ރައީސް ސޯލިހު ހޮވަންޖެހޭ ސަބަބު އިޔާދު ކިޔައި ދެއްވީ ކޮވިޑުން އަރައިގަތް ގޮތުގެ މިސާލުން!

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މުހައްމަދު އިޔާދު ގަމު ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މުހައްމަދު އިޔާދު ގަމު ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ

ކޮވިޑުގެ ބަލިމަޑުކަމުން ކުރިމަތިވި ދަތި ހާލަތުން އަރައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ލީޑަޝިޕަކީ ދެ ވަނަ ދައުރަކަށް އެ މަނިކުފާނު ހޮވަންޖެހޭ ސަބަބެއް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މުހައްމަދު އިޔާދު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހުގެ ކެމްޕޭނުގައި ރޭ ލ. ގަމުގައި ބޭއްވި ޖަލްސާގައި، އަދާލަތު ޕާޓީގެ ނައިބު ރައީސްގެ ގޮތުގައި ވެސް ހުންނެވި އިޔާދު ވިދާޅުވީ ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތަޖުރިބާ އަޅައި ކިޔާލަންޖެހޭ ކަމަށާއި ރައީސް ސޯލިހާ ކައިރިކޮށްލެވޭ ވަރުގެ ކެންޑިޑޭޓެއް ވެސް ނެތް ކަމަށެވެ.

ޕީޕީއެމްގެ ސަރުކާރާއި މި ސަރުކާރުން ކަންކަން ހާސިލު ކުރެވުނު މިންވަރުގެ ބައެއް މިސާލު އޭނާ ދެއްވި އެވެ. މަގު ހެދުމުގެ މަޝްރޫއުތަކާއި، ބިން ހިއްކުމުގެ މަޝްރޫއުތައް މި ސަރުކާރުން ހިންގި މިންވަރު ދެ ގުނަ ކަމަށާއި، އެސްއެމްއީ ލޯނު ދޫކުރި މިންވަރު ހަތް ގުނަ އަދި ކްލާސްރޫމްތައް އެޅި މިންވަރު 10 ގުނަ އިތުރު ކަމަށް އިޔާދު ވިދާޅުވި އެވެ.

"ތަރައްގީގެ މަޝްރޫއު ހިންގުމުގައި ރައީސް ސޯލިހު އުޅުއްވަނީ ކުރީގައި. ދިވެހިން ބޭނުންވަނީ ކަންކަން ކުރަން އެނގޭ، ކަންކަން ކުރަން ކެރޭ، ނަތީޖާ ނެރުއްވާ ލީޑަރެއް. އެ ބޭފުޅަކީ ރައީސް އިބޫ،" އިޔާދު ވިދާޅުވި އެވެ.

"މިއަދު ދިވެހިން ބޭނުން ވަނީ އަތޮޅުތަކުގެ ރަށްތައް ބާކީ ނުކޮށް މުޅި ރާއްޖެ ތަރައްގީ ކުރައްވާނެ ކެންޑިޑޭޓެއް. އެ ކެންޑިޑޭޓަކީ ރައީސް އިބޫ."

ޒިޔާރަތްކުރާ ކޮންމެ ރަށަކުން އިވެމުން ދަނީ ޕީޕީއެމްގެ ސަރުކާރުގައި އެ ރަށް ބާކީކޮށްފައި އޮތް ވާހަކަ ކަމަށާއި ނަމަވެސް މިހާރު، 40 އަހަރު ނާންނަ މިންވަރުގެ ތަރައްގީގެ މަޝްރޫއު އެ ރަށްރަށުގައި ހިންގަމުން އަންނަ ވާހަކަ ދައްކާ ކަމަށް އިޔާދު ފާހަގަ ކުރެއްވެވި އެވެ.

މިފަދަ މިސާލުތަކަށް ފަހު ވިދާޅުވީ ރައީސް ސޯލިހުގެ ލީޑަޝިޕް ކޮވިޑުގެ އާލަމީ ވަބާގެ ތެރޭގައި ފުރިހަމަ އަށް ފެނިދިޔަ ދިޔަ ކަމަށެވެ. އެ ބަލިމަޑުކަމުން ރާއްޖެ އަރައިގަތީ ހަރުދަނާ ނިންމުންތަކުގެ ސަބަބުން ކަމަށާއި އެ ނިންމުންތައް ނިންމީ އިދިކޮޅު ފަރާތްތަކުން ޖެއްސުމާއި އަޅަމުންދިޔަ ހުރަސްތަކުގެ ތެރޭގައިކަން ވެސް އިޔާދު ފާހަގަ ކުރެއްވި އެވެ.

އިދިކޮޅު ފަރާތްތަކުން ފުރަތަމަ ބޭނުންވީ ބޯޑަރު ބަންދު ނުކުރުމަށް ކަމަށާއި އެގޮތަށް އަމަލުކުރި ނަމަ އެތައް ހާސް ބަޔަކު މަރުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ. އެ ދުވަސްވަރު އިދިކޮޅު ފަރާތްތަކުން ބޭނުންވި ގޮތަށް ތަރައްގީގެ މަޝްރޫއުތައް ހުއްޓައިލި ނަމަ އިގުތިސޯދު ވެސް ފުނޑުފުނޑުވެގެން ދިޔައީސް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މަންޒަރު އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތަކުން ފެނިގެން ދިޔައީ. މިއަދު ވެސް އެ ގައުމުތަކުން އެ އުޅެނީ އެ ފުން ވަޅުގަނޑުން އަރައި ނުގަނެވިގެން،" އިޔާދު ވިދާޅުވި އެވެ.

"އެ ދުވަހު އިދިކޮޅު ފަރާތްތަކުން ބުނި ގޮތަށް ކަންކުރި ނަމަ ރާއްޖޭގެ އިގުތިސޯދު ވެސް އޮތީހީ އެ ހާލަތުގައި. އެ ހާލަތަށް ނުގޮސް ރާއްޖޭގެ އިގުތިސޯދު، މުޅި ދުނިޔޭގައި އެންމެ އަވަހަށް ރިކަވާވި އިގުތިސޯދުގެ ގޮތުގައި ވެގެން ދިޔައީ ރައީސް އިބޫ ނިންމެވި ހިތްވަރުގަދަ ނިންމެވުންތަކުގެ ސަބަބުން."

ކޮވިޑުތެރޭގައި ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލައި، ވަޒީފާ ގެއްލުނު ފަރާތްތަކަށް އެލަވަންސް ދީ، ވިޔަފާރިތަކަށް ލުއި ލޯނު ވެސް ދޫކޮށް، އަދި ކަރަންޓު ބިލުން ޑިސްކައުންޓު ވެސް ދިންކަން އިޔާދު ހަނދާން ކޮށް ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox