ރައީސަށް އުފަން ރަށުން އާދަޔާހިލާފު ހޫނު މަރުހަބާއެއް, ދިނީ އެއްބުރުން ހޮވައިދޭނެ ކަމުގެ ޔަގީންކަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިންނަވަރުގައި : އަމިއްލަ ރަށުން ރައީސަށް ދެންނެވީ އާދަޔާހިލާފު ހޫނު މަރުހަބާއެއް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިންނަވަރުގައި : އަމިއްލަ ރަށުން ރައީސަށް ދެންނެވީ އާދަޔާހިލާފު ހޫނު މަރުހަބާއެއް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރިޔާސީ ކެމްޕޭނުގައި މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ އުފަން ރަށް، ޅ. ހިންނަވަރަށް ވަޑައިގަތުމުން އެރަށުގެ ގިނަ ބަޔަކު ނުކުމެ އާދަޔާހިލާފު ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ރައީސް ސޯލިހު ހިންނަވަރަށް ވަޑައިގެންނެވީ މިއަދު ހަވީރު 5:50 ހާއިރު އެވެ. އޭރު އެ ރަށުގެ ބަނދަރުން ފެށިގެން ރަށުގެ މެދުތެރޭގައި ހުންނަ އެމްޑީޕީ ހަރުގެއާ ހަމައަށް ރައްޔިތުން އޮތީ ސަފު ދަމާލާފަ އެވެ. އެއް އަޑަކުން ކިޔަމުން ދިޔައީ 'ކެންޑިޑޭޓު ނަމްބަރު ތިނެއް' މިހެންނެވެ.

ހިންނަވަރުން "އަދަދު" އަށް ވާހަކަދެއްކި ހުރިހާ ފަރާތްތަކުންވެސް ބުނީ ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބު، ރައީސް ސޯލިހަށް ކާމިޔާބު ކޮށްދޭނީ އެއް ބުރުން ކަމަށެވެ. އަދި އެ ރަށުން ރައީސަށް 'ރެކޯޑު' އަދަދެއްގެ އަގުލަބިއްޔަތެއް ހޯދައިދޭނެ ކަމަށްވެސް އެއްވެފައިތިބި ރައްޔިތުން ތަކުރާރުކޮށް ބުނަމުންދިޔަ އެވެ.

Advertisement

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ރައީސް ސޯލިހަށް އެންމެ ބޮޑު އަގުލަބިއްޔަތެއް ލިބުނު އެއް ރަށަކީ އެމަނިކުފާނުގެ އުފަން ރަށް ހިންނަވަރެވެ.

ރިޔާސީ އިންތިހާބުގައި ހިންނަވަރަށް ނިސްބަތްވާ 3,789 މީހުން ވޯޓު ލާނެ އެވެ. ހިންނަވަރަކީ ރައީސް މިއަދު ފާދިއްޕޮޅަށް ފެއްޓެވި ދަތުރުފުޅުގެ ފަހު މަންޒިލެވެ. އެ ރަށުގައި މިރޭ އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ބޮޑު ޖަލްސާއެއް ބާއްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox