އެމްބާޕޭގެ ދެ ލަނޑާއެކު ޕީއެސްޖީ އަށް ފުރަތަމަ މޮޅު

Aug 27, 2023, 5:26 AM
އެމްބާޕޭގެ ދެ ލަނޑާއެކު ޕީއެސްޖީ އަށް ފުރަތަމަ މޮޅު

ޕެރިސް (އޮގަސްޓް 27) - ކީލިއަން އެމްބާޕޭގެ ދެ ލަނޑާ އެކު ފްރާންސް ލީގުގައި ރޭ ލޯންސް އަތުން 3-1 އިން ޕީއެސްޖީ މޮޅުވެެއްޖެ އެވެ.

މިއީ މި ސީޒަންގެ ފްރާންސް ލީގުގައި ޕީއެސްޖީ މޮޅުވި ފުރަތަމަ މެޗެވެ. މިއީ ޕީއެސްޖީއާ މި ފަހަރު ހަވާލުވި ކޯޗު ލުއިސް އެންރީކޭ އަށް އޮތް ޕްރެޝަރަށް ލިބިގެންދާނެ ފަސޭހަ އެކެވެ.

ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން އެއްވަރުވި ޕީއެސްޖީ މި މެޗުން ހޯދި މޮޅާ އެކު، ތާވަލްގެ ހަތަރު ވަނަ އަށް ވަނީ ޖެހިލައިފަ އެވެ. ޕީއެސްޖީ އޮތީ ތާވަލްގެ އެއް ވަނައިގައި އޮތް މޮނާކޯ އާއި ދެ ވަނައިގައި އޮތް މާސޭ އަށް ވުރެ ދެ ޕޮއިންޓް ފަހަތުގަ އެވެ.

Advertisement

ޕީއެސްޖީގައި ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް އެ ޓީމަށް ލީޑު ހޯދައިދިނީ މާކޮސް އަސެންސިއޯ އެވެ. އަދި ދެ ވަނަ ހާފުގައި އެމްބާޕޭ ވަނީ އިތުރު ދެ ލަނޑުޖަހައި، މި ސީޒަންގެ ފްރާންސް ލީގުގައި ޕީއެސްޖީ އަށް ފުރަތަމަ މޮޅު ކަށަވަރުކޮށްދީފަ އެވެ.

މިއީ ކޮންޓުރެކްޓް އާކުރުމާ ގުޅޭގޮތުން އުފެދުނު ދެބަސްވުމަށް ފަހު، ޕީއެސްޖީ އަމިއްލަ ދަނޑުގައި ކުޅުނު މެޗެއްގެ ފުރަތަމަ 11 އިން އެމްބާޕޭ އަށް ޖާގަ ދިން ފުރަތަމަ ފަހަރެވެ. އެ މައްސަލައާ ގުޅިގެން، ސީޒަން ފެށެން ގާތްވެފައިވަނިކޮށް އެމްބާޕޭ ސްކޮޑުން ވެސް ބާކީކުރިއެވެ.

މެޗު ނިމެނިކޮށް، ލޯންސް އިން ސުން ކަނޑުވާލީ މޯގަން ގުއިލަވޯގުއީ ޖެހި ލަނޑުންނެވެ.

"އަހަރެން ބޭނުންވަނީ މި ގޮތަށް މެޗުތައް ކުރިއަށްދާން. އެކަމަކު ފުޓްބޯޅައިގައި ހުރިހާ މެޗެއް ބޭނުންވާ ގޮތަކަށް ނުދާނެ،" މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުންޏެވެ. "ވަރަށް ރަނގަޅަށް ޑިފެންސްކުރާ ޓީމަކާ ދެކޮޅަށް ޕީއެސްޖީން ރަނގަޅު ކުޅުމެއް ދެއްކި."

ބާސެލޯނާ އިން ޕީއެސްޖީ އަށް ބަދަލުވި ވިންގް އޮސްމާނޭ ޑެމްބެލޭ ވަނީ ރޭގެ މެޗުގައި ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox