ޔާމީނުގެ މެސެޖެއް؛ "މުއިއްޒު އެ ޖަހަނީ އަމިއްލަ ފަޔަށް ބަޑި"

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު، އޭނާގެ މެނިފެސްޓޯ އިއުލާނު ކުރި ޖަލްސާގައި ޕްރެޒެންޓޭޝަން ހުށަހަޅައި ދެއްވާއިރު، ފަހަތުން، ޕީއެންސީގެ ލީޑަރު އަބްދުﷲ ޔާމީންގެ ފޮޓޯ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު، އޭނާގެ މެނިފެސްޓޯ އިއުލާނު ކުރި ޖަލްސާގައި ޕްރެޒެންޓޭޝަން ހުށަހަޅައި ދެއްވާއިރު، ފަހަތުން، ޕީއެންސީގެ ލީޑަރު އަބްދުﷲ ޔާމީންގެ ފޮޓޯ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

"އަދަދު" ނޫހުގެ އެތެރެފުށް ޕުރޮގުރާމުގައި ވާހަކަދައްކަވަމުން އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ވެރިކަން ކުރައްވާނީ ރައީސް ޔާމީނުގެ ބައިވެރިވުމެއް ނެތި ކަމަށް ދޭހަވާ މޭރުމަކުން ޑރ. މުއިއްޒު ދެއްކެވި ވާހަކަތަކާ ގުޅިގެން ކުރީގެ ރައީސް ޔާމީނު، މުއިއްޒުއަށް ވަރުގަދަ މެސެޖެއް ދެއްވާފައިވާ ކަން މި ނޫހަށް އެނގިއްޖެ އެވެ.

ރައީސް ޔާމީން އެ މެސެޖު ދެއްވީ ވ. އާރަށް ކުއްޔަށް ދިނުމުގެ ތެރެއިން ރިޝްވަތު ނެންގެވި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ނިންމާލުމަށްފަހު އިއްޔެ ކޯޓު ރޫމު ތެރޭގައި ހުންނަވައި ކަމަށް އެތަނުގައި އެވަގުތު ތިއްބެވި ބޭފުޅުން، ނަން ނުޖެހުމަށް ޝަރުތުކޮށް ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ. އެ ބޭފުޅުންގެ ތެރޭގައި ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅުން ވެސް ހިމެނެ އެވެ.

"މުއިއްޒު އިހައްދުވަހު އިންޓަވިޔުއެއްގައި ވިދާޅުވެއްޖެ، ވެރިކަން ކުރާނީ އަމިއްލައަށޭ، ޔާމީނެއް ނޫނޭ، މިއީ ކޮން ވާހަކައެއްތޯ؟ އަޅުގަނޑު ކޮންމެހެން އެއްޗެއް ދަންނަވާކަށް ނޫން، އެކަމަކު އަޅުގަނޑުމެންގެ ޕާޓީ މިއަދު އޮތް ގޮތުން، އަޅުގަނޑާ ބޮލާލާ ޖަހާފައި އެ ގޮތަށް ނުކުމެގެން މުއިއްޒަށް ހަމަ ވޯޓު ގެއްލޭނީ،" ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވާ، މާވަށު ދާއިރާގެ މެންބަރު، މުހައްމަދު ސައީދުއާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގަށް މުހާތަބު ކުރައްވައި ޔާމީނު ވިދާޅުވި އެވެ.

އެ ދެ ބޭފުޅުން ވެސް އިއްޔެ އަޑުއެހުމަށް ކޯޓު ރޫމަށް ވަދެވަޑައިގަތެވެ.

އެ ވާހަކަތައް އެގޮތަށް ވިދާޅުވުމަށްފަހު ރައީސް ޔާމީނު ވަނީ މުއިއްޒުއަށް ވަރަށް ބޮޑަށް ނުރުހުމުގެ ބަސްތައް އަމާޒު ކުރައްވައިފަ އެވެ. އެގޮތުން ޔާމީނު ވަނީ މުއިއްޒުއަކީ މަގުބޫލުކަން ކުޑަ ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ

ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީގެ މައްސަލައިގެ އަޑުއެހުމެއްގައި ރައީސް ޔާމީނާއި ގާނޫނީ ވަކީލުން އަދި އަޑު އެހުމަށް ވަދެ ތިއްބެވި ބޭފުޅުން.
ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީގެ މައްސަލައިގެ އަޑުއެހުމެއްގައި ރައީސް ޔާމީނާއި ގާނޫނީ ވަކީލުން އަދި އަޑު އެހުމަށް ވަދެ ތިއްބެވި ބޭފުޅުން.

ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީގެ މައްސަލައިގެ އަޑުއެހުމެއްގައި ރައީސް ޔާމީނާއި ގާނޫނީ ވަކީލުން އަދި އަޑު އެހުމަށް ވަދެ ތިއްބެވި ބޭފުޅުން.

"ކޮން ބައެއް މުއިއްޒު ދަންނަނީ؟ ކޮން ބައެއް މުއިއްޒު ދަންނަނީ؟ މާލޭން ބޭރަށް ދިޔަވެސް މީހެއްތޯ މުއިއްޒަކީ؟ އެހެންވީމާ މުއިއްޒުއަށް ދަންނަވާ، ސައީދަށް ދެންނެވޭނެ، ޓޮމްއަށް ދެންނެވޭނެ، މުއިއްޒު އެ ޖައްސަވަނީ އަމިއްލަ ފަޔަށް ބަޑި" ނުރުހުންވެ ހުންނަވައި ޔާމީނު ވިދާޅުވި އެވެ.

ރައީސް ޔާމީނުގެ ނުރުހުމުގެ މެސެޖެއް ޑރ. މުއިއްޒުއަށް ރައްދު ކުރެއްވިއިރު، އިންތިހާބު ބޮއިކޮޓު ކުރެއްވުމަށް ޔާމީނު ފޮނުއްވި މެސެޖުގެ އިތުރުން، އިތުރު މެސެޖެއް ލިބިވަޑައިނުގަންނަވާ ކަމަށް ވެސް އެތެރެފުށް ޕުރޮގުރާމުގައި މުއިއްޒު ވިދާޅުވެފައިވެ އެވެ. އެކަން އޮތީ އެހެން ކަމަށް ވާނަމަ، ކޯޓު ރޫމުގައި ހުންނަވައި ދެއްވި މެސެޖަކީ ރިޔާސީ ކެމްޕެއިނު ފެށުނު ފަހުން ޔާމީނުގެ ފަރާތުން މުއިއްޒުއަށް ލިބި ލެއްވި ފުރަތަމަ މެސެޖަށް ވާނެ އެވެ.

ރިޔާސީ އިންތިހާބަށް އެންމެ އަށް ދުވަަހަށް ވެފައިވާއިރު، މުއިއްޒުގެ ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ރައީސް ޔާމީނުގެ ފޮޓޯ އާއި ނަން ބޭނުން ކުރައްވައިގެންނެވެ. އެކަމާ ގުޅިގެން ވާދަވެރި ކެންޑިޑޭޓުންގެ ބަހުގެ ހަމަލާތައް ވެސް މުއިއްޒުއަށް އަމާޒުވެފައިވެ އެވެ.

މި އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން ވެސް ޕީޕީއެމް ޕީއެންސީ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދި ހަމަނުޖެހުން ވެސް ހިންގާފައިވެ އެވެ. ޔާމީނަށް ވަފާތެރި ސަޕޯޓަރުން އޭރު ވެސް ތުހުމަތު ކުރީ ޑރ. މުއިއްޒުއަކީ އަމިއްލަ އެޖެންޑާއެއްގެ ދަށުން ވެރިކަން ހޯއްދަވަން އުޅުއްވާ ބޭފުޅުއް ކަމަށެވެ.

ޔާމީން މިނިވަން ކުރާނެ ކަމަށް މުއިއްޒު ވިދާޅުވާއިރު، އެތެރެފުށް ޕްރޮގްރާމުގައި އޭނާ ވިދާޅުވީ ޕީއެންސީ ބޮޑުކުރާނެ ކަމަށާއި ވެރިކަން ލިބިވަޑައިގެންފި ނަމަ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނެގުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކުރިން ޔާމީނަށް ތާއިދު ކުރެއްވި ބައެއް މެމްބަރުން ވެސް މުއިއްޒަށް ތާއިދު ހޯއްދެވުމަށް އޭނާއާއެކު ދަނީ ކެމްޕޭނުގައި ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ލީޑަރުންނާއި، މަޖިލީހުގެ މެމްބަރުން ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox