ދެވަނަ ބުރުގައި ނަޝީދުގެ ތާއީދު ހޯދަން މަޝްވަރާކުރެވުނު، ތަފުސީލު ހާމަކުރާނީ ފަހުން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް މުހައްމަދު ނަޝީދު : ރައީސް ވިދާޅުވީ ދެވަނަ ބުރުގައި ނަޝީދުގެ ތާއީދު ހޯދުމަށް މަޝްވަރާކުރެވުނު ކަމަށާއި ފަހުން ތަފުސީލު ހާމަކުރައްވާނެ ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް މުހައްމަދު ނަޝީދު : ރައީސް ވިދާޅުވީ ދެވަނަ ބުރުގައި ނަޝީދުގެ ތާއީދު ހޯދުމަށް މަޝްވަރާކުރެވުނު ކަމަށާއި ފަހުން ތަފުސީލު ހާމަކުރައްވާނެ ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދު ތާއީދު ހޯއްދެވުމަށް މަޝްވަރާ ކުރެވުނު ކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެ އެވެ.

ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، މައިގަނޑު ގޮތެއްގައި ދެކެވުނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ނިޒާމީ ވޯޓުގެ ވާހަކަ ކަމަށެވެ. އަދި ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީން ވަކިކޮޅަކަށް ނާރަން ނިންމި ނިންމުން ޕާޓީން ދަމަހައްޓާނެ ކަމަށް ވިދާޅުވި ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކަމާ (ނަޝީދު ވަކިން ރައީސަށް ތާއީދު ކުރެއްވުން) ބެހޭގޮތުން ވާހަކަ ދެކެވުނު، ތަފުސީލުތައް އަޅުގަނޑުމެން ފަހުން ހާމަކުރާނަން"

ރައީސް މިހެން ވިދާޅުވެފައިވާއިރު ވަކި ކޮޅަކަށް ނާރަން ނިންމި ޖުމްހުރީ ޕާޓީގެ ރަނިން މޭޓު އަމީން އިބްރާހިމް އާއި އެ ޕާޓީގެ ކައުންސިލްގެ ގިނަ މެމްބަރުންތަކެއް ރޭ ވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވާ އެމަނިކުފާނުގެ ކެމްޕޭނާ ގުޅިވަޑައިގެންފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަސް ދުވަހަށް ވެފައިވާއިރު، މިއީ ނަޝީދާއި ރައީސް ފަހުގެ ތާރީހެއްގައި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ހާއްސަކޮށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ނަޝީދު އެމްޑީޕީ ދޫކުރައްވާ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށްފަހު ގެންދަވަނީ އެމްޑީޕީ އާއި ރައީސަށް ތަކުރާރުކޮށް ފާޑުވިދާޅުވަމުންނެވެ.

ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ އާބާދީގެ 39 ޕަސެންޓް ހޯއްދަވައިގެން ރައީސް ސޯލިހު ދެ ވަނައަށް ވަޑައިގެންނެވިއިރު، ހަތް ޕަސެންޓު ހޯއްދަވައިގެން ނަޝީދުގެ ޕާޓީގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ވަޑައިގެންނެވީ ތިންވަނައަށެވެ. އެ ބުރުގައި ކުރި ހޯއްދެވީ 46 ޕަސެންޓު ހޯއްދަވައިގެން އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ.

ދަ ޑިމޮކްރެޓްސް ނިންމީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. އެގޮތަށް ނިންމީ، ވެރިކަން ހިންގާ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ވޯޓަށް އެހުމަށް މައި ދެ ޕާޓީއަށް ހުށަހެޅުމަށްފަހު ދެ ޕާޓީން ވެސް އެކަމަށް އެކަށީގެންވާ އިޖާބައެއް ނުދިނުމުންނެވެ.

އެހެން ނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ނަޝީދުގެ އިތުބާރު ނެތް ކަމަށް ސޯލިހުގެ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައި އޮތް މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ. އެއާއެކު، އަންނަ އޮކްޓޯބަރު މަހު ނިޒާމުގެ ވޯޓަކަށް އެހުމަށް ޑިމޮކްރެޓްސް އިން މަޖިލީހަށް ގަރާރެއް ހުށަހަޅައި، މިހާރު އެ ގަރާރު ވަނީ މަޖިލީހުން ވެސް ފާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox