އައިއޯއައިޖީ 2023: ކުޑަ ރިޒާ އާއި ފަޒީލް 800 މީޓަރު ދުވުމުގެ ފައިނަލަށް

އައިއޯއައިޖީ 2023: ކުޑަ ރިޒާ އާއި ފަޒީލް 800 މީޓަރު ދުވުމުގެ ފައިނަލަށް

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ފިރިހެނުންގެ 800 މީޓަރު ދުވުމުގެ ފައިނަލުން ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އާއި ހުސައިން ރިޒާ (ކުޑަރިޒާ) ޖާގަ ހޯދައިފި އެވެ.

އެތުލެޓިކްސްގެ ފިރިހެނުންގެ 800 މީޓަރު ދުވުމުގެ ފައިނަލުން ފަޒީލް ޖާގަ ހޯދީ އޭނާ ދުވި ހީޓުގެ ގަދަ ތިން ދުވުންތެރިންގެ ތެރޭގައި ހިމެނިގެންނެވެ. ކުޑަރިޒާ ފައިނަލަށް ދަތުރުކުރީ އޭނާ ދުވި ހީޓުން ހަތަރު ވަނަ ލިބުނު ނަމަވެސް ޓައިމިން އަށް ބަލައިގެން ފައިނަލުން ފުރުސަތު ލިބުނު ދެ ދުވުންތެރިންގެ ތެރޭގައި ހިމެނިގެންނެވެ.

މިއަދު ބޭއްވި 800 މީޓަރު ދުވުމުގައި ރާއްޖޭގެ ކުޑަރިޒާ ވާދަކުރަނީ.--- ފޮޓޯ: ސުއާދު އަބްދުލް ސައްތާރު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ހަތް ދުވުންތެރިން ވާދަކުރި ހީޓުގެ ހަތަރު ވަނަ އަށް ކުޑަރިޒާ ދިޔައީ ވާދަވެރި ރޭހަކަަށްފަހުގަ އެވެ. އޭނާ ރޭސް ނިންމީ އެއް މިނެޓު 55.14 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ހީޓުގެ އެއް ވަނަ އަށް ދިޔަ މަޑަގަސްކަރައިގެ ސޯޒަރާ ލަހީވްއާ ރިޒާއާ ދެމެދު އޮތީ ކުޑަކުޑަ ފަރަގެކެވެ. ސޯޒަރާ ރޭސް ނިންމީ އެއް މިނެޓު 54.66 ސިކުންތުންނެވެ.

ފަޒީލް ދުވީ ހީޓު ދޭއްގަ އެވެ. މި ހިޓުގައި ފަޒީލްއާ އެކު ފަސް ދުވުންތެރިން ވާދަކުރިއިރު، ތިން ވަނައިގައި ފަޒީލް ރޭސް ނިންމީ އެއް މިނެޓު 59.12 ސިކުންތުންނެވެ. މި ހީޓުން އެއް ވަނަ ހޯދި މަޑަގަސްކަރައިގެ ފްރެޑީ ރަޒާފިނަނާނާ ރޭސް ނިންމީ އެއް މިނެޓު 57.79 ސިކުންތުންނެވެ.

މިއަދުގެ 800 މީޓަރު ރޭހުގައި ފަޒީޅް ދުވަނީ.: ފަޒީލް ވަނީ އެ އިވެންޓްގެ ފައިނަލަށް ދަތުރުކޮށްފައި.---- ފޮޓޯ: ސުއާދު އަބްދުލް ސައްތާރު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މިއަދުގެ ރޭސް ނިންމުމަށް ފަހު ހުސައިން ރިޒާ ބުނީ އޭނާގެ އަމާޒަކީ ފައިނަލުގެ ގަދަ ތިނެއްގައި ހިމެނި މެޑަލްއެއް ކާމިޔާބުކުރުން ކަމަށާއި، ގައުމީ ރެކޯޑަކާ އެކު ފައިނަލް ނިންމާލަން މަސައްކަތް ކުރާނެ ކަމަށެވެ.

ފަޒީލް ބުނީ ފެންވަރުގެ ގޮތުން ބަލާއިރު މި ސަރަހައްދުގެ ދުވުންތެރިން ވަރުގަދަ ކަމަށާއި، ނަމަވެސް އެ އެތުލީޓުންނާ ދެކޮޅަށް ހޯދުނު ނަތިޖާއާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ކޮންމެ ރޭހަކަށް ނުކުންނައިރު ވެސް ވިސްނަނީ މެޑަލަށް ކަމަށް ފަޒީލް ވަނީ ބުނެފަ އެވެ.

ރިޒާ އާއި ފަޒީލް ވާދަކުރާ 800 މީޓަރު ދުވުމުގެ ފައިނަލް ހީޓު އޮންނާނީ މާދަމާ އެވެ.

އައިއޯއައިޖީގެ މިއަދުގެ މެންދުރު ފަހު ސެޝަންގައި 200 މީޓަރުގެ ހީޓުތަކާއި އަންހެނުންގެ 400 މީޓަރު ދުވުމުގެ ފައިނަލް އޮންނާނެ އެވެ. އަންހެނުންގެ 200 މީޓަރު ދުވުމުގައި ވާދަކުރަނީ އައިމިނަތު ލަޔާނާ މުހައްމަދު އާއި އައިޝަތު ޝަބާ ސަލީމް އެވެ. ފިރިހެނުންގެ 200 މީޓަރު ރޭހުގައި ވާދަކުރަނީ ހަސަން ސާއިދު، މުހައްމަދު މިންހާލް ޝާމިން އަދި އިބްރާހިމް ނާހިލް ނިޒާރު އެވެ. އަންހެނުންގެ 400 މީޓަރު ފައިނަލުގައި ދުވަނީ ލަޔާނާގެ އިތުރުން އައިޝަތު ހިމްނާ ހަސަން އަދި ޒިވާ މޫސާ ޝަފީއު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox