އުރީދޫގެ "ޝޮޕް އިން ޝޮޕް" ކައުންޓަރެއް ހުޅުމާލޭގައި ހުންނަ ރެޑްވޭވް މޯލްގައި ހުޅުވައިފި އެވެ.
މުވާސަލާތީ ކުންފުނި އުރީދޫ އިން ބުނީ ރެޑްވޭވް މޯލްއާއެކު ކުރިއަށް ގެންދާ މި ޕާޓްނާޝިޕުގެ މަގުސަދަކީ ކަސްޓަމަރުން މޯލްގައި ވިޔަފާރި ކުރާއިރު ލުއިފަސޭހަކަމާ އެކު އުރީދޫގެ ހިދުމަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.
"ޝޮޕް އިން ޝޮޕް" ކައުންޓަރުން ލިބޭނެ ހިދުމަތްތައް
- ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ސިމް ކާޑު ގަތުން
- އުރީދޫ ބިލްތައް ދެއްކުން
- ސުޕަނެޓްގެ ހިދުމަތް
- 5ޖީ ބްރޯޑްބޭންޑްގެ ހިދުމަތް
- އެންމެ ފަހުގެ ޕްރޮމޯޝަންތަކުގެ މައުލޫމާތު
"ރެޑްވޭވް މޯލްގައި އަޅުގަނޑުމެންގެ ޝޮޕް އިން ޝޮޕް ކައުންޓަރު ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ސްޓްރެޓެޖިކް ޕާޓްނާޝިޕުގެ ދަށުން ރެޑްވޭވް މޯލްއިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް އެއް ފުރާޅެއްގެ ދަށުން އުރީދޫގެ ހިދުމަތްތައްވެސް ލިބިގަނެ ފުރިހަމަ ޝޮޕިން ތަޖުރިބާއެއް ލިބިގެންދާނެ،" އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވި އެވެ.
ރެޑްވޭވް މޯލްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝުޖާއު ވިދާޅުވީ އުރީދޫގެ "ޝޮޕް އިން ޝޮޕް " ކައުންޓަރާއެކު ރެޑްވޭވް މޯލްގެ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިފައިވާ ކަމަށެވެ.
"މި ޝޮޕް އިން ޝޮޕް ކައުންޓަރުގެ ސަބަބުން ރެޑްވޭވް މޯލްގައި އަޅުގަނޑުމެން ދޭ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ. މިކަމުން ދައްކުވައިދެނީ އަޅުގަނޑުމެންގެ އަގުހުރި ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއި ތަފާތު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން،" ޝުޖާއު ފާހަގަކުރެއްވި އެވެ.
ރެޑްވޭވް މޯލްގެ އުރީދޫ ކައުންޓަރު، މޯލްގެ އާންމު ވިޔަފާރި ކުރާ ގަޑިތަކުގައި ހުޅުވާފައި ހުންނާނެ އެވެ.
ރެޑްވޭވް މޯލް އަދި ރެޑްވޭވްގެ އެހެން ފިހާރަތަކުން ވިޔަފާރި ކުރައްވާ ކަސްޓަމަރުންނަށް އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް މިހާރު ފައިސާ ވެސް ދެއްކޭނެ އެވެ.











