ހަމާސްގެ ވަރުގަދަ ހަމަލާތަކާއެކު އިޒްރޭލުން ހަނގުރާމަ އިއުލާނު ކޮށްފި

އިޒްރޭލުގެ އަސްކަރީ އުޅަނދެއް ހަމާސްގެ އަތްދަށަށް ގެނެސްފައި : ހަމާސްގެ ވަރުގަދަ ހަމަލާތަކާއެކު އިޒްރޭލުން ހަނގުރާމަ އިއުލާނު ކޮށްފި - ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ އަސްކަރީ އުޅަނދެއް ހަމާސްގެ އަތްދަށަށް ގެނެސްފައި : ހަމާސްގެ ވަރުގަދަ ހަމަލާތަކާއެކު އިޒްރޭލުން ހަނގުރާމަ އިއުލާނު ކޮށްފި - ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ ގައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން އިޒްރާއިލާ ދެކޮޅަށް މިއަދު ހެދުނުން ފެށިގެން ދެމުން ހަމަލާތަކާ ގުޅިގެން އިޒްރޭލުގައި ހަނގުރާމައިގެ ހާލަތު އިއުލާނުކޮށްފި އެވެ.

ހަމާސްގެ ހަމަލާތަށް ފެށުމަށްފަހު ދިން ފުރަތަމަ ވީޑިއޯ މެސެޖުގައި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ގައުމު މިވަގުތު އޮތީ ހަނގުރާމައިގެ ތެރޭގައި ކަމަށާއި ދުޝްމަނުންގެ މައްޗަށް ކުރިހޯދާނެ ކަމަށެވެ.

ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ހަމާސްގެ ހަމަލާތަކުގައި މިހާތަނަށް އިޒްރޭލުގެ ހަ މީހަކު މަރާލާފައިވާއިރު، 200 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި، 35 އަށްވުރެ ގިނަ އިޒްރޭލުގެ ސިފައިން ވަނީ ހަމާސްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މަރުވި މީހުންގެ ތެރޭގައި އިޒްރޭލުގެ ރީޖަނަލް ކައުންސިލެއްގެ ރައީސެއްވެސް ހިމެނެ އެވެ. އެ ގައުމުގެ އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި ހެނދުނުން ފެށިގެން މިހާތަނަށް ގައްޒާއިން ލޯންޗުކޮށްފައިވާ ރޮކެޓުގެ އަދަދު 2،500 އަށްވުރެ ގިނަ އެވެ.

އޭގެ ތެރެއިން ގިނަ ރޮކެޓުތައް އިޒްރޭލުގެ އެންޓި މިސައިލް ސިސްޓަމް 'އަޔަން ޑޯމް' އިން ގޮއްވާލި ނަމަވެސް ބައެއް ރޮކެޓުތައް ވަނީ އިޒްރޭލުގެ އާންމުން ދިރިއުޅޭ އެކި ހިސާބުތަކަށް ވެއްޓި ގޮވާފަ އެވެ. އިޒްރޭލުގެ އަސްކަރިއްޔާއިންވެސް މިހާރު ވަނީ ގައްޒާއަށް ހަމަލާ ދެމުންނެވެ.

ހަމާސްއިން ސޯޝަލް މީޑިއާއަށް އާންމުކުރި ވީޑިއޯއެއްގައި ފެންނަ ގޮތުން އެ ޖަމާއަތުގެ ހަނގުރާމަވެރިން ވަނީ ވައިގެ މަގުން 'ގްލައިޑާ' ތަކެއް ބޭނުންކޮށްގެން އިޒްރޭލަށް ވަދެފަ އެވެ. އޭގެ އިތުރުން ބިމާއި ވައިގެ މަގުންވެސް ހަމާސްއިން ދަނީ ހަމަލާދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox