ރެއާލާއި އާސެނަލް މޮޅުވިއިރު، ބަޔާނުން ޔުނައިޓެޑް ބަލިކޮށްފި

Sep 21, 2023, 5:38 AM
ރެއާލާއި އާސެނަލް މޮޅުވިއިރު، ބަޔާނުން ޔުނައިޓެޑް ބަލިކޮށްފި

މިއުނިކް (ސެޕްޓެމްބަރު 21) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑާއި އާސެނަލް ކުޅުނު މެޗުތަކުން މޮޅުވިއިރު، ބަޔާން މިއުނިކުން 4-3 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

އާސެނަލުން ވަނީ ހަ އަހަރު ތެރޭ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ނެދަލެންޑްސްގެ ޕީއެސްވީ އައިންދޯވަން އަތުން 4-0 އިން މޮޅުވެފަ އެވެ. ޖަރުމަނުގެ ޔޫނިއަން ބާލިން އަތުން ރެއާލް މެޑްރިޑް 1-0 އިން މޮޅުވިއިރު، މެޗުގެ ހަމައެކަނި ގޯލު ޖެހީ އިތުރު ވަގުތުގައި ރެއާލްގެ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އާސެނަލުން މެޗުގެ ފުރަތަމަ ހާފު ވެސް ނިންމާލީ ތިން ގޯލުގެ ލީޑެއްގަ އެވެ. އެ ގޮތުން، އަށް ވަނަ މިނިޓްގައި ބުކާޔޯ ސަކާ އާސެނަލަށް ލީޑުނަގައިދިންއިރު، 20 ވަނަ މިނިޓްގައި ލެއަންދްރޯ ޑްރޮސާޑް ވަނީ ދެ ވަނަ ގޯލު ޖަހައިދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ އަށް މިނިޓް ކުރިން، މެޗުގެ 38 ވަނަ މިނިޓްގައި އާސެނަލްގެ ތިން ވަނަ ގޯލު ޖެހީ ގަބްރިއެލް ޖޭސޫސް އެވެ.

ދެ ވަނަ ހާފުގައި އާސެނަލްގެ ފަހު ގޯލު ޖެހީ އެ ޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް އެވެ.

އާސެނަލް ގްރޫޕްގެ އަނެއް މެޗުން ސެވިއްޔާ އާއި ލޯންސް ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބަޔާން އިން ވަނީ ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސާޖް ގްނަބްރީ އާއި ލެރޯއި ސާނޭ ޖެހި ގޯލުތަކުން ދެ ލަނޑުގެ ލީޑެއްނަގަައިފަ އެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރު މިިނިޓް ތެރޭ ޔުނައިޓެޑްގެ ރަސްމުސް ހޮއިލުންޑް ގޯލެއް ޖަހައި އެ ޓީމަށް އުންމީދެއް ހޯދައިދިނެވެ. އެކަމަކު، ޔުނައިޓެޑުން ދިން ޕެނަލްޓީއެއް ގޯލަށް ވައްދާލައި، ހެރީ ކޭން ވަނީ ބަޔާނަށް އަލުން ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.

މެޗުގެ 88 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ކަސެމީރޯ ގޯލެއް ޖަހައި ފަރަގުކުޑަކުރިއިރު، އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ބަޔާންގެ މަތީސް ޓެލް ވަނީ އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހައިދީ، ތިން ޕޮއިންޓް ހޯދަން ހިތްވަރުހޯދައިދީފަ އެވެ. ޔުނައިޓެޑުން އިތުރު ވަގުތުގެ ބާކީ އޮތް ވަގުތުގައި އެއް ގޯލު ޖެހުނުއިރު، ނަތީޖާ ހަމަހަމަކުރަން އިތުރު ގޯލެއް ނުޖެހުނެވެ. ޔުނައިޓެޑްގެ ފަހު ގޯލު ޖެހީ ދެ ވަނަ ގޯލު ވެސް ޖެހި ކަސެމީރޯ އެވެ.

މި ގްރޫޕްގެ އަނެއް މެޗުން ގަލަސަތަރާއި އާއި ކޯޕެންހާގެން ވަނީ 2-2 އިން އެއްވަރުވެފަ އެެވެ.

ގްރޫޕް ޑީގައި ރޭ އޮސްޓްރިއާގެ އާރްބީ ސަލްޒްބާގުން ވަނީ ރަށުންބޭރުގައި 2-0 އިން ބެންފީކާ ބަލިކޮށްފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު އިންޓަ މިލާން ވަނީ 1-1 އިން ރެއާލް ސޮސިއެޑާޑާ އެއްވަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox