ރައްޔިތުންގެ މަޖިލީހުގެ ހއ. އަތޮޅުގެ ކުރީގެ މެމްބަރު އަހުމަދު ނިޒާމް ނުވަތަ ކެލާ ނިޒާމް އެމްޑީޕީއަށް ސޮއި ކުރައްވައިފި އެވެ.
ނިޒާމް މީގެ ކުރިން ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގަ އެވެ. އޭނާ މިއަދު އެމްޑީޕީއަށް ސޮއިކުރެއްވި މެމްބާޝިޕް ފޯމާ އެ ޕާޓީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.
ރައްޔިތުންގެ މަޖިލީހުގެ ހއ. އަތޮޅުގެ މެމްބަރުކަމާއި ރައްޔިތުން ހާއްސަ މަޖިލީހުގެ ހއ. އަތޮޅުގެ މެންބަރުކަން ވެސް ކުރެއްވި ނިޒާމު އެމްޑީޕީއަށް ސޮއިކުރެއްވި އިރު، ނިޒާމާއެކު ކެލާގެ ބައެއް ރައްޔިތުންނާއި, ތިލަދުންމަތީ ބައެއް ޒުވާނުން ވެސް އެމްޑީޕީއަށް ސޮއިކުރި އެވެ.

ކެލާ ނިޒާމަކީ ޓޫރިޒަމް މިނިސްޓަރު ކަމުގައި ޑރ. އަބްދުالله މައުސޫމްގެ ބޭބެ އެވެ. ޖުމްހޫރީ ޕާޓީގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވުމަށްފަހު ޑރ. މައުސޫމް ވެސް ވަނީ ދާދި ފަހުން އެމްޑީޕީއަށް ސޮއިކުރައްވާފަ އެވެ.
ޑރ. މައުސޫމް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވީ އެ ޕާޓީން އަމިއްލައަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން އީސީއަށް ފޯމު ހުށަހެޅި ހިސާބުންނެވެ.













