ހިތްހަމަނުޖެހިފައި ހުރި މެސީގެ ފާޑުކިޔުން ޕީއެސްޖީ އަށް

Sep 22, 2023, 6:28 AM
ހިތްހަމަނުޖެހިފައި ހުރި މެސީގެ ފާޑުކިޔުން ޕީއެސްޖީ އަށް

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 22) - މިދިޔަ އަހަރު އާޖެންޓީނާއާ އެކު ހޯދި ފީފާ ވޯލްޑް ކަޕްގެ ކާމިޔާބީ، އޭރު އޭނާ ކުޅުނު ކުލަބު ފްރާންސްގެ ޕީއެސްޖީ އިން ފާހަގަނުކުރާ ކަމަށް ބުނެ ލިއޮނަލް މެސީ އެ ކުލަބަށް ފާޑުކިޔައިފި އެވެ.

އާޖެންޓީނާ އަށް 2022ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން މެސީ އަކީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އޭނާގެ ކެރިއަރުގައި ނުލިބޭ ހަމައެކަނި ޓްރޮފީ މެސީ ކާމިޔާބުކުރީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ އެވެ.

ނަމަވެސް ވޯލްޑް ކަޕަށް ފަހު މެސީ ޕީއެސްޖީ ދޫކޮށްލަން އުޅޭ އަޑު ގަދަވި އެވެ. އޭނާގެ ކުރީގެ ކުލަބު، ސްޕެއިންގެ އެފްސީ ބާސެލޯނާ އާއި ސައުދީ އަރަބިއްޔާގެ ކުލަބުތަކުން މެސީ ގެންދަން މަސައްކަތްކުރި ނަމަވެސް ފަހު ވަގުތު މެސީ ނިންމީ، އެމެރިކާގެ އިންޓަ މަޔާމީ އަށް ބަދަލުވާށެވެ.

އެ ކުލަބާ އެކު ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މެސީ ވަނީ ދާދި ފަހުން ޕީއެސްޖީގައި އޭނާ އަށް "އިހުތިރާމް ނުލިބޭކަން" ހާމަކޮށް ވާހަކަދައްކައިފަ އެވެ.

މެސީ ބުނީ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ކޮންމެ ކުޅުންތެރިއަކު ކުޅުނު ކުލަބުން އެކަން ފާހަގަކޮށް އެކަމަށް ކުޅުންތެރިންނަށް މަރުޚަބާ ކިޔާފައިވާ ކަމަށެވެ. ނަމަވެސް ޕީއެސްޖީން އޭނާ އަށް އެ އިހުތިރާމާއި ލޯބި ލިބިފައި ނުވާ ކަމަށެވެ.

"އަހަރެންނަށް ޕީއެސްޖީއާއެކު މާ ބޮޑެތި ކާމިޔާބީތަކެއް ނުލިބުނަސް ދުނިޔޭގެ ޗެމްޕިއަންކަން ލިބުނީ އެކުލަބުގައި ހުއްޓާ. ދުނިޔޭގެ ޗެމްޕިއަންކަން ލިބުނު ކުޅުންތެރިންގެ ތެރެއިން ކުލަބުން އެކަން ފާހަގަނުކުރާ ހަމައެކަނި ކުޅުންތެރިއަކީ އަހަރެން" ދެ އަހަރު ޕީއެސްޖީއަށް ކުޅުމަށްފަހު އެކުލަބު ދޫކޮށްލި މެސީ ބުންޏެވެ.

ގިނަ ޓީމްތަކުގެ ކުލަބުގެ ރަސްމީ މެޗުތަކުގެ ކުރިން ޗެމްޕިއަންކަން ހޯދި އާޖެންޓީނާގެ ކުޅުންތެރިންގެ ޝަރަފުގައި ހަރަކާތްތައް ބޭއްވިއިރު، އާޖެންޓީނާގެ ކެޕްޓަން މެސީ ކުޅުނު ޕީއެސްޖީން އޭނާ އަށް މަރުޚަބާ ކިޔާފައިވަނީ ހަމައެކަނި ޕްރެކްޓިސްގަ އެވެ.

އެ ގޮތުން ވޯލްޑް ކަޕަށް ފަހު މެސީ ޕީއެސްޖީއާ ގުޅުނު ޕްރެކްޓިސްގައި އެކުލަބުން އޭނާ އަށް "ގާޑް އޮފް އޮނާ"އެއް އެރުވި އެވެ.

ޕީއެސްޖީ ދޫކޮށް މެސީ ވަނީ އެމެރިކާ ލީގަށް ބަދަލުވެ، އިންޓަ މިއާމީއާ އެކު ރަނގަޅު ކުޅުމެއް މިހާތަނަށް ދައްކައިފަ އެވެ. އެންމެ ފަހުން ލީގުގައި ޓޮރޮންޓޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި މެސީ ކުޅުނު ނަމަވެސް މެޗުގެ ކުރީކޮޅު އޭނާއަށް އަނިޔާވެ ވަނީ ބަދަލުކޮށްފަ އެވެ.

މެސީ އަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށް އިންޓަ މިއާމީ އިން ހާމަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox