މި ވަރުގެ ނާއިންސާފު މެޗެއް ނުދެކެން: ކްލޮޕް

Oct 1, 2023, 5:45 AM
ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ލިވަޕޫލްގެ ކޯޗު ކްލޮޕް.-- ފޮޓޯ: އޭއެފްޕީ

ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ލިވަޕޫލްގެ ކޯޗު ކްލޮޕް.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް (އޮކްޓޫބަރު 1) - ލިވަޕޫލްގެ ދެ ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހި ފަހު ވަގުތު ބައިކޮޅަށް ވަން ގޯލަކުން ޓޮޓެންހަމް ހޮޓްސްޕާސް އަތުން ރޭ ބަލިވި މެޗަކީ އޭނާ އަަށް ބައިވެރިވެވުނު އެންމެ ނާއިންސާފު ފުޓްބޯޅަ މެޗު ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ އެ ޓީމާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި އެ ޓީމުގެ ކާޓިސް ޖޯންސް (26 ވަނަ މިނިޓްގައި) އާއި ޑިއޯގޯ ޖޮޓާ (69 ވަނަ މިނިޓްގައި) އަށް ރަތް ކާޑު ދެއްކި އެވެ. އަދި ލިވަޕޫލްގެ ލުއިޒް ޑިއާޒް ޖެހި ރަނގަޅު ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ މެދުވެރިކޮށް ރަނގަޅަށް ނުބެލިގެން ބަލައިނުގަތެވެ. ލިވަޕޫލް ބަލިވީ ފަހު ވަގުތު އެ ޓީމުގެ ޖޮއެލް މަޓިޕް އަތުން ބައިކޮޅަށް ވަން ގޯލާ އެކު، 2-1 އިންނެވެ.

އިނގިރޭސި ފުޓްބޯޅައިގެ ރެފްރީންގެ ކަންކަމުގެ ބެލެނިވެރި ފަރާތް، ޕްރޮފެޝަނަލް ގޭމްސް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑިއާޒް ޖެހި ގޯލު ބަލައިނުގަނެވުނީ، "ސިގްނިފިކަންޓް ހިއުމަން އެރާ" އެއްގެ ސަބަބުން ވީއޭއާރް ރަނގަޅަށް ނުބެލިގެން ކަމަށެވެ. އަދި އެކަމާ ލިވަޕޫލްގެ ކިބައިން ރަސްމީކޮށް މާފަށް އެދޭ ކަމަށެވެ.

މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ކްލޮޕް ވަނީ މެޗު އޮފިޝަލުންގެ އެކި ނިންމުންތައް ހުރި ގޮތަށް ވަރަށް ބޮޑަށް ނުރުހުންފާޅުކޮށްފަ އެެވެ.

ކްލޮޕް ބުނީ ލިވަޕޫލުން ދިމާވި ހާލަތްތަކާއި ކަންތައްތަކަށް ވިސްނައިގެން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތާ މެދު ފަހުރުވެރިވާ ކަމަށެވެ.

އެކަމަކު، މިއީ ފުޓްބޯޅައިގައި އޭނާ އަށް ބައިވެރިވެވުނު އެންމެ "ނާއިންސާފުވެރި މެޗު" ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.

"ފުރަތަމަ ރަތް ކާޑު ކާޓިސް (ޖޯންސް) އަށް ދެއްކިއިރު، އޭނަ ފައި ބޯޅައިގައި ޖެހިފައި ގޮސް ކުޅުންތެރިޔާ ފައިގައި ޖެހުނީ، ދެން ސްލޯ މޯޝަނުން ބަލާނަމަ ކޮންމެ ގޮތަކަށް ވެސް އެ ނެގިދާނެ. ޖޮޓާ އަށް ދެއްކި ފުރަތަމަ ރީނދޫ ކާޑަކީ ރީނދޫ ކާޑެއް ނޫން، ދެން ދެ ވަނަ ރީނދޫ ކާޑަކީ ޑިފެންސް ކުރަން އުޅުމުގެ ތެރޭގައި ބަދުނަސީބުކޮށް ދިޔަ ހާލަތެއް،" ކްލޮޕް ބުންޏެވެ.

"ޑިއާޒް ޖެހި ގޯލު އެ މީހުން (ވީއޭއާރް) ރޮނގު ދެމީ ނުބައިކޮށް، ވަރަށް ބޮޑަށް އެކަން އެ ހުރީ ފެންނަން. މިއީ މުޅިން ގޯސްކޮށް ވެފައި ހުރި ކަންކަން،"

ކްލޮޕް ބުނީ މެޗު އޮފިޝަލްކަން ކުރުމުގައި މި ހެދުނު ގޯސްތަކުގެ ވާހަކަ ދައްކައި، މާފަށް އެދިގެން ކަމެއް ބަދަލުވާތަން ނުފެންނަ ކަމަށާއި ޔަގީނުން ވެސް މި މެޗުން ގެއްލުނު ޕޮއިންޓަކީ ޓީމަށް ދެރައެއް ކަމަށާއި އެ ކަމާ ކުރިމަތިލުން ނޫން ގޮތެއް ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox