މާލޭ ކޮމާޝަލަ ހާބަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އަތޮޅު ތެރޭގައި ހުންނަ ރީޖަނަލް ޕޯޓުތަކަށް ފޮނުވާ ކޮންޓެއިނަރުތަކުން ނަގާ އަގުތައް ކުޑަކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ނިންމައިފި އެވެ.
މިކަމާ ގުޅޭ ގޮތުން އެމްޕީއެލްއިން މިއަދު ކުރި އިއުލާނުގައިވާ ގޮތުގައި ކޮންޓެއިނަރުތަކުގެ ހޭންޑްލިން އާއި ވޯފޭޖް ޗާޖް އާއި އެމްޕްޓީ އަންލޯޑިން ސްޓީވަޑޯރިންގެ އިތުރުން ހޭންޑްލިން ޗާޖަސްގެ އަގު ވަނީ 25 ޕަސެންޓު ކުޑަކޮށްފަ އެވެ. އަދި މިދިޔަ ހުކުރު ދުވަހުން ފެށިގެން އެ ކުންފުނިން ބިލުކުރަމުން އަންނަނީ މި އަގުތަކުގައި ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.
އެމްޕީއެލްއިން މިހާރު ނަގާ އަގުތަކަކީ:

ރީޖަނަލް ޕޯޓުތަކަށް ފޮނުވާ ކޮންޓެރިނއަރުތަކުގެ އަގުތަކަށް އެމްޕީއެލްއިން ގެނައި ބަދަލުތައް --
މި ޓެރިފްތަކަށް ބަދަލު ގެނައުމާ އެކީ އައްޑޫ އާއި ކުޅުދުއްފުއްޓަށް މުދާ ފޮނުވާ ވިޔަފާރިވެރިންނަށް ލުޔެއް ލިބި، މިހާރަށް ވުރެ ހެޔޮ އަގުގައި މުދާ ފޯރުކޮށްދެވޭނެ މަގުފަހި ވެގެން ދާނެ އެވެ.











