"ޝުބްމަން ގިލް ވާނީ ދެ ވަނަ ވިރާތު ކޯލީ އަށް"

Sep 30, 2023, 4:54 AM
"ޝުބްމަން ގިލް ވާނީ ދެ ވަނަ ވިރާތު ކޯލީ އަށް"

މުމްބާއީ، އިންޑިއާ (ސެޕްޓެމްބަރު 30) -އިންޑިއާގައި ވިދަމުން އަންނަ ތަރި، ޝުބްމަން ގިލް ވެގެންދާނީ އިންޑިއާ ކްރިކެޓްގެ ދެ ވަނަ ވިރާތު ކޯލީ އަށް ކަމަށް ކްރިކެޓް ލެޖެންޑް ސުރޭޝް ރައިނާ ބުނެފި އެވެ.

ދާދި ފަހުން އިންޑިއާ އިން އޭޝިއާ ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، އެ މުބާރާތުގައި ތަރި އަކީ ޝުބްމަން, 24, އެވެ. ފަސް މެޗުން 302 ލަނޑު އެއްކޮށް މުބާރާތުގައި އެންމެ ސްކޯރިން ރަނގަޅު ކުޅުންތެރިއަކަށް ހޮވުނު ޝުބްމަން އަކީ އިންޑިއާގައި އަންނަ މަހުގެ ފަސް ވަނަ ދުވަހު ފަށާ ވަން ޑޭ އިންޓަނޭޝަނަލް (އޯޑީއައި) ކްރިކެޓް ވޯލްޑް ކަޕްގައި އެންމެ ގިނަ ބަޔެއްގެ ލޯ އަމާޒުވާނެ ކުޅުންތެރިޔާ އެވެ.

"ޔަގީންކަމެއް، އޭނަ (ޝުބްމަން) ވާނެ މި ފަހަރުގެ ވޯލްޑް ކަޕްގައި އަހަރެމެންގެ އެންމެ މުހިންމު ކުޅުންތެރިޔާ އަށް. އަހަންނަށް ހީވާ ގޮތުގައި އޭނާ ބޭނުންވޭ، އިންޑިއާ ކްރިކެޓްގައި ވިރާތު ކޯލީ ލެވަލްގެ ސުޕަ ސްޓާރަކަށް ވާން، އަހަންނަށް ފެންނަ ގޮތުގައި އޭނާ އަކީ އެ ކުޅުންތެރިޔާ،" ޖިއޯސިނަމާގައި ވާހަކަ ދައްކަމުން ސުރޭޝް ރައިނާ ބުންޏެވެ.

އިންޑިއާ އިން އަންނަ މަހު ފަސް ވަނަ ދުވަހު އޯޑީއައި ފުރަތަމަ މެޗުގައި ކުޅޭނީ އޮސްޓްރޭލިއާއާ އެވެ. މި މެޗު ކުޅޭނީ ޝުބްމަންގެ އުފަން ސަރަހައްދު ކަމަށްވާ ޗެންނާއީގެ ޗިދަމްބަރަމް ސްޓޭޑިއަމްގަ އެވެ. މިއީ ވެސް ވޯލްޑް ކަޕް ރަނގަޅު ފޯމެއްގައި ފަށަން ބަލާއިރު، ޝުބްމަން އަށް ފައިދާކުރާނެ ކަމެއް ކަމަށް ރައިނާ ގަބޫލުކުރެ އެެވެ.

ޝުބްމަން އަކީ އިންޑިއާ އިން 2018 ވަަނަ އަހަރު 19 އަހަރުން ދަށުގެ ކްރިކެޓް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު މުބާރާތުގެ މޮޅު ކުޅުންތެރިޔާ އެވެ. މި ފަހަރުގެ އޯޑީއައި ވޯލްޑް ކަޕަށް އިންޑިއާ އިން ނެގި ސްކޮޑުގައި ޝުބްމަން ހިމެނި އެންމެ ބޮޑު ސަބަބަކީ މިދިިޔަ ދެ އަހަރެއްހާ ދުވަސްތެރޭ ފޯމު ނުގެއްލި އޭނާ ދަށްކަމުން އައި މޮޅު ކުޅުމުގެ ސަބަބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox