ޑިމޮކްރެޓުން ބުނަނީ އެމްޑީޕީގެ ރަސްމީ ޖަވާބެއް ނުލިބޭ ކަމަށް، މިރޭ ގޮތެއް ނިންމާނެ!

ޑިމޮކްރެޓްސްގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފު މީގެ ކުރިން ޕްރެސް ދެއްވަނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޑިމޮކްރެޓްސްގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފު މީގެ ކުރިން ޕްރެސް ދެއްވަނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ވެރިކަން ކުރުމުގެ ނިޒާމުގެ ފެންނަ ނުފެންނަ ވޯޓާ ގުޅޭ ގޮތުން އެމްޑީޕީން ރަސްމީ ޖަވާބެއް ދީފައިނުވާ ކަމަށް ޑިމޮކްރެޓްސްގެ އިންތިގާލީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯދި ޑިމޮކްރެޓްސްއިން ދެވަނަ ބުރުގައި ކޯލިޝަން ހެދުމުގައި ހުށަހަޅާ ޝަރުތަކީ ދެވަނަ ބުރުގެ ކުރިން ނިޒާމު ބަދަލުކުރުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވުމެވެ.

ދެވަނަ ބުރުގެ ފަހުން ނިޒާމުގެ ވޯޓު ނެގުމުގައި މައްސަލައެއް ނެތް ކަމަށް އެމްޑީޕީން ބުނެފައިވާއިރު ހަސަން "އަދަދު" ނޫހަށް ވިދާޅުވީ އެމްޑީޕީން މިހާތަނަށް އެއްވެސް ސިފައެއްގައި ރަސްމީ ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

"މިރޭ އޮންނާނެ މި ޕާޓީގެ އިންޓެރިމް ކައުންސިލް، މިރޭ ބާއްވާ ކައުންސިލް ބައްދަލުވުމުގައި ކައުންސިލް މެންބަރުން ނިންމާނީ ދެން މީގައި ގޮތެއް،" މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަން ކަން ވެސް ކުރައްވާފައިވާ ހަސަން ވިދާޅުވި އެވެ.

ދެވަނަ ބުރަށް ޑިމޮކްރެޓްސް އިން ނަގާ ސްޓޭންޑް ކަނޑައެޅުމަށް ބާއްވާ ޕާޓީގެ އިންޓެރިމް ކައުންސިލްގެ ބައްދަލުވުން ފަށަނީ މިރޭ 9:00 ޖަހާއިރެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބިފައި ނެތް އިރު އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށެވެ. މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39 ޕަސެންޓެވެ. ތިން ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އަދި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް 15،839 ވޯޓު ލިބިވަޑައިގަތެވެ.

ޑިމޮކްރެޓްސްއަކީ ޖެނުއަރީ 28، ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު އެމްޑީޕީގައި ތިބެގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ފެށުމުން އެމްޑީޕީން ވަކިކުރަން އުޅޭ ކަން އެނގުމުން ނަޝީދުގެ ސަޕޯޓަރުން އުފެއްދި ޕާޓީއެކެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވުމަށް ފަހު ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި ނަޝީދު ވެސް މި ފަހުން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޖަވާބަކަށް އިންތިޒާރުކޮށްގެން ނުތިބެވޭނެ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ކޮންމެ ވެސް އެއް ގޮތެއް ޑިމޮކްރެޓްސް އިން ނިންމަން ޖެހޭ ކަމަށެވެ.

މީގެ ކުރިން ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ އެކު ނިޒާމީ ވޯޓާ ގުޅޭ ގޮތުން މަޝްވަރާ ކުރި ނަމަވެސް އެއްބަސްވުމެއްގައި ސޮއިކުރުމަށް ދެކޮޅު ހަދާފައިވާތީ އެ މަޝްވަރާތައް ހުއްޓިފައިވާ ކަމަށް ހަސަން ލަތީފު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމްޑީޕީގެ ކުރީގެ ލީޑަރު އަދި ޑިމޮކްރެޓްސްގެ ބާނީ މުހައްމަދު ނަޝީދު ވަކާލާތު ކުރައްވަ އެވެ. 2007 ގައި ބޭއްވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ނަޝީދާއި އޭރު އެމަނިކުފާނު ލީޑުކުރެއްވި އެމްޑީޕީން ވެސް ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ.

ނަމަވެސް ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އެމަނިކުފާނާއި ނަޝީދާ ދެމެދު ގިނަ ކަންކަމުގައި ހިޔާލު ތަފާތުވުން އުފެދުނު އިރު ހިޔާލު ތަފާތުވި އެއް ކަމަކީ ވެސް ވެރިކަމުގެ ނިޒާމުގެ މައްސަލަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox