ލިވަޕޫލް މޮޅުވިއިރު، ޗެލްސީ ބަލިވެ އުނދަގޫ ހާލަތަކަށް

Sep 25, 2023, 6:58 AM
ލިވަޕޫލް މޮޅުވިއިރު، ޗެލްސީ ބަލިވެ އުނދަގޫ ހާލަތަކަށް

ލަންޑަން (ސެޕްޓެމްބަރު 25) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން 3-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކުރިއިރު، އެސްޓަން ވިލާ އަތުން 1-0 އިން ޗެލްސީ ބަލިވެއްޖެ އެވެ.

ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުތަކަށް ފަހު މި ވަގުތު އެއް ވަނައިގައި އޮތީ ހަ މެޗުވެސް ކާމިޔާބުކޮށް 18 ޕޮއިންޓާ އެކު ޗެމްޕިއަން، މެންޗެސްޓާ ސިޓީ އެވެ. ދެ ވަނައިގައި 16 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު، ތިން ވަނައިގައި އޮތީ ބްރައިޓަން އެވެ. އެ ޓީމްގެ ފަހަތުން އޮތް ޓޮޓެންހަމާއި އާސެނަލް އަށް ލިބިފައިވަނީ 14 ޕޮއިންޓެވެ.

ވެސްޓް ހޭމް އަތުން ލިވަޕޫލް މޮޅުވި މެޗުގެ ފުރަތަމަ ގޯލު ޖެހީ ލިވަޕޫލްގެ މުހައްމަދު ސަލާހު އެވެ. މިއީ ލިބުނު ޕެނަލްޓީއަކުން އޭނާ ޖެހި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖެރޮޑް ބޮވެން ޖެހި ގޯލުން ވެސްޓް ހޭމުން ނަތީޖާ ހަމަހަމަކުރި ނަމަވެސް ޑާވިން ނޫނޭޒް ވަނީ މެޗުގެ 60 ވަނަ މިނެޓުގައި ލިވަޕޫލަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ ފަހުކޮޅު ލިވަޕޫލްގެ ލީޑު ފުޅާކޮށްދިނީ ޑިއޯގޯ ޖޮޓާ އެވެ.

މި މެޗުގައި ދެ ޓީމުން ވެސް ރަނގަޅު ހަމަލާތަަކެއް އުފެއްދިއިރު، މެޗުގެ ކުރީކޮޅު ތޯމަސް ސޫޗެކް ފޮނުވާލި ހަމަލާއެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ދިފާއުކުރިއެވެ. މި މެޗުގައި ސަސްޕެންޝަނަށް ފަހު އެނބުރިއައިސް ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެންޑައިކް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނެވެ.

އެސްޓަން ވިލާ އަތުން ޗެލްސީ ބަލިވި މެޗުގައި ވިލާގެ ހަމައެކަނި ގޯލު ޖަހައިދިނީ އޮލީ ވަޓްކިންސް އެވެ. މެޗުގެ 73 ވަނަ މިނެޓުގައި އޭނާ މި ގޯލު ޖެހުމުގެ ކުރިން ދެ ވަނަ ހާފުގެ ކުރީކޮޅު ޗެލްސީގެ މެލޯ ގުސްޓޯ އަށްވަނީ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ އެކްސެލް ޑިސާސީ ގޯލެއްވެސް ޖެހި އެވެ. ނަމަވެސް ރެފްރީ ނިންމީ އެ ގޯލު އޮފްސައިޑް ކަމަށެވެ.

ދެ ޓީމްގެ ކީޕަރުން ވެސް ރަނގަޅު ސޭވްތަކެއްކުރި މި މެޗުގައި ޗެލްސީގެ ރޮބާޓް ސަންޒޭޒް ވަނީ ވިލާގެ ލޫކާސް ޑިގްނޭ އާއި ނިކޮލޯ ޒަނިއޯލޯ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ ދިފާއުކޮށްފަ އެވެ. އަނެއްކޮޅުން ޗެލްސީގެ ނިކޮލަސް ޖެކްސަން އާއި ރަހީމް ސްޓާލިން އަށް ލިބުނު ހުސް ފުރުސަތުތަކުގެ ހުރަހަކަށްވީ ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް އެވެ.

ގުސްޓޯ އަށް ދެއްކި ރަތްކާޑުގެ ސަބަބުން އޭނާއަށް ކުރިއަށް އޮތް ތިން މެޗުގައި ނުކުޅެވޭއިރު، ރޭގެ މެޗުގައި ނިކޮލަސް ޖެކްސަންއަށް ދެއްކި ރީނދޫ ކާޑާއިއެކު އޭނާއަށް ފަސް ކާޑު ހަމަވެ ދެން އޮތް މެޗުގައި ނުކުޅެވޭނެ އެވެ.

ލީގުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އާސެނަލް އާއި ޓޮޓެންހަމް ވާދަކުރި "ނޯތު ލަންޑަން ޑާބީ" ނިމުނީ 2-2 އިން ދެ ޓީމް އެއްވަރުވެގެންނެވެ. މި މެޗުގައި އާސެނަލްގެ ދެ ގޯލު ބުކާޔޯ ސަކާ ޖެހިއިރު، ޓޮޓެންހަމްގެ ދެ ގޯލު ޖަހައިދިނީ ކެޕްޓަން ސޮން ހެއުން-މިން އެވެ.

ބްރައިޓަން އިން ފަހަތުން އަރާ 3-1 އިން ބޯންމޮތު ބަލިކުރިއިރު، ނިއުކާސަލް ޔުނައިޓެޑުން ވަނީ ޕްރިމިއާ ލީގުގައި އެޓީމްގެ ރެކޯޑު މޮޅެއް ހޯދާފަ އެވެ. އެއީ 8-0 ގެ ބޮޑު ތަފާތަކުން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox