅުވީ ޖޭއެސްސީ އިސްލާހުކުރުމުގެ ބިލު ސަރުކާރުން ހުށަހެޅީ ވަކި ބަޔަކަށް އަމާޒުކޮށްގެން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox