ޔާމީން ކުރެއްވީ ގާނޫނާ ހިލާފު، އަނިޔާވެރި ވެރިކަމެއް ނޫން: މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން. އެ މަނިކުފާނުގެ ވެރިކަމުގައި އިދިކޮޅު ހުރިހާ ލީޑަރު ތިބީ ޖަލުގައި. -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން. އެ މަނިކުފާނުގެ ވެރިކަމުގައި އިދިކޮޅު ހުރިހާ ލީޑަރު ތިބީ ޖަލުގައި. -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަކީ އަނިޔާވެރި ވެރިކަމެއް ނޫން ކަމަށާއި އިދިކޮޅު ސިޔާސީ ލީޑަރުން އޭރު ހައްޔަރު ކުރީ ކުށެއް ނެތި، ގާނޫނާ ހިލާފަށް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީގެ މޭޔަރު ކަމުގެ މަގާމުގައި ވެސް ހުންނެވި މުއިއްޒު އެހެން ވިދާޅުވީ "އަދަދު" ނޫހުން ގެނެސްދޭ "އެތެރެފުށް" ޕްރޮގުރާމުގައި، ރައީސް ޔާމީނަކީ އަނިޔާވެރި، ގާނޫނާ ހިލާފު އަމަލުތަކެއް ހިންގެވި ބޭފުޅެއްތޯ ސުވާލު ކުރުމުންނެވެ.

"ގަބޫލެއް ނުކުރަން އެނގޭތޯ. އެ މަނިކުފާނު ކުރީ ގާނޫނީ ވެރިކަމެއް. ގާނޫނު އަސާސީއާ ގާނޫނުތަކުން ބޭރުން އެއް ކަމެއް ވެސް ނުކުރައްވާ އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.

Advertisement

ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ވިދާޅުވީ އެ ވެރިކަމުގައި އެއްވެސް ބޭފުޅަކަށް ސިޔާސީ ގޮތުން، ސިޔާސީ މީހަކަށް ވީތީއޭ ކިޔާފައި ގެންގޮސް ހައްޔަރުކޮށްފައި ނުވާ ކަމަށާއި މުޅީން ވެސް އަދަބު ދީފައި ހުރީ، އޮންނަ އިޖުރާތުގެ ތެރެއިން އެކަން ކުރަން އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

"ކުށްކޮށްގެން އޮންނަ ޕްރޮސީޖާގެ ތެރެއިން ކަމާބެހޭ ފަރާތްތަކުން، [އޮންނަ] އުސޫލުގެ ތެރެއިން ނޫނީ ނެތް އެއްވެސް ފަރާތަކަށް ފިޔަވަޅެއް އަޅާފައެއް. އެ ފިޔަވަޅު އެޅިގެން ދިޔަ ފަރާތްތަކާއި އެފަރާތްތަކާ ގުޅިފައި ހުރި ފަރާތްތަކުން އެ ވާހަކަ ދައްކާ. ދެއްކިޔަސް ހަމަ ބެއްލެވީމާ ފެނިވަޑައިގަންނަވާނީ ހަމަ އިޖުރާއަތްތަކުގެ ތެރެއިން ގާނޫނީ ހަމަތަކުގެ މަތިން ގާނޫނީ ވެރިކަމެއް ކުރެއްވީ،" ރައީސް ޔާމީން ދިފާއު ކުރައްވައި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އެހެން ވިދާޅުވި ނަމަވެސް ޔާމީނުގެ ވެރިކަމުގައި ވަނީ އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު، ރައީސް މައުމޫންއާއި ބޮޑުބޭބެ ވިދާޅުވާ، ފާރިސް މައުމޫން ވެސް ހިމެނިވަޑައިގަންނަވާހެން އޭރުގެ ސިޔާސީ ހުރިހާ ލީޑަރުން ޖަލަށް ލައްވައި އެ ބޭފުޅުންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވެ އެވެ. އޭރުގެ ސަރުކާރުން ހިންގަމުން ގެންދިޔަ އެ އަމަލުތައް ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުން ދިޔަ ހުރިހާ ޕާޓީއަކުންނާއި ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ކުށްވެރި ކުރި އެވެ

ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫނު ޖަލުގައި ހައްޔަރުކޮށްފައި ހުރި ދުވަސްވަރު ބޭސްފަރުވާ އަށް އައިޖީއެމްއެޗްއަށް ގެންނެވި ދުވަހެއްގައި، އަނބިކަނބަލުން ނަސްރީނާ އިބްރާހިމްއާ ސަލާމްކުރައްވަނީ.
ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫނު ޖަލުގައި ހައްޔަރުކޮށްފައި ހުރި ދުވަސްވަރު ބޭސްފަރުވާ އަށް އައިޖީއެމްއެޗްއަށް ގެންނެވި ދުވަހެއްގައި، އަނބިކަނބަލުން ނަސްރީނާ އިބްރާހިމްއާ ސަލާމްކުރައްވަނީ.

ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫނު ޖަލުގައި ހައްޔަރުކޮށްފައި ހުރި ދުވަސްވަރު ބޭސްފަރުވާ އަށް އައިޖީއެމްއެޗްއަށް ގެންނެވި ދުވަހެއްގައި، އަނބިކަނބަލުން ނަސްރީނާ އިބްރާހިމްއާ ސަލާމްކުރައްވަނީ.

އޭރު ހައްޔަރު ކޮށްފައި ތިބި ސިޔާސީ ހުރިހާ ލީޑަރުން މިނިވަން ކުރުމަށް 2018 ވަނަ އަހަރުގެ ފެބްރުއަރީ، 1، ގައި ސުޕްރީމް ކޯޓުން އަމުރު ނެރުމުން ވެސް އެ އަމުރަށް ކިޔަމަންވެވަޑައިނުގެން ރައީސް ޔާމީންގެ ސަރުކާރުން ވަނީ ރާއްޖޭގެ އެންމެ މަތީ ކޯޓުގައި ތަޅު އަޅުވައި އެ އަމުރު ނެރުނު ފަނޑިޔާރުން ހައްޔަރު ކޮށްފަ އެވެ.

އޭގެ އިތުރުން ރާއްޖޭގެ ފަހުގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތް ވެސް ހިންގާފައި ވަނީ ރައީސް ޔާމީނުގެ ދައުރުގަ އެވެ. އެ ހިޔާނާތުގެ ތެރެއިން ރާއްޖޭގެ ފަޅުފަޅާއި ބައެއް ރަށްތައް ނުއަގުގައި ވިއްކުމާއި އެ ވިޔާފާރީގެ ތެރެއިން ރިޝްވަތުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގައިފާވާކަން އޭރުގެ ސަރުކާރު ހިންގެވުމާ ހަވާލުވެ ތިއްބެވި ބޭފުޅުންނަށް ތުހުމަތު ކުރެވުނެވެ.

ރައީސް ޔާމީންއަށް މިހާރު އިއްވާފައިވާ ޖަލު ހުކުމަކީ ވެސް އެމްއެމްޕީއާރުސީގެ ތެރެއިން ވ. އާރަށް ވިއްކާލުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނެންގެވައި މަނީ ލޯންޑާކުރި ކަމުގެ ކުށް ސާބިތުވެ އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމެކެވެ. އޭގެއިތުރުން ވެސް އެމްއެމްޕީއާރުސީގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ވެސް ރައީސް ޔާމީން ރިޝްވަތު ނެންގެވި ކަމަށް ބުނެ ދައުލަތުން ވަނީ އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލައިފަ އެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި 12 މެންބަރަކު އޭރުގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހުގެ އިތުރުބާރު ނެތްކަމަށް ސޮއި ކުރެއްވުމުން ޑރ. މުއިއްޒު ވެސް ހިމެނިވަޑައިގެންނެވި ސަރުކާރުގެ ބަންޑާރަ ނައިބު ވަނީ ސުޕްރީމް ކޯޓަށް ވަޑައިގެން، އެ މެންބަރުންގެ ގޮނޑި ގެއްލުވައިލައިފަ އެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި މި ނޫނަސް އެތައް ކަންތައްތަކެއް ގާނޫނާ ގަވާއިދާ ހިލާފަށް ހިންގަމުންދިޔަކަން އޭރުގެ ސަރުކާރު ހިންގެވުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުން ވެސް ވަނީ ފަހުން އިއުތިރާފުވެވަޑައިގެންފަ އެވެ. އޭގެތެރޭަގައި ގިނަ އަދަދެއްގެ ސިޔާސީ ހަރަކާތްތެރިން ހައްޔަރު ކުރުމާއި، ހިޔާލުފާޅުމުގެ މިނިވަންކަން ހިފެހެއްޓުމާއި، އަބުރުގެ ގާނޫނު ފާސްކޮށް މީޑިއާތައް ހުއްޓުވަން ބޮޑެތި ޖޫރިމަނާތައް ކޮށްފައިވެ އެވެ.

ނަމަވެސް އެ ކަންކަމާ ގުޅުވައި އޭރުގެ މާޒީ ކުރު ގޮތަކަށް ހަނދާން ކޮށްދެއްވުމުން ވެސް ޑރ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީނު ކުރެއްވި ކަމަކީ ގާނޫނުތައް ނަގަހައްޓާ ދެމެހެއްޓެވުން ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ ގާނޫނަކާ ހިލާފުނުވެ ނޫނިއްޔާމު ކުށެއް ނުކޮށް މީހަކު ހައްޔަރު ކުރި ކަމަކަށް. ނެތް ފެންނާކަށް،" ރައީސް ޔާމީނުގެ ވެރިކަމުގެ އެންމެ ފަހު ވަގުތާ ހަމައަށް ވެސް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޔާމީން ގާނޫނާ ހިލާފު ކަމެއް ކުރެއްވި ކަމަށް ގަބޫލު ނުކުރައްވާއިރު، މިއިއްޒު ވިދާޅުވަނީ އެ މަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ހިންގަވާނީ އަދުލުވެރި ވެރިކަމެއް ކަމަށެވެ. ނަމަވެސް ވެރިކަން ކުރެއްވުމުގައި ގެންގުޅުއްވާނީ ޔާމީންގެ ސިޔާސަތު ކަމަށާއި، އެ މަނިކުފާނުގެ ލަފައާއި އިރުޝާދު ހޯއްދަވާނެ ކަމަށް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox