ވެސްޓް ހޭމް އިން ޗެލްސީ ބަލިކޮށްފި

Aug 20, 2023, 6:29 PM
ވެސްޓް ހޭމް އިން ޗެލްސީ ބަލިކޮށްފި

ލަންޑަން (އޮގަސްޓް 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ވެސްޓް ހޭމް ޔުނައިޓެޑުން 3-1 އިން ޗެލްސީ ބަލިކޮށްފި އެވެ.

އާ ސީޒަނަށް އެންމެ ބޮޑު ހަރަދެއް ކުރި ޗެލްސީ އަތުން މިއީ ވެސްޓް ހޭމް އަށް ލިބިގެންދިޔަ ބޮޑު މޮޅެކެވެ. އަނެއްކޮޅުން, މެޗުގެ ފަހު 30 މިނިޓް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ވެސްޓް ހޭމް އިން މި ވަނީ ސީޒަން ވަރުގަދަ އަށް ފެށުމަށް ދެއްކި ހިތްވަރާ އެކު، މުހިންމު ތިން ޕޮއިންޓް ހޯދައިފަ އެވެ.

މިއީ ޗެލްސީ ކޯޗުކަމާ މި ސީޒަނުގައި ހަވާލުވި، މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި އެ ޓީމު ބަލިވި ފުރަތަމަ މެޗެެވެ. ލީގުގެ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ވަނީ ލިވަޕޫލާ އެއްވަރުވެފަ އެވެ. ޑޭވިޑް މޮއިސްގެ ކޯޗުކަމުގައި ކުޅޭ ވެސްޓް ހޭމް އިން މި ހޯދީ ލީގުގައި މި ފަހަރު ހޯދި ފުރަތަމަ މޮޅެވެ.

Advertisement

ލަންޑަން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ހަތް ވަނަ މިނިޓްގައި ވެސްޓް ހޭމަށް ލީޑުނަގައިދިނީ މޮރޮކޯގެ ޑިފެންޑަރު ނަޔެފް އަގާޑް އެވެ. އޭނާ މި ގޯލު ޖެހީ ޖޭމްސް ވޯޑް ޕްރައުސް ދިން ބޯޅައަކުންނެވެ.

މެޗުގެ 28 ވަނަ މިނިޓްގައި ޗެލްސީގެ ކާނީ ޗުކުމޭކާ ވަނީ، އޭނާ އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލާ އެކު އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީ އަށް ލީޑުނަގައިދޭން އެންޒޯ ފެނާންޑޭޒް ޖެހި ޕެނަލްޓީ ވެސްޓް ހޭމްގެ ކީޕަރު އަލްފަންސޯ އަރެއޯލާ ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން އަށް ވަނަ މިނިޓްގައި ވެސްޓް ހޭމް އިން ވަނީ މިކޭލް އެންޓޯނިއޯ ޖެހި ގޯލުން އަލުން ލީޑުނަގައިފަ އެވެ. މި ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ވޯޑް ޕްރައުސް އެވެ.

އެކަމަކު، އޭގެ އިރުކޮޅެއް ފަހުން، އެގާޑަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުން ވެސްޓް ހޭމަށް ޕްރެޝަރު ބޮޑުވި އެވެ.

ޗެލްސީން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގައި ދާދި ފަހުން އެ ޓީމަށް ގެނައި 140 މިލިއަން ޑޮލަރުގެ މިޑްފީލްޑަރު މޮއިސަސް ކައެސޭޑޯ ކުޅެން އެރުވި އެވެ. އެކަމަކު، ކައެސޭޑޯ އަށް ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ބޭނުންނުުހިފުނުއިރު، އޭނާ ދިން ޕެނަލްޓީ އަކުން ވެސްޓް ހޭމް އިން ވަނީ ތިން ވަނަ ގޯލު ޖަހައިފަ އެވެ. ވެސްޓް ހޭމްގެ ތިން ވަނަ ގޯލު ޖެހީ އިތުރު ވަގުތުގައި ޕެނަލްޓީ އަކުން ލޫކަސް ޕަކޭޓާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox