ލިވަޕޫލަށް މޮޅެއް، އާސެނަލުން ޔުނައިޓެޑް ބަލިކޮށްފި

Sep 3, 2023, 9:08 PM
ލިވަޕޫލަށް މޮޅެއް، އާސެނަލުން ޔުނައިޓެޑް ބަލިކޮށްފި

ލަންޑަން (ސެޕްޓެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން 3-0 އިން އެސްޓަން ވިލާ އަތުން މޮޅުވިއިރު، މެޗުގެ އިތުރު ވަގުތުގައި ޖެހި ގޯލުތަކާ އެކު އާސެނަލުން 3-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

މިރޭގެ ޕޮއިންޓްތަކާ އެކު، އާސެނަލާއި ލިވަޕޫލުން ވެސް ވަނީ 4 މެޗުން 10 ޕޮއިންޓް ހަަމަކޮށްފަ އެވެ. އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އަށް 12 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޓޮޓެންހަމް އާއި ތިން ވަނައިގައި އޮތް ލިވަޕޫލް، ހަތަރެއްގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާއި ފަސް ވަނައިގައި އޮތް އާސެނަލަށް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ.

އާސެނަލް ދަނޑުގައި ޔުނައިޓެޑުން މިރޭ 27 ވަނަ މިނިޓްގައި ކްރިސްޓިއަން އެރިކްސަން ދިން ބޯޅައަކުން މާކަސް ރަޝްފޯޑް ލީޑުނަގައިދިނެވެ. އެކަމަކު، އޭގެ ޖެހިގެން އައި މިނިޓްގައި އާސެނަލް އިން ވަނީ މާޓިން އޮޑެގާޑް ހަަމަޖެހިލައިފައި ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ.

މި މެޗުގައި ވެސް އާސެނަލްގެ ފޯވާޑް، ކައި ހަވާޓްޒް އަށް ގޯލު ޖަހަން ލިބުނު ރަނގަޅު ފުރުސަތުތަކެއް ނަގާލިއިރު، ޔުނައިޓެޑުން ވަނީ މެޗުގެ 88 ވަަނަ މިނިޓްގައި ގޯލެއް ޖަހައިފަ އެެވެ. އެކަމަކު، ޒުވާން ފޯވާޑް، އަލެހަންދްރޯ ގާނާޗޯ ޖެހި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ އޮފްސައިޑް ކަމަށެވެ.

އާސެނަލް އިން މޮޅުވި ގޯލުތައް ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. އެ ގޮތުން އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި ބުކާޔޯ ސަކާ ނެގި ކޯނަރަކުން ޑެކްލަން ރައިސް ވަނީ އާސެނަލަށް ލީޑުނަގައިދީފަ އެވެ. ރެކޯޑް އަގަކަށް އާސެނަލުން ގެނައި ރައިސް މި މެޗުގައި ކާމިޔާބުކުރީ އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. އިތުރު ވަގުތުގެ 11 ވަނަ މިނިޓްގައި އާސެނަލްގެ ތިން ވަނަ ގޯލު ޖެހީ ގަބްރިއެލް ޖޭސޫސް އެވެ.

މި މެޗުން ބަލިވުމުން ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވަނީ ރެފްރީންގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ޔުނައިޓެޑް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާ އެކު، ލީގުގެ 11 ވަނައިގަ އެވެ.

ލީގުގައި މިރޭ ލިވަޕޫލުން އެސްޓަން ވިލާ ކޮޅަށް ގޯލުތައް ޖެހީ ޑޮމިނިކް ސޮބޯސްލާއި އާއި މުހައްމަދު ސަލާހުގެ އިތުރުން އެސްޓަން ވިލާގެ މެޓީ ކޭޝް އަތުން ބައިކޮޅަށް ވަން ގޯލެކެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox