ސިޓީ، ލިވަޕޫލް އަދި ޓޮޓެންހަމަށް މޮޅެއް، ޔުނައިޓެޑް ބަލިވެއްޖެ

Sep 16, 2023, 5:15 PM
ޔުނައިޓެޑް ކޮޅަށް ގޯލު ޖެހުމަށް ފަހު ބްރައިޓަން ކުޅުންތެރިން އުފާފާޅުކުރަނީ.

ޔުނައިޓެޑް ކޮޅަށް ގޯލު ޖެހުމަށް ފަހު ބްރައިޓަން ކުޅުންތެރިން އުފާފާޅުކުރަނީ.

ލަންޑަން (ސެޕްޓެމްބަރު 16) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ، ލިވަޕޫލް އަދި ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން ބްރައިޓަން އަތުން 3-1 އިން ބަލިވެއްޖެ އެވެ.

ލިވަޕޫލާއި ޓޮޓެންހަމް އަދި ސިޓީ ވެސް ކުޅުނު މެޗުތަކުން މޮޅުވީ ފަހަތުން އަރަ އެވެ. ރަށުންބޭރުގައި ވުލްވްސް އަތުން 3-1 އިން ލިވަޕޫލް މޮޅުވިއިރު، ސިޓީން ވަނީ 3-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ދަނޑުގައި މޮޅުވެފަ އެވެ. އިތުރު ވަގުތުގައި ދެ ގޯލު ޖަހައި، ޝެފީލްޑް ޔުނައިޓެޑް އަތުން ޓޮޓެންހަމް ވަނީ 2-1 އިން މޮޅުވެފަ އެވެ.

ލީގު ތާވަލުގެ އެއް ވަނައިގައި އޮތް ސިޓީ އަށް ފަސް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޓޮޓެންހަމް އާއި ތިން ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް ބްރައިޓަން އަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ.

ވުލްވްސް ދަނޑުގައި ހަތް ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ދެކުނު ކޮރެއާގެ ފޯވާޑް ހްވާން ހީ ޗާން އެވެ. ލިވަޕޫލް މޮޅުވީ ދެ ވަނަ ހާފުގައި ތިން ގޯލު ޖަހައިގެންނެވެ. އެ ޓީމަށް އެއްވަރުކޮށްދިން ގޯލު ޖެހީ ކޯޑީ ގަކްޕޯ އެވެ. މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ލިވަޕޫލުން ލީޑުނެގީ މެޗުގެ ކެޕްޓަން، އެންޑީ ރޮބަޓްސަން ޖެހި ގޯލުންނެވެ. ލިވަޕޫލްގެ ފަހު ގޯލަކީ ހާވީ އެލިއަޓް ޖެހި ޝޮޓެއް ވުލްވްސްގެ ބުއޭނޯ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުގައި ލިވަޕޫލްގެ ތިން ގޯލުގައި ވެސް މުހައްމަދު ސަލާހު މުހިއްމު ދައުރެއް އަދާކުރި އެވެ. މިއީ މި ސީޒަނުގައި ލިވަޕޫލުން ފަހަތުން އަރައި މޮޅުވި ތިން ވަނަ މެޗެވެ.

ވެސްޓް ހޭމްގެ ޖޭމްސް ވޯޑް-ޕްރައުސް އެ ޓީމަށް ފުރަތަމަ ހާފުގައި ލީޑުނަގައިދީފައިވަނިކޮށް ދެ ވަނަ ހާފު ފަށައިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި ޖެރެމީ ޑޮކޫ ވަނީ ސިޓީ އަށް އެއްވަރުކޮށްދީފަ އެވެ. ސިޓީ މޮޅުވީ ބެނާޑޯ ސިލްވާ އާއި އާލިން ބްރައުޓް ހާލަންޑް ޖެހި ގޯލުންނެވެ. މި މެޗުގައި ހާލަންޑް އަތުން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ގެއްލިގެންދިޔަ އެވެ.

މެޗުގެ 73 ވަނަ މިނިޓްގައި ގުސްޓާވޯ ހެމާ ޖެހި ގޯލުން ނެގި ލީޑާ އެކު، ޝެފީލްޑުން ޓޮޓެންހަމް ދަނޑުގައި މޮޅުވާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެކަމަކު، އިތުރު ވަގުތުގެ ގޮތުގައި ގިނަ ވަގުތު ކުޅުނުއިރު، ޓޮޓެންހަމް އިން ދެ ގޯލު ޖަހައި މެޗުން މޮޅުވި އެވެ.

ޓޮޓެންހަމް އިން އެއްވަރުކުރީ އިތުރު ވަގުތުގެ އަށް ވަނަ މިނިޓްގައި ރިޗާލިސަން ޖެހި ގޯލުންނެވެ. އޭގެ ދެ މިނިޓް ފަހުން ޓޮޓެންހަމް މޮޅުވި ގޯލު ޖެހީ ރިޗާލިސަން ދިން ބޯޅައަކުން ޑޭޖާން ކުލުސެވްސްކީ އެވެ.

ޔުނައިޓެޑް ދަނޑުގައި ބްރައިޓަން އަށް ލީޑުނަގައިދިނީ ކުރިން ޔުނައިޓެޑަށް ކުޅުނު އިނގިރޭސި ފޯވާޑް، ޑެނީ ވެލްބެކް އެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ނޯވޭ ފޯވާޑް، ރަސްމުސް ހޮއިލުންޑް ގޯލެއް ޖަހައި އެއްވަރުކޮށްދިނެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި އެ ގޯލު ބަލައިނުގަންނަން ނިންމި ހޮއިލުންޑް އެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިންއިރު، ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް އަތުން ބޯޅަ ބޭރުވެފައިވާތީ އެވެ.

ދެ ވަނަ ހާފުގައި ބްރައިޓަން އިން ލީޑުފުޅާކުރީ ޕަސްކާލް ގްރޮސް އާއި ޖޮއާއޯ ޕެޑްރޯ ޖެހި ގޯލުތަކުންނެވެ. ޔުނައިޓެޑްގެ ހަމައެކަނި ގޯލު ޖެހީ ހަނިބަލް މެޔްބްރީ އެވެ. ބްރައިޓަން އިން އިތުރު ގޯލު ޖަހަން ކުރި މަސައްކަތް ހުއްޓުވީ ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ އެވެ.

މި މެޗުން ޔުނައިޓެޑް ބަލިވިއިރު، މިއީ މި ވޭތުވެދިޔަ 13 މަސް ތެރޭ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ އިނގިރޭސި ޕްރިމިއާ ލީގު ސީޒަނެއް ފަށައިގެން ފުރަތަމަ ފަސް މެޗުން ޔުނައިޓެޑް ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. މި ވަގުތުގެ ލީގު ތާވަލަށް ބަލާއިރު ފަސް މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ 12 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox