"އާބަން އައިލް" ގައި ގެސްޓް ހައުސް ތަރައްގީކޮށް ހިންގަން ތިން ބިމެއް ބިޑަށް ހުޅުވާލައިފި

ހުޅުމާލޭގެ އެންމެ އުތުރުން ތަރައްގީ ކުރެވޭ އާބަން އައިލް ގެ ކުރެހުމެއް---

ހުޅުމާލޭގެ އެންމެ އުތުރުން ތަރައްގީ ކުރެވޭ އާބަން އައިލް ގެ ކުރެހުމެއް---

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެންމެ އުތުރުން ޓޫރިޒަމް އައިލެންޑްގެ ގޮތަށް އާބަންކޯ އިން ތަރައްގީކުރާ "އާބަން އައިލް"ގައި ބުޓީކް ހޮޓެލް ތަރައްގީކޮށް ހިންގުމަށް ތިން ބިމެއް ބިޑަށް ހުޅުވާލައިފި އެވެ.

އާބަންކޯއިން ކުރި އިއުލާނުގައި ވާގޮތުން މި ބުޓީކް ހޮޓެލް ތަރައްގީކުރަން ދޫކުރާ ބިންތަކަކީ 4،246-5،413 އަކަފޫޓާ ދެމެދުގެ ބިންތަކެވެ. މި ބިންތަކުގެ އިކުއިޒިޝަން އަގުގެ ގޮތުގައި ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 22.15 ޑޮލަރެވެ.

މި ރޭޓުން ބަލާއިރު އެންމެ ކުޑަ ބިމުގެ އިކިއުޒިޝަން ކޮސްޓަށް މަދުވެގެން 94،049.786 ޑޮލަރު ދައްކަންޖެހޭނެ އެވެ. އަދި މި އަގު ދައްކަންޖެހޭނީ އެމެރިކާ ޑޮލަރުން ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.

ބިމުގެ ސައިޒުތައް

  1. ލޮޓް ނަންބަރު 21742 / 4،246.04 އަކަފޫޓޫގެ ބިމެއް
  2. ލޮޓް ނަންބަރު 21747 / 4،926.46 އަކަފޫޓުގެ ބިމެއް
  3. ލޮޓް ނަންބަރު 21748 / 5413.38 އަކަފޫޓުގެ ބިމެއް

އާބަންކޯއިން މި ބިންތައް ލީސްކުރަނީ 50 އަހަރުގެ މުއްދަތަކަށެވެ. އަދި މި ބިންތަކުގައި ހަ ފަންގިފިލާއަށް އިމާރާތްކުރެވޭއިރު އިމާރާތްކުރުމަށް ދެނީ ބިން ހަވާލުކުރާތާ ދެ އަހަރުގެ މުއްދަތެކެވެ.

އޭގެ އިތުރުން މި ބިންތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ބޭރުގެ އިންވެސްޓަރުންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ. ނަމަވެސް އާބަންކޯއިން މީގެ ކުރިން ބުޓީކް ހޮޓެލް ހެދުމަށް ދޫކުރި ބިމެއް ކުއްޔަށް ނަގާފައިވާ ފަރާތަކަށް ނުވަތަ ކުންފުންޏެއްގެ ޝެއާ ހޯލްޑަރަކަށް ވެސް މި ބިންތަކަށް ބިޑު ނުކުރެވޭނެ އެވެ.

މި ބިޑާ ބެހޭ އިތުރު މައުލޫމާތު އާބަންކޯގެ ވެބްސައިޓުން ލިބެން ހުންނާނެވެ އެވެ.

އާބަން އަައިލްގެ ނަމުގައި ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރާ ޓޫރިޒަމް ޒޯނަށް ޖުމްލަ 23 ހެކްޓަރުގެ ކަނޑައަޅާފައިވާއިރު މި ޕްރޮޖެކްޓު ވެގެންދާނީ ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ޕްރޮޖެކްޓަކަށް ކަމަށް އާބަންކޯ އިން ވަނީ ބުނެފަ އެވެ.

އެގޮތުން، އެ ޕްރޮޖެކްޓުގެ ސަބަބުން ސީދާ އަދި ނުސީދާ ގޮތުން ގިނަ ދާއިރާތަކަށް ފައިދާވެ ގިނަ ވަޒީފާތަކެއް އުފެދިގެން ދާނެ ކަމަށާއި މި ރަށް ވެގެންދާނީ ރާއްޖޭގެ އިގުތިސާދީ މައި ހަބު ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރަސްމީ ވައިގެ ބަނދަރާއި ގުޅިފައިވާ ރަށެއް ކަމުން އާބަން އައިލް ވެެގެންދާނީ ކުރު އަދި ދިގު މުއްދަތުގެ ސްޓޭޓަކަށް ވެސް އެކަށޭނަ މަންޒިލަކަށް ކަމަށާއި އާބަން އައިލް ގައި އަޅާ އެކޮމޮޑޭޝަންތަކުގެ ތެރޭގައި ލަގްޒަރީ ވިލާ، ސާވިސް އެޕާޓްމަންޓް، ސިޓީ ހޮޓެލް، މިޑްސްކޭލް އަދި އަޕްސްކޭލް ހޮޓެލް އާއި ގެސްޓް ހައުސްތަކުގެ އިތުރުން ބްރޭންޑަޑް ރީޓެއިލް އަދި މަތީ ފަންތީގެ ރެސްޓޯރަންޓްތައް ވެސް ގާއިމުކުރާނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox