ސިމްޑީ އިން ކެނޮން ފޮޓޯގްރަޕީ ވޯކްޝޮޕެެއް ބާއްވަނީ

ކެނޮން ކެމެރާ ބޭނުންކޮށްގެން ފޮޓޯނެގުމުގެ ހުނަރު ދަސްކޮށްދޭ ވޯކްޝޮޕެއް ހިންގަން ސިމްޑީން ވަނީ އިއުލާނުކޮށްފަ--- ފޮޓޯ:ކެނޮން

ކެނޮން ކެމެރާ ބޭނުންކޮށްގެން ފޮޓޯނެގުމުގެ ހުނަރު ދަސްކޮށްދޭ ވޯކްޝޮޕެއް ހިންގަން ސިމްޑީން ވަނީ އިއުލާނުކޮށްފަ--- ފޮޓޯ:ކެނޮން

ފޮޓޯނެގުމަށް ޝައުގުވެރިވާ ފަރާތްތަަކަށް އަމާޒުކޮށްގެން ސިމްޑީން ފޮޓޯ ނެގުމުގެ ހުނަރު ދަސްކޮށްދޭ ވޯކްޝޮޕެއް ބާއްވަން އިއުލާނުކޮށްފި އެވެ.

ސިމްޑީން ބުނީ މި ކުރު ވޯކްޝޮޕްގެ އަމާޒަކީ ކެނޮން ކެމެރާތައް ބޭނުންކޮށްގެން ފޮޓޯ ނެގުމުގެ ހުނަރު އުގަންނައިދިނުން ކަމަށެވެ. އަދި ފޮޓޯގްރަޕީގެ ދާއިރާއަށް އަލަށް ތައާރަފުވާ މީހަކަށް ވިޔަސް، ނުވަތަ ފޮޓޯގްރަފީގެ ހުނަރުތައް އިތުރު ހަރުފަތަކަށް ގެންދަން ބޭނުންވާ މީހުންނަށްވެސް މި ވޯކްޝޮޕްގައި ބައިވެރިވެވޭނެ ކަމަށް ބުންޏެވެ.

މި ވޯކްޝޮޕްގައި ޖުމްލަ ފަސް މޮޑިއުލް އެއް ކިޔަވަދޭނެ އެވެ. އޭގެ ތެރޭގައި އެންމެ ބޭސިކުން ފެށިގެން، ކްރިއޭޓިވް ކޮންޓްރޯލްސް، ސްޓޫޑިއޯ ލައިޓިން، އަދި ފޮޓޯ އެޑިޓުކުރުމަށް ލައިޓް ރޫމް އާއި ފޮޓޯޝޮޕް ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުން ހިމެނެ އެވެ.

ބައިވެރިން ބޭނުންނަމަ ފަސް މޮޑިއުލްވެސް ކިޔެވޭނެ އެވެ. އަދި ވަކި ވަކި މޮޑިއުލްތައް ހިޔާރުވެސް ކުރެވޭނެ އެވެ. ފަސް މޮޑިއުލް އެއްކޮށް ހިޔާރުކުރާ މީހުންނަށް ކޯސްފީން 10 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ލިބޭނެ އެވެ.

ސިމްޑީން ބުނީ މި ވޯކްޝޮޕްގައި ކިޔަވައިދޭނީ ކެނޮން ސެޓިފައިޑް އެކްސްޕާޓް އިންސްޓްރަކްޓަރެއް ކަމަށްވާ ޔާސީން ހަމީދު ކަމަށެވެ. އަދި ކްލާސްތައް ކުރިއަށްދާނީ ކޮންމެ ހަފްތާއަކު ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހު ކަމަށާއި ކްލާސްތައް ބާއްވާނީ އެ ދުވަސްތަކުގެ ހެދުނު 10:00 އިން 11:00 އަށް އަދި ހަވީރު 3:00 އިން 4:00 ކަމަށެވެ.

މި ވޯކްޝޮޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގަ އެވެ. ސިމްޑީން ބުނީ އެ މުއްދަތާ ހަމަޔަށް އެޕްލިކޭޝަން ބަލައިގަންނާނެ ކަމަށެވެ. ވޯކްޝޮޕްގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭނީ އޮންލައިންކޮށެވެ.

ސިމްޑީން ބުނީ މި ވޯކްޝޮޕް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ދިނުުގެ އިތުރުން އެކުންފުނިން ކެމެރާ ގަންނަ ނަމަ ހާއްސަ ޑިސްކައުންޓުވެސް ލިބޭނެ ކަމަށެވެ. ސިމްޑީ އަކީ ކެނޮންގެ ރާއްޖޭގެ އޮތޮރައިޒްޑް ޕާޓްނަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް ކޮންޕެޓިޝަނަށް ރާއްޖެ

2026 ވަނަ އަހަރު ކޮރެއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސްކޫލްތަކުގެ 10 ދަރިވަރުންގެ ޓީމެއް ދަނީ ތައްޔާރުވަމުންނެވެ. ވުމަން އިން ޓެކް އާއި ފޯރލޫޕް އެކަޑަމީގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ހަރަކާތަށް އެމް.ޑަބްލިއު.އެސް.ސީ އާއި އިތުރު ކުންފުނިތަކުން ވަނީ ސްޕޮންސަރާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޗައިނާގެ އޭއައި އިން ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާ ގޮތް ބުނެދީފި

ޗައިނާގެ މޫންޝޮޓް ކުންފުނީގެ "ކިމީ" އޭއައި މޮޑެލްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފޫއަޅުވާލައި، ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާނެ ގޮތުގެ މައުލޫމާތު ހޯދޭކަން ދިރާސާއަކުން ވަނީ ހާމަވެފައެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނިން މިހާރު ތަހުގީގު ފަށާފައިވާއިރު، މިއީ އޭއައި ނިޒާމުތަކުގެ ރައްކާތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަން ގޫގުލްގެ ސެޓެލައިޓް

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ ދިރާސާއަކަށް ގޫގުލްގެ "ޕްރޮޖެކްޓް ސަންކެޗާ" ގެ ދަށުން ޕްރޮޓޯޓައިޕް ސެޓެލައިޓެއް އަންނަ ހަފުތާގައި ޖައްވަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ. މި މިޝަންގެ މައިގަނޑު ބޭނުމަކީ ޖައްވުގެ ރޭޑިއޭޝަނާއި ގަދަ ހޫނުގައި ގޫގުލްގެ އޭއައި ޗިޕްތައް މަސައްކަތްކުރާ މިންވަރު ބަލައި، އިރުގެ ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ޑޭޓާ ސެންޓަރުތައް ހިންގިދާނެތޯ ދެނެގަތުމެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox