އިންޑިއާ ވޯލްޑް ކަޕަށް ކޮލިފައިކޮށްދޭން ކުރެވުނު ހުރިހާ ކަމެއް ކުރަން ސްޓިމަކް ތައްޔާރު

Oct 7, 2023, 6:15 AM
2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތެެރެއިން އިންޑިއާ ކޯޗު ސްޓިމަކް.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތެެރެއިން އިންޑިއާ ކޯޗު ސްޓިމަކް.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި 2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އިންޑިއާ ކޮލިފައިކޮށްދޭން ކުރެވުނު ހުރިހާ ކަމެއް ކުރަން ތައްޔާރު ކަަމަށް އެ ޓީމުގެ ކޯޗުކަމާ ހަވާލުވެ ހުރި ކްރޮއޭޝިއާގެ އީގޯ ސްޓިމަކް ބުނެފި އެވެ.

މި މަހުގެ ކުރީކޮޅުގައި އިންޑިއާގެ ނޫހަކުން ރިޕޯޓްކުރި ގޮތުގައި ސްޓިމަކް ވަނީ އިންޑިއާ ޓީމުގެ ކުޅުންތެރިންގެ ޕާފޯމަންސް ޗާޓުތަކެއް ހިފައިގެން ފާލުބަލާ މީހެއް ކައިރިއަށް ގޮސް، އިންޑިއާ ޓީމުގެ ސްކޮޑު ނަަގަން އެހީހޯދައިފަ އެވެ.

އެ ވާހަކަތަކާ ހެދި ހިތްހަމަނުޖެހުން ފާޅުކޮށް ސްޓިމަކް، އިންޑިއާ ޓީމު ދޫކޮށްލާ ވާހަކަތަކެއް ވެސް ދެއްކި އެވެ.

އެހެން ނަމަވެސް ސްޓިމަކް ވަނީ ކޮންޓްރެކްޓް އިތުރު ދެ އަހަރަށް އާކޮށްފަ އެވެ. ސްޓިމަކް މި ފަހަރު ސޮއިކުރި އެއްބަސްވުން އޮތީ 2026 ވަނަ އަހަރުގެ ނިޔަލަށެވެ. އިންޑިއާ އިން ވޯލްޑް ކަޕް ކޮލިފައިންގެ ތިން ވަނަ ބުރަށް ދަތުރުކޮށްފިނަމަ ސްޓިމަކްގެ މި ކޮންޓްރެކްޓަށް އިތުރު ދެ އަހަރު ހިމެނިގެންދާނެ ކަމަށް އޭއައިއެފްއެފް އިން މައުލޫމާތު ދެ އެވެ. މާނަ އަކީ ކޮންޓްރެކްޓް 2028 އަށް ދިގުދެމިގެންދިއުމެވެ.

ވޯލްޑް ކަޕް ކޮލިފައިން ދެ ވަނަ ބުރުގެ ގްރޫޕްގައި އިންޑިއާ މި ވަގުތު އޮތީ ގަތަރާއި ކުވެއިތާ އެކުގަ އެވެ. ދެން އެ ގްރޫޕަށް އަންނާނީ ޕްރިލިމިނަރީ ބުރުން އަންނަ ގައުމެކެވެ. ކޮލިފައިން ތިން ވަނަ ބުރުން ދެ ޓީމަކަށް ފުރުސަތު ލިބޭނެ އެވެ.

އިންޑިއާގެ ކޯޗުކަން 2019 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ކުރަމުން އަންނަ ސްޓިމަކް ބުނީ ކޮންޓްރެކްޓް އާ ކުރަން ނިންމީ އޯލްއިންޑިއާފުޓްބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ރަނގަޅު ޕްލޭނެއް އޮތުމުން އިންޑިއާ ފުޓްބޯޅަ އަނެއް ލެވަލަށް ގެންގޮސްދޭން ބޭނުންވާތީ ކަމަށެވެ.

އެ ގޮތުން، ސްޓިމަކްގެ އެންމެ ބޮޑު އަމާޒަކީ ދެން އޮތް ފީފާ ވޯލްޑް ކަޕަށް އިންޑިއާ ކޮލިފައިކޮށްދެވޭތޯ މަސައްކަތް ކުރުމެވެ.

"ފާއިތުވި އަހަރުތަކުގެ މެޗުތަކަށް ބަލާއިރު، ހާއްސަކޮށް ވަރުގަދަ ގައުމުތަކާ ދެކޮޅަށް އިންޑިއާގެ މެޗުތައް ފެނުނީ ވަރަށް ވަރުގަދަކޮށް، އަހަރެމެންގެ ލެވަލް ރަނގަޅު އެބަކުރެވޭ. އަހަރެން ދެކޭ ގޮތުގައި އިންޑިއާ އަށް ދެން އޮތް ފީފާ ވޯލްޑް ކަޕަށް ކޮލިފައިވެވިދާނެ، އަހަންނަކީ އަބަދުވެސް ވަރަށް އުންމީދެއް އޮވެގެން މަސައްކަތް ކުރާ މީހެއް،" 1998 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ ޓީމަށް ކުޅުނު ސްޓިމަކް ބުންޏެވެ.

"އަހަރެން ދެކޭ ހުވަފެނެއް އެއީ އިންޑިއާ ފީފާ ވޯލްޑް ކަޕެއްގައި ކުޅުން. އެއީ މީގެ ކުރިން ވެފައި ނެތް ކަމެއް ވީމަ އަހަރެން ވަރަށް ބޭނުން އެކަން ކޮށްދެން. އަހަންނަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން، އެއީ އިންޑިއާ އަށް އެކަން ކުރެވިދާނެ،"

އިންޑިއާ އަށް ދެ ފަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ސްޓިމަކް ބުނީ މި ފަހަރުގެ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓަށް އިންޑިއާ އިން އެންމެ ވަރުގަދަ ސްކޮޑެއް ގެންދިޔަނަމަ މެޑަލެއް ލިބޭނެކަން ޔަގީން ކަމަށެވެ.

އިންޑިއާ ކެޓީ މުބާރާތުގެ ގަދަ 16 ބުރުގައި ސައުދީ އަރަބިއްޔާ އަތުންނެވެ.

އޭޝިއަން ގޭމްސް އަކީ ފީފާ ކަލަންޑަރު ދުވަސްވަރެއްގައި ކުޅޭ މުބާރާތަކަށް ނުވާތީ، އިންޑިއާގެ ސުޕަ ލީގުގެ ޓީމުތަކުން ކުޅުންތެރިން ރިލީސްކުރަން ބޭނުމެއް ނުވި އެވެ. ހަތަރު ވަރަކަށް ފަހަރު ސްކޮޑަށް ބަދަލު ގެންނަން ޖެހުނުއިރު، ސްޓިމަކް އަށް ޖެހުނީ ރަނގަޅަށް ޓީމެއްގެ ގޮތުގައި ޕްރެކްޓިސް ނުކޮށް އޭޝިއަން ގޭމްސްގެ މެޗުތަކަށް ކުޅުންތެރިން ނެރޭށެވެ.

ސްޓިމަކް ބުނީ ކުރިއަށް އޮތްތަނުގައި އޭއައިއެފްއެފް އިން ކްލަބްތަކާ މަޝްވަރާކޮށްގެން ކުޅުންތެރިންގެ ރިލީސް ކަންކަމުގައި އެކަށީގެންވާ ސިސްޓަމެއްގެ ތެރެއިން މަސައްކަތް ކުރާނަމަ މި ފަދަ ކަންކަމަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާކުރާނެ ބަދަލެއް ގެނެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox