ކޭންގެ ބަދަލުގައި ހޮއިލުންޑް ސޮއިކުރުމަކީ ހެދުނު ގޯހެއް ނޫން: ޓެން ހާގް

Sep 22, 2023, 12:07 PM
ކޭންގެ ބަދަލުގައި ހޮއިލުންޑް ސޮއިކުރުމަކީ ހެދުނު ގޯހެއް ނޫން: ޓެން ހާގް

މެންޗެސްޓާ (ސެޕްޓެމްބަރު 22) - އިނގިރޭސި ފޯވާޑް ހެރީ ކޭންގެ ބަދަލުގައި ޑެންމާކުގެ ޒުވާން ފޯވާޑް ރަސްމުސް ހޮއިލުންޑް ސޮއިކުރުމަކީ ހެދުނު ގޯހެއް ނޫން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

މި ސީޒަނަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ކުރަމުން އައިއިރު، އެކުލަބުން އެންމެ ބޮޑަށް ބޭނުންވި އެއް ކުޅުންތެރިއަކީ ޓޮޓެންހަމަށް ކުޅެމުން އައި ހެރީ ކޭން އެވެ. ނަމަވެސް ކޭންގެ ބަދަލުގައި އެ ކުލަބުން ސޮއިކުރީ އިޓަލީ ލީގުގެ އެޓްލާންޓާ އަށް ކުޅެމުން އައި ހޮއިލުންޑު އެވެ.

ޔުނައިޓެޑުން ހޮއިލުންޑް ސޮއިކުރުމާ އެކު ކޭން ބަދަލުވީ ޖަރުމަންގެ ބަޔާން މިޔުނިކް އަށެވެ. ހޮއިލުންޑް މިހާތަނަށް ޔުނައިޓެޑަށް ތިން މެޗު ކުޅުނުއިރު ޖެހިފައިވަނީ އެންމެ ގޯލެކެވެ. އަނެއްކޮޅުން ކޭން ވަނީ ބަޔާން އަށް ކުޅުނު ހަ މެޗުގައި ފަސް ގޯލު ޖަހައިފަ އެވެ.

ކޭން ނުގަނެ ހޮއިލުންޑް ގަތުމާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ޓެން ހާގް ބުނީ އެ ކުލަބުން ގަތް ކުޅުންތެރިއާއަކީ ވެސް ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށާއި، ކޭން ނުލިބުމަކީ މާޔޫސްވާ ކަމެއް ނޫން ކަމަށެވެ.

އޭނާ ބުނީ ހޮއިލުންޑް ދައްކަމުން އަންނަ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި، އާ ކުލަބެއްގައި އާ ކުޅުންތެރިންނާ އެކު ކުޅެން ހޭނެން ޒުވާން ކުޅުންތެރިންނަށް ވަގުތު ބޭނުންވާ ކަަމަށެވެ. މި ގޮތުން އެކަށީގެންވާ ވަގުތު ހޮއިލުންޑަށް ދެވިއްޖެނަމަ އޭނާއަކީ ކުލަބަށް ކާމިޔާބު ހޯދައިދެވޭނެ ކުޅުންތެރިއެއް ކަމަށް ވެސް ޓެން ހާގް ބުންޏެވެ.

އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ބަލިވެ މިވަގުތު ހޫނު ފެނުގައިހުރި ޓެން ހާގް ބުނީ ސީޒަންގެ ކުރީކޮޅު މިކަހަލަ ނަތިޖާތަކެއް ނުކުތުމަކީ މައްސަލައެއް ނޫން ކަމަށާއި، ކުލަބުގެ މުހިންމު ކުޅުންތެރިންތަކެއް އަނިޔާގައި ތިބި މި ދަނޑިވަޅުގައި ހުރިހާ ސަޕޯޓަރުންވެސް ޓީމާ އެކު ތިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox