އޮސްޓްރޭލިއާގެ ކުރީގެ ފޮރިން މިނިސްޓަރުގެ ތައުރީފު ރައީސް ސޯލިހުގެ ސަރުކާރަށް

Sep 6, 2023, 10:10 AM
އޮސްޓްރޭލިއާގެ ކުރީގެ ފޮރިން މިނިސްޓަރު އެލެކްސެންޑާ ޑައުނިން: އޭނާ ވަނީ ރައީސް ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާފައި

އޮސްޓްރޭލިއާގެ ކުރީގެ ފޮރިން މިނިސްޓަރު އެލެކްސެންޑާ ޑައުނިން: އޭނާ ވަނީ ރައީސް ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާފައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ވިދާޅުވެ، އޮސްޓްރޭލިއާގެ ކުރީގެ ފޮރިން މިނިސްޓަރު އެލެކްސެންޑާ ޑައުނާ މިއަދު ދިވެހި ސަރުކާރަށް ތައުރީފު ކުރައްވައިފި އެވެ.

އެލެކްސެންޑާ ޑައުނާ ކުރި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގައި ރާއްޖެއަށް އިގްތިސާދީ އަދި އިޖުތިމާއީ ހެޔޮ ބަދަލުތަކެއް ގެނެސް ގައުމު "ސްޓޭބަލައިޒް" ކޮށްފައިވާ ކަމަށެވެ.

އެ ޓުވީޓުގައި ޑައުނާ ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރުގައި ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް ވެރިކަން ކުރުމާއި ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަކުރަން އިސްކަމެއް ދީފައިވާ ކަމަށެވެ. ރާއްޖެ އަލުން ކޮމަންވެލްތަށް ގުޅުމުގެ ފުރުސަތު ދިނުމަކީ އެކަމުގެ ނަތީޖާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް 10 ޕަސެންޓް ސާވިސް ޗާޖު ދޭން ނިންމުމުން އެ ދާއިރާގެ މުވައްޒަފުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެފައިވާ ކަމަށް ވެސް ޑައުނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، އޮސްޓްރޭލިއާގެ މިނިމަމް ވޭޖް ގަވައިދުތަކާ އެއްގޮތަށް ރާއްޖެއިން ވެސް މިނިމަމް ވޭޖު ގާއިމް ކުރުމަކީ ވެސް އިގްތިސާދީ ހަމަހަމަކަން ހޯދުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑައުނާ ވިދާޅުވީ، ރާއްޖެ އާއި އޮސްޓްރޭލިއާގައި ވެސް ތައުލީމީ ދާއިރާއަށް އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން، ރާއްޖޭގައި ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭއިރު، އެއީ އިގްތިސާދީ ފުރުސަތުތައް ހޯދުމަށް ފަހިވެގެންދާނެ އުސޫލެއް ކަމަށް އޭނާ ވިދާޅުވި އެވެ. މި ސަރުކާރުގައި ޓީޗަރުންގެ މުސާރަ 56 ޕަސެންޓަށް ބޮޑުކޮށްފައިވާތީ އެކަން ވެސް އނާ ފާހަގަކުރެއްވި އެވެ.

ރާއްޖެއަކީ، މުސާރައާއެކު ހަ މަހުގެ މެޓާނިޓީ ލީވް އާއި އެއް މަހުގެ ޕެޓާނިޓީ ލީވް ދޭ މުސްލިމް މަދު ގައުމުތަކުގެ ތެރެއިން ގައުމެއްކަން ވެސް ފާހަގަކުރެއްވި އެވެ. ޑައުނާ ވިދާޅުވީ، ރާއްޖެ ސައިޒުން ކުޑަނަމަވެސް، 21 ވަނަ ގަރުނުގެ މައްސަލަތަކަށް އަދުލުވެރި ހައްލުތައް ހޯދުމަށް ގާނޫނުތައް ވަރުގަދަކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

ޑައުނާ އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރުކަން އަދާކުރެއްވީ 1996 އިން ފެށިގެން 2007 ވަނަ އަހަރާ ހަމައަށެވެ. އޭގެ ކުރިން 1994 އިން ފެށިގެން 1995 ވަނަ އަހަރާ ހަމައަށް އޭނާ އެގައުމުގެ ލިބަރަލް ޕާޓީގެ ލީޑަރުކަން ވެސް ކުރެއްވި އެވެ.

ފޮރިން މިނިސްޓަރުކަން ކުރެއްވުމަށްފަހު ޑައުނާ ފެން ފެނިގެން ދިޔައީ އޮސްޓްރޭލިއާއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރުގެ ގޮތުގަ އެވެ. އެ މަގާމުގައި އޭނާ 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހުންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox