ވައުދުވި ގޮތަށް، ރ.މަޑުއްވަރީ ކައުންސިލާ އުފުލަންދޫ ހަވާލުކޮށްފި

Sep 6, 2023, 12:55 PM
ރ. މަޑުއްވަރީ ކައުންސިލާ އެއަތޮޅު ފަޅުރަށެއް ކަމަށްވާ އުފުލަންދޫ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ރ. މަޑުއްވަރީ ކައުންސިލާ އެއަތޮޅު ފަޅުރަށެއް ކަމަށްވާ އުފުލަންދޫ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންނެވި ގޮތަށް ރ.މަޑުއްވަރީ ކައިރީ އޮންނަ ފަޅުރަށެއް ކަމަށްވާ އުފުލަންދޫ، މަޑުއްވަރީ ކައުންސިލާ މިއަދު ހަވާލުކޮށްފި އެވެ.

ކުރިން މީހުން އުޅުމަށް ފަހު ފަޅުކޮށްފައިވާ އުފުލަންދޫ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ޓޫރިޒަމަށް ދޫކުރި އެވެ. އެން ނަމަވެސް އެރަށް ކުއްޔަށް ހިފި ފަރާތަަށް އޭގެ ބަދަލުގައި އެހެން ރަށެއް ދިނުމަށް ފަހު މަޑުއްވަރީ ކައުންސިލާ އެރަށް ހަވާލުކޮށްދޭން އެކައުންސިލުން ކުރިއްސުރެ އައީ އެދެެމުންނެވެ.

އުފުލަންދޫ ސަރުކާރަށް ނަގާފައިވާ ކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހާމަކުރެއްވީ މިދިޔަ ޖެނުއަރީ މަހު ރ. އަތޮޅު ކައުންސިލްގެ މެމްބަރުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ރ. އުފުލަންދޫ ފަޅުރަށް ރ. މަޑުއްވަރީ ކައުންސިލާ ހަވާލުކުރަން ރައީސް ނިންމެވުމާ ގުޅިގެން، މަޑުއްވަރީ ކައުންސިލާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް، އެރަށް ބެލެެހެއްޓުން އެ ކައުންސިލާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.

އުފުލަންދޫ ފަޅުކުރީ ހުކުރު ހަމަނުވާ ކަމަށް ކުރިން ބަލާ (ބޮޑެތި ފިރިހެނުންގެ 40 މީހުން ހަމަނުވާ) ރަށްރަށުގެ މީހުން އެހެން ރަށްރަށަށް ބަދަލުކުރަން 1960ގެ އަހަރު ތަކުގައި ނިންމި ނިންމުމެއްގެ ދަށުންނެވެ. އެރަށު މީހުން ބަދަލުކުރީ އަލިފުށްޓަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox