ހުލާސާކޮށް އިއްޔެ: މުއިއްޒުގެ މައްޗަށް ނިޔާޒުގެ ބޮޑު ތުހުމަތެއް

Sep 15, 2023, 1:24 AM
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު އާއި ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފު އަދި ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު އާއި ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފު އަދި ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ދައުލަތުގެ ނިޒާމު ހަރާބުކުރަން ފުރުސަތު ދެއްވާފައި ކަމަށް ވިދާޅުވެ، ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ޕީޕީއެމް/ޕީއެންސީ އާއި މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ކަމަށް ރޭ ރިޕޯޓުކުރި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓު ނެރުމުން މަގާމުން ދުރުކުރި ނިޔާޒު، އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައި ވަނީ ޕީޕީއެމް/ޕީއެންސީގައި މިހާރު އިސްކޮށް ތިބި ފަރާތްތަކުގެ ތެރެއިން ސާފު، ކޮރަޕްޝަނުން އެއްކިބާވެފައިވާ ކެންޑިޑޭޓަކު ނުނެރެވޭނެކަން ކަށަވަރުވާ ކަމަށެވެ.

އެއީ ކޮރަޕްޓު އިއްތިހާދެއް ކަމަށް ތުހުމަތު ކުރެއްވުމަށް ފަހު ނިޔާޒު ވިދާޅުވީ އެ ދެ ޕާޓީން ނަޒާހަތްތެރި ސިޔާސީ ލީޑަރުން ނެރުމަށް ހައެއްކަ ޖީލުގެ މުއްދަތެއް ބޭނުންވާނެ ކަމަށެވެ.

މަގާމުގެ ގޮތުން ދައުލަތުގެ އެއްވެސް ހައިސިއްޔަތެއް ނެތް މީހަކު މުޅި ދައުލަތުގެ ނިޒާމުތައް ހަރާބުކުރަން ފުރުސަތު ދީ، އެ މީހާ [ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް] ބުނި ގޮތަށް އޭނަގެ އަރިސް މީހުންނަށް، ނިކަމެތި ރައްޔިތުންނަށް ނުދީ ސޯޝަލް ހައުސިން ފްލެޓުތައް ބަހާލި މީހަކު/ބަޔަކު ނިކަމެތި ރައްޔިތުންނާ ދޭތެރޭ އަދުލުވެރި/އިންސާފުވެރި ވާނެ ކަމަށް ހީކުރުމަކީ ވަރަށް މޮޔަ ކަމެއް،" ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު އެ ދައްކަވާ ވާހަކަތައް ގުޅެނީ އޭރު ހައުސިން މިނިސްޓްރީން ބައެއް ފްލެޓުތައް މުލިއާގެއިން އަންގާ ގޮތަށް ދިން ކަމަށް ކުރެވޭ ތުހުމަތުތަކާއި ސޯޝަލް ހައުސިން ލިބޭ ލިސްޓަށް ލާރި ދިން މީހުން ލައި ދިން ކަމަށް ބުނާ ތުހުމަތުތަކާ އެވެ.

އެގޮތުން އެ ސަރުކާރުގެ ދުވަސްވަރު ދޫކުރި ޓާޓާ ފްލެޓުތަކާއި ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލޭ ފޭސް އެކެއްގައި އިމާރާތްކުރުމަށް ފަހު ދޫކުރި ފްލެޓުތަކާއި ހިޔާ ފްލެޓުތައް މިގޮތަށް ދިން ކަމަށް އޭރު ގިނަ ވާހަކަތަކެއް ދެކެވުނެވެ. ނަމަވެސް މި މައްސަލަތައް ކަމާ ބެހޭ އެއްވެސް އިދާރާއަކުން ތަހުގީގު ކުރި ކަމުގެ މައުލޫމާތެއް ނުލިބެ އެވެ.

އެކަމަކު މި ސަރުކާރުން ވަނީ ފްލެޓު ކޮމިޓީއެއް އުފައްދައި ހިޔާ ފްލެޓުތައް ލިބުނީ ހައްގުވެރި ފަރާތްތަކަށްތޯ ރިވިއުކޮށްފަ އެވެ. އެ ކޮމިޓީން އެހެން އެއްވެސް ފްލެޓަކާ ގުޅޭ މައްސަލައެއް ނުބަލަ އެވެ.

މުހިންމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox