މުޑްރިކްގެ ފުރަތަމަ ގޯލާ އެކު ޗެލްސީ އަަށް ހަމަނޭވައެއް

Oct 3, 2023, 3:08 AM
މުޑްރިކްގެ ފުރަތަމަ ގޯލާ އެކު ޗެލްސީ އަަށް ހަމަނޭވައެއް

ލަންޑަން (އޮކްޓޯބަރު 3) - މިކައިލޯ މުޑްރިކް ޗެލްސީ އަށް ޖަހައިދިން ފުރަތަމަ ގޯލާ އެކު ފުލަމް އަތުން 2-0 އިން ޗެލްސީ މޮޅުވެއްޖެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ފުލަމް އަތުން ހޯދި މޮޅަކީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހަށް ފަހު ލީގުގައި ޗެލްސީ މޮޅުވި ފުރަތަމަ މެޗެވެ. އަދި މިއީ ލީގުގައި މިހާތަނަށް އެ ޓީމު ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވި ދެ ވަނަ މެޗެވެ.

މެޗުގައި ޗެލްސީން ޖެހި ދެ ގޯލުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ގޯލު ޖަހައިދިނީ 89 މިލިއަން ޕައުންޑަށް މިދިޔަ ޖެނުއަރީ މަހު އެކުލަބާ ގުޅުނު ޔޫކްރެއިންގެ އެޓޭކަރު މުޑްރިކް އެވެ.

މުޑްރިކް ގޯލު ޖެހިތާ މިނެޓެއް ފަހުން ދެވަނަ ގޯލު ޖަހައިދިނީ އާރްމަންޑޯ ބްރޯހާ އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހަށް ފަހު އޭނާ ޗެލްސީ އަށް ޖަހައިދިން ފުރަތަމަ ގޯލެވެ. މިދިޔަ ސީޒަންގައި ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކަށް ފަހު ބްރޯހާ އެނބުރި ކުޅުމުގެ ތެރެއަށް އައިސްފައިވަނީ ދާދި ފަހުންނެވެ.

ރޭގެ މޮޅަކީ ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. ސަބަބަކީ ސީނިއާ ސްކޮޑުގެ 12 ކުޅުންތެރިއަކަށް އަނިޔާވެފައިވާ ދަނޑިވަޅެއްގައި އޭޓީމުން ލީގުގައި މޮޅެއް ހޯދުމެވެ. އަނެއްކޮޅުން ފުރަތަމަ ހަ މެޗުގައި އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވޭތީ ޕޮޗެޓީނޯ އަށް ޕްރެޝަރު އޮތީ ބޮޑުވެފަ އެވެ.

މެޗަށް ފަހު ޕޮޗެޓީނޯ ވަނީ މިކައިލޯ މުޑްރިކްގެ ކުޅުމަށް ތައުރީފްކޮށްފަ އެވެ.

އޭނާ ބުނީ މުޑްރިކް އަކީ ތަމްރީންތަކުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިއެއް ކަމަށާއި، އޭނާގެ ކުޅުން ވެސް ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށެވެ.

ޕޮޗެޓީނޯ ވަނީ ޗެލްސީގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ތިބިކަން ފާހަގަކޮށް، އެ ކުޅުންތެރިންނަށް ޕްރިމިއާ ލީގަށް ހޭނި، ރަނގަޅު ކުޅުމެއް ދައްކަން ވަގުތު ބޭނުންވާނެ ކަމަށް ވެސް ބުނެފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއަށް ކުރިއަށް އޮތީ ރަށުން ބޭރުގައި ބާންލީއާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox