ޔުނައިޓެޑް، ސިޓީ އަދި ލިވަޕޫލް ބަލިވިއިރު، އާސެނަލަށް މޮޅެއް

Oct 1, 2023, 5:06 AM
ސިޓީ ކޮޅަށް ގޯލު ޖެހުމަށް ފަހު ވުލްވްސްގެ ހްވާން އުފާފާޅުކުރަނީ.

ސިޓީ ކޮޅަށް ގޯލު ޖެހުމަށް ފަހު ވުލްވްސްގެ ހްވާން އުފާފާޅުކުރަނީ.

ލަންޑަން (އޮކްޓޫބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަދި ލިވަޕޫލް ބަލިވިއިރު އާސެނަލް މޮޅުވެއްޖެ އެވެ.

ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން 1-0 އިން ބަލިވެފަ އެވެ. ވުލްވްސް އަތުން 2-1 އިން ސިޓީ ބަލިވިއިރު، ނުވަ ކުޅުންތެރިންނާ އެކު މެޗު ނިންމާލި ލިވަޕޫލް އަތުން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވީ 2-1 އިންނެވެ. އަދި އާސެނަލުން ވަނީ 4-0 އިން ބޯންމައުތުގެ މައްޗަށް ކުރިހޯދައިފަ އެވެ.

ރޭގެ ނަތީޖާތަކަށް ފަހު ސިޓީ އެއް ވަނައިގައި އޮތީ ހަތް މެޗުން 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމް އާއި ތިން ވަނައިގައި އޮތް އާސެނަލަށް 17 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލް ހަތަރު ވަނައިގައި އޮތީ 16 ޕޮއިންޓް ހޯދައިގެންނެވެ.

Advertisement

ޕެލަސް އިން ޔުނައިޓެޑް ބަލިކުރި މެޗުގެ ހަމައެކަނި ގޯލު ޕެލަސް އަށް ޖަހައިދިނީ ޑިފެންޑަރު ޔަކީމް އެންޑަސަން އެވެ. ހިލޭ ޖެހުމެއްގައި ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ. މި މެޗުން ބަލިވުމުން ޔުނައިޓެޑް އޮތީ ލީގު ތާވަލުގެ 10 ވަނައިގަ އެވެ. އެއީ ހަތް މެޗުން ނުވަ ޕޮއިންޓާ އެކު އެވެ.

ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އޮތް ސިޓީ ރޭ ބަލިވި މެޗުގައި ވުލްވްސް އިން ލީޑުނެގީ ސިޓީގެ ރުބެން ޑިއާސް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ސިޓީން ދެ ވަނަ ހާފުގައި އެއްވަރުކުރީ ހޫލިއަން އަލްވަރޭޒް ޖެހި ހިލޭޖެހުމުންނެވެ. އެކަމަކު، ދެކުނު ކޮރެއާގެ ފޯވާޑް ހްވާން ހީ ޗާން ޖެހި ގޯލުން ވުލްވްސް އިން މެޗު ކާމިޔާބުކުރި އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހުރީ މި މެޗުގައި ބެންޗަށް ނާދެވޭ ގޮތަށް ސަސްޕެންޝަނެއްގަ އެވެ.

ބޯންމައުތު ދަނޑުގައި އާސެނަލްގެ ގޯލުތައް ޖެހީ ބުކާޔޯ ސަކާ، މާޓިން އޮޑެގާޑް، ކައި ހަވާޓްޒް އަދި ބެން ވައިޓް އެވެ. އޮޑެގާޑާއި ހަވާޓްޒް ލަނޑު ޖެހީ ލިބުނު ޕެނަލްޓީތަކުންނެވެ.

ޓޮޓެންހަމް ދަނޑުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލްގެ ކާޓިސް ޖޯންސް އަށް ވަނީ 26 ވަނަ މިނިޓްގައި ރަތް ކާޑެއް ދައްކައިފަ އެެވެ. މިއީ ޓޮޓެންހަމްގެ ޔްވެސް ބިސޫމާ އަށް ނުރައްކާތެރި ފައުލެއް ކުރި ކަމަށް ބަލައި، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީހޯދައިގެން ދެއްކި ރަތް ކާޑެކެވެ. ވީއޭއާރް އިން ބެލުމަށް ފަހު ޖޯންސް އަށް ފުރަތަމަ ދެއްކި ރީނދޫ ކާޑު ރަތް ކާޑަކަށް ބަދަލުކުރީ އެވެ.

ލިވަޕޫލްގެ ކުޅުންތެރިއަކު މަދުވިތާ 10 މިނިޓް ތެރޭ ޓޮޓެންހަމްގެ ކެޕްޓަން ސޮން ހެއުން މިން އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި އެ ޓީމަށް ލީޑުނަގައިދިނެވެ. އޭގެ އިރުކޮޅެއް ފަހުން، ލުއިޒް ޑިއާޒް ލިވަޕޫލަށް ގޯލެއް ޖަހައިދީ އެއްވަރުކުރި ނަމަވެސް ވީއޭއާއާރް އިން ރަނގަޅަށް ނުބަލައި، އެ ގޯލު ބަލައިނުގަންނަން ނިންމި އެވެ. ރޭގެ މެޗަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ރެފްރީން ކަންތައްތަކާ ބެހޭ އިސް ފަރާތް، ޕްރޮފެޝަނަލް ގޭމްސް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) ވަނީ މި ކަމަށް ލިވަޕޫލް ކިބައިން މާފަށް އެދިފަ އެވެ.

ލިވަޕޫލުން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޯޑީ ގަކްޕޯ ޖެހި ގޯލުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ގޯލު ޖެހުމުގެ ތެރޭގައި ގަކްޕޯ ފަޔަށް އަނިޔާވުމުން ބަދަލުކުރަން ޖެހުނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިވަޕޫލަށް ލީޑުނަގައިދޭން ލުއިޒް ޑިއާޒަށް ހުސް ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ.

ދެ ވަނަ ހާފުގައި ލިވަޕޫލުން ބަދަލަކަށް ކުޅެން ނެރުނު ޑިއޯގޯ ޖޮޓާ އަށް ގާތްގާތުގައި ދެ ރީނދޫ ކާޑާ އެކު، ރަތް ކާޑެއް ދައްކައި މެޗުގެ 69 ވަނަ މިނިޓްގައި އޭނާ ދަނޑުން ފޮނުވާލި އެވެ. ލިވަޕޫލުން ނުވަ ކުޅުންތެރިންނާ އެކު ޑިފެންސް ކުރަމުން ދަނިކޮށް ޓޮޓެންހަމް މޮޅުވި ގޯލު ޖެހީ އިތުރު ވަގުުތުގެ ހަ ވަނަ މިނިޓްގަ އެވެ. މިއީ ޓޮޓެންހަމްގެ ފުލްބެކް، ޕެޑްރޯ ޕޯރޯ ނެގި ބާރު ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ލިވަޕޫލްގެ ޖޮއެލް މަޓިޕް ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.

ލީގުގައި ރޭ ކުޅުނު އެެހެން މެޗުތަކަށް ބަލާއިރު، އެސްޓަން ވިލާ އިން ވަނީ 6-1 ބްރައިޓަން ބަލިކޮށްފަ އެވެ. އަލަށް ޕްރޮމޯޓްވި ލޫޓަން ޓައުން އިން ވަނީ 2-1 އިން އެވަޓަން އަތުން މޮޅުވެފަ އެވެ. ނިއުކާސަލް ޔުނައިޓެޑުން 2-0 އިން ބާންލީ ބަލިކުރިއިރު، ޝެފީލްޑް ޔުނައިޓެޑް އަތުން ވެސްޓް ހޭމް ޔުނައިޓެޑް މޮޅުވީ 2-0 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox