ލާމަށް ދިގު ރަސްތާގެ ޕްލޭނަކާއެކު ގިނަ ވައުދުތަކެއް

ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން ނާޝިމް/ އަދަދު

ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން ނާޝިމް/ އަދަދު

ދެހާސް އަށާރަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ލ. އަތޮޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވީ 55 ޕަސަންޓުގެ އަގުލަބިއްޔަތަކުންނެވެ. އެމަނިކުފާނުގެ ދެ ވަނަ ދައުރެއްގައި، އެގާރަ ރަށް އޮންނަ މި އަތޮޅަށް ބޮޑެތި ވައުދުތަކެއް ވަނީ ވެވަޑައިގެންފަ އެވެ.

ލ. އިސްދޫ

އާބާދީ: 1458 - ދިރިއުޅޭ އާބާދީ: 862

ވައުދު:

  • ހައުސިން ޕްރޮޖެކްޓެއް ހިންގުން
  • ޓޫރިޒަމް ތަރައްގީ ކުރަން ސިޓީ ހޮޓަލެއް އަޅަން ހުޅުވާލުން
  • މަގުތަކުގައި ތާރުއެޅުން
  • އާޓިފިޝަލް ބީޗެއް ހަދައި ދިނުން
  • ވޮލީ ކޯޓެއް އެޅުން
  • އިންޑޯ ބެޑްމިންޓަން ކޯޓެއް
  • ހޮސްޕިޓަލް ފެންވަރަށް ސިއްހީ މަރުކަޒު ތަރައްގީ ކުރުން
  • ލ އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުން
  • މި ސަރަހައްދުގައި ރިސޯޓެއް އެޅުން
  • މި އަހަރު ނިމުމުގެ ކުރިން އާރްޓީއެލުން މި ސަރަހައްދު ގުޅާލުން
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު

ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު

އިސްދުއަށް މި ދައުރުގައި 93 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވި ކަންތައްތަކުގެ ތެރެއިން ފެނުގެ ނިޒާމު ގާއިމު ކުރުމާއި, ބަނދަރު އަޕްގްރޭޑް ކުރުމާއި, ފުޓްސަލް ދަނޑު ތަރައްގީ ކުރުމާއި, ފުޓްބޯޅަ ދަނޑުގެ ނުނިމިހުރި މަސައްކަތް ނިންމުގެ އިތުރުން އައުޓްޑޯ ޖިމް ގާއިމް ކުރުން އަދި ކައުންސިލް އޮފީހުގެ އާ އިމާރާތް ކުރުން މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ.

2018 ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 67 ޕަސަންޓު ވޯޓެވެ.

ލ. ކަލައިދޫ

އާބާދީ: 1060 - ދިރިއުޅޭ އާބާދީ: 584

ކަލައިދުއަށް ވާ ވައުދުތައް:

  • ހައުސިން ޕްރޮޖެކްޓެއް ހިންގުން
  • މޫދަށް އެރޭ ސަރަހައްދެއް ތަރައްގީ ކުރުން
  • ފުޓްސަލް ދަނޑު ތަރައްގީ ކުރުން
  • ލ އަތޮޅުގެ އިތުރު އެއާޕޯޓެއް އެޅުން
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު

ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު

ކަލައިދުއަށް މި ދައުރުގައި 59 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވި ކަންތައްތަކުގެ ތެރެއިން ފެނުގެ ނިޒާމު ގާއިމު ކުރުމާއި, މިސްކިތް އިމާރާތް ކުރުމުގެ އިތުރުން އިންޑޯ ބެޑްމިންޓަން ހޯލް ނިންމުން އަދި ޒުވާނުންގެ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 56 ޕަސަންޓު ވޯޓެވެ.

ލ. ދަނބިދޫ

އާބާދީ: 1076 - ދިރިއުޅޭ އާބާދީ: 565

ވައުދުތައް:

  • މަގުތަކުގައި ތާރު އެޅުން
  • ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައި, ތަރައްގީ ކުރުން
  • ނެރު ފުން ކުރުން
  • ހެލްތް ސެންޓަރުގެ ވަސީލަތްތައް ފުޅާ ކުރުން
  • އިތުރު ރަށެއް ޓޫރިޒަމަށް ހުޅުވާލުން
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު

ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު

ދަނބިދުއަށް މި ދައުރުގައި 43 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވި ކަންތައްތަކުގެ ތެރެއިން ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ.

2018 ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 50 ޕަސަންޓު ވޯޓެވެ.

ލ. ގަން

އާބާދީ: 5348 - ދިރިއުޅޭ އާބާދީ: 3826

ގަމުން ރައީސަށް މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ތިބިއިރު, ގަމުގައި ބޭއްވި ޖަލްސާއަކީ ވެސް އެހާމެ ފޯރިގަދަކޮށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ޖަލްސާގައި ވާހަކަދައްކަވަމުން ވާދަވެރިންނަށް ފާޑު ވިދާޅުވުމުގެ އިތުރަށް އެމަނިކުފާނު ވަނީ ގަމަށް ގެންގުޅުއްވާ ތަސައްވަރު ހާމަ ކުރައްވާފަ އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި ގަން މިއީ އާބަން ސެންޓަރެއްގެ ގޮތުގައި ޑިވެލޮޕްކުރުން. އެގޮތުން ބޭނުންވާ ވަސީލަތްތައް މިތަނުގައި ޑިވެލޮޕްކުރުން. އަަޅުގަނޑުމެންގެ އަމާޒަކީ މިތަން 10 އަހަރު ތެރޭގައި، ކުރިއަށް މި އޮތް 10 އަހަރު ތެރޭގައި 25،000 މީހުންގެ އާބާދީއަކަށް ބަދަލުކުރުން،" ރައީސް ވިދާޅުވި އެވެ.

ވައުދުތައް:

  • 25,000 މީހުންގެ އާބާދީއަކާއެކު އާބަން ސެންޓަރަކަށް ހެދުން
  • އަންނަ އަހަރު 1000 ހައުސިން ޔުނިޓު އެޅުން - މުޅި އަމާޒު 5000 ހައުސިން ޔުނިޓަށް
  • ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުން
  • ސްޕޯޓްސް އެރީނާތަކެއް ހެދުން (ސްޕޯޓްސް ޓޫރިޒަމަށް ބޭނުންވާ)
  • ޓާފް ދަނޑެއް އެޅުން
  • އިތުރު ވޮލީ ކޯޓެއް އެޅުން
  • ކުރިން ގޯތި ދޫކޮށްފައިވާ ތަނުގައި ފެނާއި ނަރުދަމާއަށް ހުޅުވާލުން
  • ބަރެސްދޫގައި ޓޫރިޒަމްގެ މަސައްކަތް ފެށުން
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު

ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު

ގަމަށް މި ދައުރުގައި 190 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވި ކަންތައްތަކުގެ ތެރެއިން އިހައްދޫ ސްކޫލުގެ ހަ ކްލާސްރޫމު އެޅުމާއި, މުކުރިމަގު ސްކޫލުގެ އާ އޮފީސް އިމާރަތް އެޅުމާއި, މަރިމަރަދޫ މިސްކިތް އިމާރަތް ކުރުމާއި, ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ އިތުރުން, ސިއްހީ ދާއިރާގެ ބައެއް ކަންކަން މިހާރު ވަނީ ކޮށް ނިމިފަ އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 61 ޕަސަންޓު ވޯޓެވެ.

ލ. މުންޑޫ

އާބާދީ: 291 - ދިރިއުޅޭ އާބާދީ: 140

ވައުދުތައް:

  • ބަނދަރު ފުންކޮށް ތަރައްގީ ކުރުން
  • ފުޓްބޯޅަ ދަނޑެއް އެޅުން
  • ވޮލީ ކޯޓެއް އެޅުން
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު

ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު

މުންޑުއަށް މި ދައުރުގައި 14 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވި ކަންތައްތަކުގެ ތެރެއިން މިސްކިތުގެ ވަށާފާރު ރޭނުމާއި, އައުޓްޑޯ ޖިމް ގާއިމު ކުރުމުގެ އިތުރުން ކުޑަކުދިންގެ ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 61 ޕަސަންޓު ވޯޓެވެ.

ލ. މާބައިދޫ

އާބާދީ: 1148 - ދިރިއުޅޭ އާބާދީ: 496

ވައުދުތައް:

  • ހެލްތް ސެންޓަރު 24 ގަޑިއިރަށް ބަދަލުކޮށް, ހިދުމަތްތައް ފުރިހަމަ ކުރުން
  • ތާރު އަޅައި މަގުތައް ޒަމާނީ ފެންވަރަށް ހެދުން
  • މަލްޓި ޕާޕަސް ހޯލަކާއެކު ސްކޫލަށް ބޭނުންވާ ވަސީލަތްތައް ހޯދައި ދިނުން
  • މޯދަށް އެރޭ ސަރަހައްދެއް ހެދުން
  • އިންޑޯ ޖިމަކާއެކު ޔޫތް ސެންޓަރެއް ގާއިމް ކުރުން
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު

ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު

މާބައިދުއަށް މި ދައުރުގައި 58 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވި ކަންތައްތަކުގެ ތެރެއިން ނެރު ހެދުމާއި, އައުޓްޑޯ ޖިމް ގާއިމު ކުރުމުގެ އިތުރުން އިޖުތިމާއީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 47 ޕަސަންޓު ވޯޓެވެ.

ލ. މާވަށް

އާބާދީ: 2144 - ދިރިއުޅޭ އާބާދީ 1298

ވައުދުތައް:

  • ފުޓްސަލް ދަނޑުގައި ޓާފް އެޅުން
  • އާ ވޮލީ ކޯޓެއް އެޅުން
  • ރޯ ހައުސް އަޅައިދިނުން
  • ސިއްހީ މަރުކަޒު އަޕްގްރޭޑު ކުރުން
  • އިތުރު ބިން ހިއްކުން
  • ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުން
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު

ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު

މާވަށަށް މި ދައުރުގައި 86 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވި ކަންތައްތަކުގެ ތެރެއިން ފެނުގެ ނިޒާމު ގާއިމު ކުރުމާއި, ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމުމާއި, ބަނދަރު ބޭރު ތޮށި ޖެހުމުގެ އިތުރުން އައުޓްޑޯ ޖިމް ގާއިމް ކުރުން އަދި ސްކޫލުގައި ފަސް ކްލާސް ރޫމާއި މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ.

2018 ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 47 ޕަސަންޓު ވޯޓެވެ.

ލ. ކުނަހަނދޫ

އާބާދީ: 565

ކުނަހަންދުއަށް ވަޑައިގެން ރައީސް ވަނީ ލ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް ތަރައްގީކުރަން ވައުދުވެ ވަޑައިގެންފަ އެވެ. ލ. ހިތަދޫ، މީދޫ އަދި ކުނަހަންދޫ ވެސް އޮންނަނީ އެއް ފަޅެއްގަ އެވެ. އެއީ އެ އަތޮޅުގެ އެންމެ ދެކުނުން އޮންނަ ތިން ރަށެވެ.

"މިދާއިރާގެ ހުރިހާ ރަށަކުންވެސް އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ ވައިގެ މަގުން މިހިސާބަށް ދަތުރުކުރެވޭނެ ފަސޭހަ ލުއިގޮތެއް ހަދައި ދިނުން. އިރާދަކުރެއްވިއްޔާ މި ފަޅުތެރޭގައި އެއާޕޯޓެއް ކުރިއަށް އޮތް ދައުރުގެ ތެރޭގައި އަޅުގަނޑުމެން އަޅައިދޭނަން،" ރައީސް ވިދާޅުވި އެވެ.

ވައުދުތައް:

  • ލެބޯޓްރީއަކާއެކު ސިއްހީ މަރުކަޒު ބޮޑުކުރުން
  • ބަނދަރު ތަރައްގީ ކުރުން
  • ޓާފް އަޅައި, ފުޓްބޯޅަ ދަނޑެއް ތަރައްގީ ކުރުން
  • ވޮލީ ކޯޓެއް ތަރައްގީ ކުރުން
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު

ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު

ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 52 ޕަސަންޓު ވޯޓެވެ.

ލ. ހިތަދޫ

އާބާދީ: 1293 - ދިރިއުޅޭ އާބާދީ: 1049

ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ލ. އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ތައާރަފްކުރުން ކަމަށެވެ. އަދި ހިތަދޫ އާއި ކުނަހަންދޫ ގުޅާލަން އަޅާ ކޯޒްވޭގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވަމުން އަންނަ ކަމަށާއި އެ މަސައްކަތް ވެސް އަންނަ ދައުރުގައި ނިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ވައުދުތައް:

  • ތާރު އަޅައި ބޮޑެތި މަގުތައް ހެދުން
  • ޓާފް އަޅައި ފުޓްބޯޅަ ދަނޑު ތަރައްގީ ކރުުން
  • ޒަމާނީ ވޮލީ ކޯޓެއް ތަރައްގީ ކުރުން
  • ސިއްހީ މަރުކަޒު ތަރައްގީ ކުރުން
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު

ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު

ހިތަދުއަށް މި ދައުރުގައި 34 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވި ކަންތައްތަކުގެ ތެރެއިން އައުޓް ޑޯ ޖިމް ގާއިމް ކުރުމާއި, ފުޓްސަލް ދަނޑު ގާއިމުކުރުމާއި ސިއްހީ މަރުކަޒުުގައި ޕޯޓިކޯ އާއި އެމްބިއުލާންސް ވޭ ޕޭވްކުރުން މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 53 ޕަސަންޓު ވޯޓެވެ.

ލ. މާމެންދޫ

އާބާދީ: 768

ވައުދުތައް:

  • ބިން ހިއްކުން
  • ހައުސިން މަޝްރޫއެއް ހިންގުން
  • މޫދަށް އެރޭ ސަރަހައްދެއް ތަރައްގީ ކުރުން
  • އިންޑޯ ބެޑްމިންޓަން ކޯޓެއް އެޅުން
  • އިޖްތިމާއީ މަރުކަޒެއް ތަރައްގީ ކުރުން
  • ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީ ކުރުން
  • ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް އަޕްގްރޭޑު ކުރުން
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު

ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު

ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 54 ޕަސަންޓު ވޯޓެވެ.

ލ. ފޮނަދޫ

އާބާދީ: 3043 - ދިިރިއުޅޭ އާބާދީ: 2715

ފޮނަދުއަށް މި ދައުރުގައި 106 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވި ކަންތައްތަކުގެ ތެރެއިން މިސްކިތް އިމާރާތް ކުރުމާިއ 50 ހައުސިން ޔުނިޓަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި ފުޓްސަލް ދަނޑުގައި ލައިޓް ހަރުކޮށް އަޕްގްރޭޑު ކުރުމުގެ އިތުރުން ވޮލީ ކޯޓާއި ކުޑަކުދިންގެ ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް ވަނީ އެއްކޮށް ނިމިފަ އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 47 ޕަސަންޓު ވޯޓެވެ.

ލ. އަތޮޅު ދަތުރުގެ ފަހު މަންޒަިލެއްގެ ގޮތުގައި ފޮނަދުއަށް ވަޑައިގެން ރައީސް ސޯލިހު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ކުދި ޕާޓީތަކުގެ ތާއީދު ހޯއްދަވަން ކުރައްވާ މަޝްވަރާތައް އަދިވެސް ކުރިއަށް އެބަދާ ކަމަށެވެ.

"[ޕީޕީއެމް/ޕީއެންސީ ފިޔަވައި] ދެން ހުރި ޕާޓީތަކުގެ އެކި ލެވެލްގައި އަަޅުގަނޑުމެންނަށް ވާހަކަ އެބަ ދެކެވޭ. އަޅުގަނޑު ހިތުން މިހާރު އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް ގަބޫލުފުޅުކުރެއްވޭނެ އެބޭފުޅުންނަށް ފުރަތަމަ ބުރުގައި އުއްމީދެއް ނެތްކަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ އެމްޑީޕީ ދެބައިވެ އުފެދުނު ދަ ޑިމޮކްރެޓްސް ޕާޓީގައި ތިބި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު އަނބުރާ އެމްޑީޕީއަށް ގެންނަން ރިޝްވަތު ދިން ކަމަށް ކުރާ ތުހުމަތު ދޮގު ކުރައްވާފަ އެވެ.

"އަޅުގަނޑު ހަމަގައިމު އެއްވެސް މެމްބަރަކަށް އެއްވެސް ކަހަލަ ފައިސާގެ މުއާމަލާތެއް އަދި ރިޝްވަތޭ ތިވިދާޅުވާ ފުޅާ މާނައިގައި ހިމެނޭ ކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ." އެމަނިކުފާނު ވިދާޅުވި އެވެ.

ލ. އަތޮޅުގެ ދަތުރު ރައީސް ނިންމަވާލެއްވީ އެ އަތޮޅުން ވެސް ބޮޑު އަގުލަބިއްޔަތަކުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަމާއެކު އެވެ. ދެން ރައީސް ވަޑައިގަންނަވާނީ ގދ. އަތޮޅުގައި ވަޑައިނުގަންނަވާ ހަމައެކަނި ރަށް ކަމަށްވާ އެ އަތޮޅު ތިނަދުއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox