ބަރުލަމާނީ ނިޒާމެއް ގަބޫލުނުކުރުން ހިމަނައި، ދެ ޕާޓީއަށް ވެސް ފާރިސްގެ ޝަރުތުތަކެއް

Sep 17, 2023, 4:37 PM
ރިޔާސީ ބަހުސްގެ ތެރެއިން ފާރިސް: ލިބިވަޑައިގަތީ 1.3 ޕަސެންޓު ވޯޓު -- ފޮޓޯ: ފައިލް

ރިޔާސީ ބަހުސްގެ ތެރެއިން ފާރިސް: ލިބިވަޑައިގަތީ 1.3 ޕަސެންޓު ވޯޓު -- ފޮޓޯ: ފައިލް

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ދިޔަ ކެންޑިޑޭޓަކާއެކު ކޯލިޝަން ހެދުމުގެ ކުރިން ދެ ކެންޑިޑޭޓުންނަށް ވެސް އެ އިންތިހާބުގައި ވާދަ ކުރައްވައި ތިންހާހެއްހާ ވޯޓު ހޯއްދެވި ފާރިސް މައުމޫން ޝަރުތުތަކެއް މިއަދު ހުށަހަޅުއްވައިފި އެވެ.

ސެޕްޓެމްބަރު 30، ގައި ބާއްވާ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަ ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އިދިކޮޅު ޑރ. މުހައްމަދު މުއިއްޒަށް ވެސް ފާރިސް ހަތް ޝަރުތެއް ހުށަހެޅުއްވިއިރު އޭގެ ތެރޭގައި ރިޔާސީ ނިޒާމެއް ނޫން ނިޒާމަކަށް ތާއީދު ނުކުރުން ހިމެނެ އެވެ.

އޭގެ ތެރޭގައި، އިިންޑިއާއާކު ހަދާފައި ހުރި އެއްބަސްވުންތަކުގެ ތެރެއިން އުތުރުތިލަފަޅު އެއްބަސްވުމާއި ހަނިމާދޫ އެއާޕޯޓު އެއްބަސްވުމާއި އައްޑޫ އެއާޕޯޓް އެގްރީމެންޓާއި އައްޑޫ ޕޮލިސް އެކަޑެޓީ އެގްރިމެންޓު ހާމަ ކުރުން ހިމެނެ އެވެ.

Advertisement

ފާރިސްއާއެކު ކޯލިޝަން ހަދަން ހުށަހަޅާފައި ވަނީ ދެ ޕާޓީން އިސްވެ ކަމަށް އޭނާ ވިދާޅުވެ އެވެ.

އެއްވެސް ގައުމެއްގެ އަސްކަރީ ދިވެހިރާއްޖޭގައި އުޅޭތޯ އާއި އުޅޭ ނަމަ އޭގެ ބޭނުން ހާމަ ކުރަން ވެސް ފާރިސް އެދެ އެވެ. އަދި ވަކި ގައުމަކަށް ބުރަނުވާ ހާރިޖީ ސިޔާސަތެއް ގެންގުޅުމާއި ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސްޓޭންޑު ބަދަލު ކުރުން ވެސް ހިމެނެ އެވެ.

އޭގެ އިތުރުން، ގައުމީ ތަރައްގީގެ ޕްލޭނެއް ހެދުމާއި ރައްޔިތުންގެ މަޖިލީސް އިސްލާހު ކުރުމާއި ދައުލަތުން ދޭ ހިދުމަތްތަކުން ސިޔާސީ ފައިދާ ނުނެގުމަށް ވެސް ފާރިސް އޮތީ ޝަރުތު ކުރައްވައިފަ އެވެ.

ސެޕްޓެމްބަރު 9، ގައި ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެވީ ޑރ. މުއިއްޒެވެ. އޭނާއަށް 46 ޕަސެންޓު ވޯޓު ލިބިވަޑައިގަތެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 36 ޕަސެންޓު ވޯޓެވެ. ފާރިސްއަށް ލިބިވަޑައިގަތީ 1.3 ޕަސެންޓު ވޯޓެވެ. ޖުމްލަ އަށް ކެންޑިޑޭޓުން އިންތިހާބުގައި ވާދަ ކުރެއްވިއިރު އޭނާ ވަޑައިގަތީ ހަ ވަނައަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox