އަސްކަރީ ހަރަކާތެއްގައި ގާއިމުވެ ތިބި ބިދޭސީ ސިފައިންނެއް ނެތް: ރައީސް

ރިޔާސީ ބަހުސްގައި ކުރި ސުވާލަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖަވާބު ދެއްވަނީ. ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރިޔާސީ ބަހުސްގައި ކުރި ސުވާލަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖަވާބު ދެއްވަނީ. ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިލިޓަރީ މަސައްކަތެއް ކުރަން ބޭރުގެ އެއްވެސް ބަޔަކު ރާއްޖޭގައި ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުންގެ މެދުގައި ސަންގު ޓީވީން މިރޭ ކުރިއަށް ގެންދިޔަ ބަހުސްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެކި ގައުމުތަކުގެ ސިފައިން ރާއްޖެެއަށް އަންނަނީ ތަމްރީނުތައް ހިންގަން ކަަމަށެވެ. އެ ބޭނުމަށް އެތައް ގައުމަކުން ރާއްޖެއަށް ސިފައިން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން މިލިޓަރީ މަސައްކަތެއް ކުރާކަށް ރާއްޖެއަކު މިހާރަކު ވެސް ނެތް. އިއްޔެއަކު ވެސް ނެތް. އަޅުގަނޑު ދެކޭ ގޮތުގައި އޭގެ ކުރިއަކު ވެސް ނެތް. އެހެނެއް ނޫން ދޭދޭ ގައުުމުތަކާ އެކީގައި އޮންނަ އެއްބަސްވުންތަކުގެ ދަށުން ޓްރޭނިންތައް ހެދުމަށް އެކިއެކި އެކްސަސައިޒް ހިންގުމަށް އިންޑިއާ މީހުން ވެސް އާދޭ މިތަނަށް، ލަންކާ މީހުން ވެސް އާދޭ، އެމެރިކާ މީހުންވެސް އާދޭ، އިނގިރޭސިން ވެސް އާދޭ ބައެއް ފަހަރު،" ރައީސް ސޯލިހު ވިދާޅުވި އެވެ.

Advertisement

"ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ އަދަދު ހާމަނުކުރަން ސަރުކާރުން ކޯޓަށް ދިޔަ ކަމަށް ވާއިރު ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ނޫންތޯ" ސުވާލު ކުރުމުން ވެސް ރައީސް ވިދާޅުވީ މިލިޓަރީ މަސައްކަތެއްގައި ބޭރުގެ ސިފައިން ރާއްޖޭގައި ނެތް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ތަމްރީނުތައް ކުރިއަށް ގެންދަން ރާއްޖެއަށް އަންނަނީ ހަމަ އެކަނި އިންޑިއާ ސިފައިންނެއް ނޫނެވެ. އެމެރިކާ ސިފައިންނާއި ޗައިނާ ސިފައިން ވެސް އެގޮތަށް އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ބައެއް ފަހަރު އެކްސަސައިޒްތަކާ ޓްރެއިނިންތައް ހެދުމަށް ޓަކައި އިންޑިއާއެއް ނޫން، އިނގިރޭސިން ވެސް އެމެރިކާއިން ވެސް މިތަނަށް އާދޭ، ޗައިނާއިން ވެސް އާދޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

އުތުރު ތިލަފަޅުގައި ސިފައިންނަށް ބަނދަރެއް ތަރައްގީކުރަން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އެތަނުގައި އިންޑިއާ ސިފައިން ތިބޭ ކަމަށް ކުރާ ތުހުމަތު ވެސް އެމަނިކުފާނު ދޮގުކުރެއްވި އެވެ. ވިދާޅުވީ އެ ތަނަކީ ދިވެހިންގެ ތަނެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox