ނަޝީދު ވަކިކުރުމުގެ މައްސަލަ: ޑިމޮކްރެޓްސްގެ ތުހުމަތާއި އެމްޑީޕީގެ ރައްދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅަން އެމްޑީޕީން އުޅެނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސް އަޅަން ކަަމަށް ދަ ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން ގެންދަވަނީ ތުހުމަތުކުރައްވަމުންނެވެ.

ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ނަޝީދު ވަކިކުރަން މިވަގުތު ހުށަހަޅަނީ ހަމަ ސީދާ އެ ބޭނުމަށް ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަ ފަސްކުރަން އޭނާގެ ޕާޓީން އެމްޑީޕީއާ މަޝްވަރާނުކުރާ ކަަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ހަމަ ސީދާ އެ ބޭނުމަށް [އާ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސް އަޅަން] ކަމަށް އެ މައްސަލަ މިވަގުތު އެ ހުށަހަޅަނީ،" އާޒިމް މިއަދު "އަދަދު" އަށް ވިދާޅުވި އެވެ.

"ނަޝީދު ވަކިކުރުމަކުން ހުވާކުރުމުގެ ރަސްމިއްޔާތަށް އެޅޭނެ ހުރަހެއް ނެތް"

އާޒިމް އާއި ދަ ޑިމޮކްރެޓްސްގެ ބައެއް އެހެން ހަރަކާތްތެރިން އެގޮތަށް ތުހުމަތު ކުރާ އިރު ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަަރު އަލީ ނިޔާޒު ވިދާޅުވަނީ އެފަދަ ވިސްނުމެއް އެމްޑީޕީގެ ނެތް ކަމަށެވެ. އަލީ ނިޔާޒު "އަދަދު" އަށް މިއަދު ވިދާޅުވީ ނަޝީދު ވަކިކުރުމުގެ މައްސަލަ އަކީ އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެއްވެސް ހުރަހެއް އެޅޭނެ މައްސަލައެއް ނޫން ކަމަށެވެ.

"އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަކީ މަޖިލީހުގެ އިދާރާއިން އިންތިޒާމުކުރާ ކަމެއް. މަޖިލީހުގެ ރައީސްގެ މަގާމުގައި ވަކި ބޭފުޅަކު ނެތުމަކުން އެ ރަސްމިއްޔާތަށް އެޅޭނެ ހުރަހެއް ނެތް. އަޅުގަނޑުމެންގެ އެ ވިސްނުމެއް ވެސް ނެތް،" އަލީ ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނިންމައި، މަޖިލީހުގެ ރައީސް ކަމަށް އެހެން ބޭފުޅަކު އިސްކުރާހާ ވަގުތު ވެސް ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާ ތާރީހާ މި ދެމެދު އަދި އެބަ އޮތެވެ.

ނަޝީދު ވަކިކުރަން މިފަހަރު ހުށަހަޅާ ސަބަބު ވެސް އޭނާ ތަފްސީލުކޮށްދެއްވި އެވެ.

"މަޖިލީހުގެ މެޖޯރިޓީ ރައްޔިތުން ދިނީ އެމްޑީޕީއަށް. ނަޝީދު މިހާރު އެވަނީ އާ ސަރުކާރުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައި. އެހެންވީމާ މަޖިލީހުގެ ރިޔާސަތު އޮންނަން ޖެހޭނީ އެމްޑީޕީއަށް،" އަލީ ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ އިތުބާރު ނެތް ކަމަށް ކަނޑައަޅަން އެމްޑީޕީން ފުރަތަމަ ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދަވަން ނަޝީދު އޭރު ދެއްކެވި ސަބަބުތަކެއް ވެސް މިހާރަކު ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox