ޔުނައިޓެޑާއި އާސެނަލް ބަލި، ރެއާލަށް ބޮޑު މޮޅެއް

Oct 4, 2023, 5:01 AM
ޔުނައިޓެޑް ކޮޅަށް ގޯލު ޖެހުމަށް ފަހު އިކާޑީ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑް ކޮޅަށް ގޯލު ޖެހުމަށް ފަހު އިކާޑީ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (އޮކްޓޫބަރު 4) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުތަކުން ބަލިވިއިރު، ރެއާލް މެޑްރިޑުން ރަށުންބޭރުގައި 3-2 އިން ނަޕޯލީ ބަލިކޮށް މުހިންމު މޮޅެއް ހޯދައިފި އެވެ.

ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 3-2 އިން ތުރުކީ ސުޕަ ލީގުގެ ގަލަސަތަރާއި އަތުން ބަލިވެފަ އެވެ. އާސެނަލް ރަށުންބޭރުގައި ބަލިވީ ފްރާންސްގެ ލޯންސް އަތުން 2-1 އިންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޔުނައިޓެޑުން 17 ވަނަ މިނިޓްގައި ރަސްމުސް ހޮއިލަންޑްގެ ގޯލުން ލީޑުނެގިތާ ފަސް މިނިޓް ތެރޭ ގަލަސަތަރާއި އަށް އެއްވަރުކޮށްދިނީ ކުރިން ޔުނައިޓެޑަށް ވެސް ކުޅުނު ވިލްފްރެޑް ޒަހާ އެވެ. ޔުނައިޓެޑުން ދެ ވަނަ ފަހަރަށް ލީޑުނެގީ 67 ވަނަ މިނިޓްގައި ހޮއިލަންޑް ޖެހި ގޯލުންނެވެ. މި ފަހަރު ވެސް ޔުނައިޓެޑަށް ލީޑު ހިފަހައްޓައިލެވުނީ މަދު ވަގުތު ކޮޅަކު އެވެ. މެޗުގެ 71 ވަަނަ މިނިޓްގައި ގަލަސަތަރާއިގެ ކަރީމް އަކްތޫރްކޮގްލޫ ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ޔުނައިޓެޑަށް މައްސަލަ ދިމާވީ މެޗުގެ 77 ވަނަ މިނިޓްގައި، އެ ޓީމުގެ މިޑްފީލްޑަރު، ކަސެމީރޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. ކަސެމީރޯ އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ ހެދި ގޯހެއްގައި ޑިފެންސް ކުރަން އުޅުމުގެ ތެރޭގަ އެވެ. އެ ވަގުތު ލިބުނު ޕެނަލްޓީގައި ގަލަސަތަރާއިގެ ފޯވާޑް މައުރޯ އިކާޑީ އަށް ބޭނުމެއް ނުހިފުނެވެ.

އެކަމަކު، މެޗުގެ 81 ވަނަ މިނިޓްގައި އިކާޑީ ވަނީ ޕެނަލްޓީ ނާކާމިޔާބުވުމުގެ މާޔޫސްކަން ފިލުވާލައި، ގަލަސަތަރާއި މޮޅުވި ގޯލު ޖަހައިފަ އެވެ. މިއީ މި ވޭތުވެދިޔަ ފަސް އަހަރު ތެރޭ ގަލަސަތަރާއި އިން ޗެމްޕިއަންސް ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. އަދި އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި 17 މެޗު ކުޅެގެން ރަށުންބޭރުގައި މޮޅެއް ހޯދި ފުރަތަމަ ފަހަރެވެ.

މި ގްރޫޕްގެ އަނެއް މެޗުން ބަޔާން މިއުނިކް ވަނީ ކޯޕެންހާގެން އަތުން 2-1 އިން މޮޅުވެ، ގްރޫޕްގައި މިހާތަނަށް އެ ޓީމުން ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓާ އެކު އެއް ވަނައިގައި ހަމަޖެހިލައިފަ އެވެ. ދެ ވަނައިގައި އޮތް ގަލަސަތަރާއި އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ކޯޕެންހާގެންގެ އެއް ޕޮއިންޓް އެބައޮތެވެ. ޔުނައިޓެޑް، ގްރޫޕް ތާވަލުގެ ފުލުގައި އޮތީ ޕޮއިންޓެއް ވެސް ނެތި އެވެ.

ރޭގެ މެޗުގައި ގަބްރިއެލް ޖީސޫސް ވަނީ މެޗުގެ 14 ވަނަ މިނިޓްގައި ބުކާޔޯ ސަކާ ދިން ބޯޅައަކުން އާސެނަލަށް ލީޑުނަގައިދީފަ އެެވެ. އެކަމަކު، އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު ލޯންސް އިން ވަނީ ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ އެޑްރިއެން ތޮމަސަން އާއި އެލްޔޭ ވަހީ އެވެ.

ގްރޫޕް ބީގެ އަނެއް މެޗުން ޕީއެސްވީ އައިންދޯވަން އާއި ސެވިއްޔާ ވަނީ 2-2 އިން އެއްވަރުވެފަ އެވެ. މި ގްރޫޕްގެ އެއް ވަނައިގައި ލޯންސް އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ސެވިއްޔާ އޮތީ ދެ ޕޮއިންޓާ އެކު އެެވެ. ހަތަރެއްގައި އޮތް ޕީއެސްވީގެ އޮތީ އެއް ޕޮއިންޓެވެ.

ޑިއޭގޯ މަރަޑޯނާ ސްޓޭޑިއަމްގައި ރޭ ނަޕޯލީން ލެއޯ އޮސްޓިގާޑްގެ ގޯލުން ލީޑުނަގާފައިވަނިކޮށް ރެއާލަށް އެއްވަރުކޮށްދިނީ ވިނީޝިއުސް ޖޫނިއާ އެވެ. ޖޫޑް ބެލިންހަމް ޖެހި އިންޑިވިޖުއަލް މޮޅު ގޯލުން ރެއާލުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގިއިރު، ދެ ވަނަ ހާފުގެ ކުރީކޮޅުގައި ލިބުނު ޕެނަލްޓީން ޕިއޮޓްރޭ ޒިއެލިންސްކީ ޖެހި ގޯލުން ނަޕޯލީން އެއްވަރުކުރި އެވެ.

މެޗު ނިމެން 12 މިނިޓަށް ވެފައި ވަނިކޮށް ރެއާލުން މޮޅުވި ގޯލު ޖެހި އެވެ. މިއީ އޭރިއާބޭރުން ފެޑޭ ވަލްވޭޑޭ ޖެހި ބާރު ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ނަޕޯލީގެ ކީޕަރު އަލެކްސް މެރެޓް ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.

ގްރޫޕް ސީގެ އެއް ވަނައިގައި ރެއާލް އޮތީ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓް ލިބިފައި އޮތް ނަޕޯލީ އެވެ. ތިން ވަނައިގައި އޮތް ސްޕޯޓިން ބްރާގާ ތިން ޕޮއިންޓް ހޯދާފައިވަނީ ރޭ ކުޅުނު މެޗުން ޔޫނިއަން ބާލިން އަތުން 3-2 އިން މޮޅުވެގެންނެވެ. މި ގްރޫޕްގެ ފުލުގައި އޮތް ޔޫނިއަން ބާލިން އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ގްރޫޕް ޑީގައި ރޭ އިންޓަ މިލާނުން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ބެންފީކާ ބަލިކޮށްފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން ސަލްޒްބާގް ދަނޑުގައި ރެއާލް ސޮސިއެޑާޑް ވަނީ 2-0 އިން މޮޅުވެފަ އެވެ. ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، ގްރޫޕްގެ އެއް ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑާއި ދެ ވަނައިގައި އޮތް އިންޓަ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ސަލްޒްބާގަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ބެންފީކާ އަށް ފުރަތަމަ ދެ މެޗުން ޕޮއިންޓެއް ވެސް ނުހޯދުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox