ސިނަމާލެ ބްރިޖުން މަދުވާ އެއްލޭނު ހުރީ މާފަންނު ކޮޅުގަ، އަނެއްލޭނު ހުރީ ރާޅުގަނޑުގަ: ފަލާހު

ސިނަމާލެ ބްރިޖުން މަދުވާ އެއްލޭނު ހުރީ މާފަންނު ކޮޅުގަ، އަނެއްލޭނު ހުރީ ރާޅުގަނޑުގަ: ފަލާހު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަކީ ކޮރަޕްޝަން ހިންގަވާފައި ހުރި ބޭފުޅެއް ކަމަށާއި ވެރިކަމަށް އައިސްފި ނަމަ ކޮރަޕްޝަންގެ އަމަލުތައް އިތުރަށް ހިންގަވާނެ ކަމަށް މާފަންނު ހުޅަނޑު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރިގްރާމުގައި ވާހަކަދައްކަމުން ފަލާހު ވިދާޅުވީ ކުރީ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ޑރ. މުއިއްޒު ކޮރަޕްޝަނުގެ އެތައް އަމަލެއް ހިންގެވި ކަމަށާއި ސިނަމާލެ ބްރިޖް އެޅި ކުންފުނިން ފައިސާ ނަގައި އެ މަޝްރޫއިންވެސް ކޮރަޕްޝަން ހިންގެވި ކަމަށެވެ.

އެގޮތުން ބްރިޖް އެޅި ކުންފުނިން މުއިއްޒުގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާއިރު، ބްރިޖުގެ ލޭނުތައްވެސް މަދު ކަމަށް އޭނާ ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖުގެ އަސްލު ޕްލޭނުގައި ހިމެނޭ އެތައް ލޭނެއް، މަދުކަމަށް ދެކެވޭ ވާހަކައަކީ ކުރިން ވެސް އެމްޑީޕީން ދައްކަމުން އައި ވާހަކައެކެވެ.

މުއިއްޒުގެ ގެ މ. ދިމްޔާތަށް އިޝާރާތް ކުރައްވަމުން ފަލާހު ވިދާޅުވީ ބްރިޖުން މަދުވާ އެއްލޭނަކީ އެއީ ކަމަށެވެ. އަދި ހެންވޭރު ރާޅުގަނޑުގައި ހުންނަ ކުރީގެ ރައީސް ޔާމީނުގެ ގެކޮޅަށް އިޝާރާތްކުރައްވަމުން ވިދާޅުވީ މަދުވާ އަނެއް ލޭނަކީ އެއީ ކަމަށެވެ. އެ ދެ ގެވެސް އިމާރާތްކުރީ ބްރިޖް މަޝްރޫއުގެތެރެއިން ކޮރަޕްޝަނުން ހޯދި ފައިސާއިން ކަމަށެވެ.

"ކޮރަޕްޝަން އަމަލު ހިންގަވާފަ ހުރި ބޭފުޅެއް މުއިއްޒު އަކީ. އެކައުންޓަށް ފައިސާ ޖަމާކުރައްވާފަ ހުރީ. ގަވާއިދާ ހިލާފަށް ދޮން މަންމަ ޑީޕޯޓުކޮށްފަ ހުރީ. އެގޭގަ ގެންގުޅުނު ހައުސް މެއިޑެއްގެ ވާހަކަވެސް އަޑުއިވިފަ އޮތީ،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ދިމްޔާތު ހަދަން ފުރަތަމަ ޕޭމަންޓުގެ ގޮތުގައި ނަގުދު ފައިސާއިން މުއިއްޒު ދެއްކި 11 މިލިއަން ރުފިޔާ އަކީ 2002 އިން ފެށިގެން ގޭގައި އޭނާ އެއްކުރަމުން ދިޔަ ފައިސާ ކަމަށް ބުނި ނަމަވެސް މިހާރު މި ބޭނުންކުރާ "ރަންދިހަ ފަހެއް" ގެ ނޫޓު އެމްއެމްއޭއިން 2015 ވަނަ އަހަރު، ތައާރަފުކޮށް ކުރީގެ ފައިސާ ބަދަލުކުރަން ހުޅުވާލި އިރު މުއިއްޒު އެއްކުރި ކަމަށްބުނާ ފައިސާ ބަދަލު ނުކުރާ ކަމަށެވެ.

ސިޓީ ކައުންސިލުގެ މޭޔަރަކަށް ހުންނަވައިގެންވެސް އެކި ކޮރަޕްޝަން ހިންގަވާކަމަށާއި މާލޭގެ މަގުތަކުން ކުއްޔަށް ދޫކޮށްފައި ހުންނަ ޕާކިން ސްލޮޓްތަކަކީ އޭގެ އެއް މިސާލުކަމަށް ފަލާހު ވިދާޅުވި އެވެ.

"މުސްތަގުބަލުގައި މުއިއްޒު ޔާމީނެކޭ އެއްފަދަ ވާނެ. ޕީޕީއެމް ތެރެއިން އަޅުގަނޑުމެންނަށް ނުފެނޭ އަޅުގަނޑުމެންގެ (ދިވެހި ރައްޔިތުންގެ) ފައިސާ އަށް ހިޔާނަތްތެރި ނުވާނެ ބޭފުޅެއް. ޕީޕީއެމްގެ ފަލްސަފާއަކީ އެއީ. ޕީޕީއެމުން ބޭނުންވަނީވެސް އެގޮތް. ޕީޕީއެމްގެ އާއްމު ބައެއް މެމްބަރުންގެ ވިސްނުންވެސް ހުންނަނީ އެގޮތަށް" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ މުއިއްޒު ވެރިކަމަށް އައިސްފި ނަމަ ރާއްޖެއަށް އޮތީ ނާމާންކަން ކަމަށާއި ޕީޕީއެމް ޕީއެންސީގެ ކެމްޕެއިން ރެލީ ތަކާއި ސައިކަލު ބުރުތަކުން އެކަން މިހާރުވެސް ފެންނަ ކަމަށެވެ. އަދި މުއިއްޒު އަކީ ގޯއްޗާއި ފްލެޓް ދީ އަތުލުމުގެ ފަލްސަފާއެއް އޮތް ބޭފުޅެއް ކަމަށާއި، މާލެ ރައްޔިތުންނަށް މިސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓު އަތުލާނެ ކަމަށް މުއިއްޒު ވިދާޅުވާ އޯޑިއޯ އަކީވެސް ފޭކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން މުއިއްޒު ހޮވިއްޖެ ނަމަ ސަރުކާރުގެ ސްޓޫޑެންޓް ލޯނު ސްކީމްވެސް ހުއްޓުވާނެ ކަމަށާއި އެކަންކަމަކީ މުއިއްޒުގެ މެނިފެސްޓޯގައި އެގޮތަށް ކުރިއަށްގެންދަން ރާވާފައިވާ ކަންކަން ނޫންކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox