ސިޓީ އާއި ލިވަޕޫލް މޮޅުވިއިރު، ޔުނައިޓެޑް ބަލިވެއްޖެ

Aug 20, 2023, 4:52 AM
ސިޓީ އާއި ލިވަޕޫލް މޮޅުވިއިރު، ޔުނައިޓެޑް ބަލިވެއްޖެ

ލަންޑަން (އޮގަސްޓް 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ކުޅުނު މެޗުތަކުން މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން ޓޮޓެންހަމް އަތުން 2-0 އިން ބަލިވެއްޖެ އެވެ.

ލިވަޕޫލުން އަމިއްލަ ދަނޑުގައި ފަހަތުން އަރައި، 3-1 އިން ބޯންމައުތު ބަލިކުރިއިރު، ނިއުކާސަލް ޔުނައިޓެޑް އަތުން ސިޓީ މޮޅުވީ 1-0 އިންނެވެ.

ރޭ ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުގެ ތިން ވަަނަ މިނިޓްގައި ބޯންމައުތުން ވަނީ ލީޑުނަގައިފަ އެވެ. ލިވަޕޫލް ކުޅުންތެރިން އަތުން ގެއްލުނު ބޯޅައެއް ހޯދައި، ބޯންމައުތަށް ލީޑުނަަގައިދިނީ އެންޓޮއިން ސެމެންޔޯ އެެވެ.

Advertisement

ނަތީޖާ އަނބުރާލަން ކުރި މަސައްކަތުގައި ލިވަޕޫލުން ފުރަތަމަ ހާފުގައި ކާމިޔާބު ހޯދި އެެވެ. އެ ގޮތުން، ލިވަޕޫލަށް އެއްވަރުކޮށްދިން ލަނޑު ޖެހީ މެޗުގެ 28 ވަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ ތަަނަވަސްކުރި އެޓޭކެއްގެ ބޭނުންހިފައި ލުއިޒް ޑިއާޒް އެވެ. މެޗުގެ 36 ވަނަ މިނިޓްގައި ޕެނަލްޓީއެއްގެ ރީބައުންސް ގޯލަށް ވައްދާލައިގެން މުހައްމަދު ސަލާހު ލިވަޕޫލަށް ލީޑުނަަގައިދިނެވެ. މިއީ، ލިވަޕޫލްގެ ޑޮމިނިކް ސޮބޯސްލާއީ އަށް ބޯންމައުތުގެ ޖޯ ރޮތުވެލް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

މި މެޗުގައި ލިވަޕޫލަށް މައްސަލަ ދިމާވީ، 58 ވަނަ މިނިޓްގައި އެ ޓީމުގެ މިޑްފީލްޑަރު އަލެކްސިސް މެކް އަލިސްޓާ އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އެއީ ބޯންމައުތުގެ ރަޔާން ކްރިސްޓީ އަށް ކުރި ފައުލަކަށް ދެއްކި ރަތް ކާޑެކެވެ. ކުޅުންތެރިއަކު މަދުވި ފަހުން ވެސް އެޓޭކްކޮށް، ލިވަޕޫލުން ވަނީ މެޗުގެ 62 ވަނަ މިނިޓްގައި ގޯލެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ އޭރިއާތެރެއިން ލިބުނު ރީބައުންސް ބޯޅައެއްގައި ޖޮޓާ އެވެ.

ފުރަތަމަ ހާފުގައި ރޭ ޔުނައިޓެޑަށް ލީޑުނަގައިދޭން މާކަސް ރަޝްފޯޑާއި ބްރޫނޯ ފެނާންޑޭސް އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުހިފުނެވެ. ޓޮޓެންހަމް އިން މޮޅުވީ ދެ ވަނަ ހާފުގައި ޖެހި ގޯލުތަކާ އެކު އެވެ. އެ ގޮތުން، ޓޮޓެންހަމަށް ލީޑުނަގައިދިނީ ދެ ވަނަ ހާފުގެ ހަތަރު ވަނަ މިނިޓްގައި ޕާޕޭ މަޓާ ސާ އެވެ.

ނަތީޖާ ހަމަހަމަކުރަން ޔުނައިޓެޑުން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް އެކަން ހާސިލްނުވި އެވެ. ޓޮޓެންހަމް އިން ވަނީ 83 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ޑިފެންޑަރު ލިސަންދްރޯ މާޓީނޭޒް ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލުން ލީޑު ފުޅާކޮށްފަ އެެވެ. މި ގޯލުގައި ޓޮޓެންހަމްގެ އިވާން ޕެރިސިޗާއި ބެން ޑޭވިސް އިސް ދައުރެއް އަދާކޮށްފައިވެ އެވެ.

މެންޗެސްޓާ ސިޓީން ރޭ ނިއުކާސަލް ބަލިކުރިއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކުރީ 31 ވަަނަ މިނިޓްގައި ހޫލިއަން އަލްވަރޭޒް އެވެ. މިއީ، ފިލް ފޯޑެން ދިން ބޯޅައަކަށް އަރައި، އަލްވަރޭޒް ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox