ހުލާސާކޮށް އިއްޔެ: އިންސްޓެންޓު ޕޭމަންޓު ސިސްޓަމް 'ފަވަރަ' ތައާރަފު ކުރުން

Aug 27, 2023, 2:06 AM
ޕޭމަންޓު ސިސްޓަމް ތައާރަފު ކުރަން ރޭ ކްރޮސްރޯޑްގައި ބޭއްވި ހަފުލާގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް. -- ފޮޓޯ: އެމްއެމްއޭ

ޕޭމަންޓު ސިސްޓަމް ތައާރަފު ކުރަން ރޭ ކްރޮސްރޯޑްގައި ބޭއްވި ހަފުލާގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް. -- ފޮޓޯ: އެމްއެމްއޭ

އެއް ބޭންކުން އަނެއް ބޭންކަށް ކުރާ ޓްރާންސްފާތައް ވަގުތުން އެކައުންޓަށް ޖަމާވުން ފަދަ ޒަމާނީ ސިފަތައް ހިމެނޭ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް 'ފަވަރަ' ރޭ ތައާރަފުކުރި އެވެ.

ފަވަރަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި އެމްއެމްއޭގެ ވެރިންނާއި ރާއްޖޭގެ ބޭންކުތަކުގެ ވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި މިއީ ރާއްޖޭގެ ޕޭމަންޓް ސްޓްރަކްޗާއަށް މިފަހުން ގެނެވޭ އެންމެ ބޮޑު ބަދަލެވެ. އަދި މި ނިޒާމު ވުޖޫދަށް އައުމާ ގުޅިގެން މާލީ މުއާމަލާތްތައް ރައްކާތެރިކަމާ އެކީ ފަސޭހަވެ އަވަސްވެ، މުޅި މާލީ ނިޒާމަށް އީޖާދީ، އިންގިލާ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައި ވެ އެވެ.

ފަވަރަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމުން ކުރެވޭ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • އިންސްޓަންޓް ޕޭމަންޓްސް
  • ރިކުއެސްޓް ޓު ޕޭ
  • ސްމާޓް އެޑްރެސިން
  • އެކައުންޓް ވެރިފިކޭޝަން

ނިޒާމު އެންމެ ފުރަތަމަ ބޭނުންކުރާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް), ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

އޭގެ އިތުރުން, އެހެން ބޭންކުތަކުން ވެސް މުސްތަގުބަލުގައި ސިސްޓަމް ބޭނުންކުރަން ފަށަން ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާއިރު އަހަރުގެ ނިޔަލަށް ރާއްޖޭގައި ތިބި ހުރިހާ ބޭންކަކުން މި ނިޒާމުގައި ބައިވެރިވާނެ އެވެ.

މި ނިޒާމުގެ މަސައްކަތް ފެށިގެން އައި ކިޔައިދެއްވަމުން، އެމްއެމްއޭގެ އެސިސްޓަންޓް ގަވަރުނަރު މަރިޔަމް ހުސެއިން ދީދީ ވިދާޅުވީ ރާއްޖޭގައި އުޅެނީ ސްމާޓް ފޯނާއި އިންޓަނެޓަށް އަހުލުވެރި ބަޔެއް ނަމަވެސް، ޑިޖިޓަލް ބޭންކިން ނިޒާމު ކުރިއަރާފައި ނެތުމުން ނަގުދު ފައިސާ އާއި ޗެކުތަކަށް ބަރޯސާވުން ބޮޑު ކަން ފާހަގަކުރެވުނު ކަމަށެވެ.

އެގޮތުން, ކުރެވުނު މަޝްވަރާތަކާއި ދިރާސާތަކަށް ފަހު މިއަދު އިފްތިތާހު ކުރެވުނު ނިޒާމަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ޕޭމަންޓް ހެދޭނެ، ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ ނިޒާމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއާ އެކީ އަހަރުގެ ކޮންމެ ދުވަހަކު މެދުނުކެނޑި ބޭންކިން ހިދުމަތް ލިބިގެންދާނެ މަގުފަހި ވެގެން ގޮސްފި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭއިން އަދި އިފްތިތާހުކުރީ މި ޕޭމަންޓް ސިސްޓަމްގެ ފުރަތަމަ ފިޔަވައްސެވެ. ކައިރި މުސްތަގުބަލެއްގައި މި ސިސްޓަމްގެ ދެވަނަ ފިޔަވަހި ތައާރަފުކުރެވި އިތުރު ހިދުމަތްތަކަށް ހުޅުވިގެން ދާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ދަ ޑިމޮކްރެޓްސް ދޫކޮށް ދިޔަ މެމްބަރުންނަށް އެ ޕާޓީގެ ބާނީ މުހައްމަދު ނަޝީދު ރިޝްވަތުގެ ތުހުމަތުކޮށް، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ މައްސަލަ ބަލައި ދިނުމަށް އެދި ޕޮލިހަށް މައްސަލަ ހުށަހެޅުމާއެކު، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވީ،

ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު އެފަދަ ކަމެއް ނުކުރާނެކަން. އެހެން ނަމަވެސް ދާއިރާގައި ނުފެށި ހުރި ބޮޑެތި މަޝްރޫއުތައް މިވަގުތު ވެސް ފެށުމަށް ކުރަން ޖެހޭ ކަމެއް ކުރުން އެއީ އަޅުގަނޑު ކުރަން ޖެހޭނެ ކަމެއް ކަން. މިއީ ރައީސް ނަޝީދުގެ ދަރިވަރެއް, އެމަނިކުފާނު އުފެއްދި ސިޔާސީ މީހެއް."

ދުވަހުގެ ފޮޓޯ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު އިއްޔެ ޓެކްސީ ޑްރައިވަރުންނާ ބޭއްވި ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު އިއްޔެ ޓެކްސީ ޑްރައިވަރުންނާ ބޭއްވި ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު އިއްޔެ ޓެކްސީ ޑްރައިވަރުންނާ ބޭއްވި ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox