އަދުރޭ ވިދާޅުވަނީ ވަހީދު ޓިކެޓް ހޯދަން "ޖެހިގަތީ ބާޒެއް ހެން" ކަމަށް

ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާއި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް(މ). ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާއި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް(މ). ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ހޯއްދަވަން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަޑައިގެންނެވީ އެ ދެޕާޓީއަށް އެއްވެސް ކަމެއް ކޮށްނުދެއްވައި ހުންނަވާފައި "ބާޒެއް އައިސް ޖެހިގަންނަހެން" ކަމަށް ވިދާޅުވެ، ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) އެމަނިކުފާނަށް ރައްދު ދެއްވައިފި އެވެ.

ސެޕްޓެމްބަރު 9.، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ޖުމްހޫރީ ޕާޓީން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ޑރ.ވަހީދު ވިދާޅުވީ ރީގެ ރައީސް އަބްދުالله ޔާމީނަށް އިންތިހާބަށް ކުރިމަތިނުލެވިއްޖެ ހާލަތެއްގައި އަމަލުކުރަން އެމަނިކުފާނު އިރުޝާދު ދެއްވި ގޮތަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަމަލުކޮށްފައި ނުވާ ކަމަށެވެ.

ޕީޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ވ. ފެލިދޫގައި މިއަދު ބޭއްވި ޖަލްސާގައި ވަހީދަށް ރައްދު ދެއްވަމުން އަދުރޭ ސުވާލުކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕް މިދިޔަ ފަސް އަހަރު ވަރަށް ހިތްދަތިކަމުގައި ހޭދަކުރި އިރު ވަހީދު އުޅުއްވީ ކޮންތާކުތޯ އެވެ.

"ކީއްތޯ ޕާޓީއަށް ކޮށްދެއްވީ؟ ރައީސް ޔާމީނުގެ ހައްގުގައި، ދިފާއުގައި ކޮން ކަމެއްތޯ ކޮށްދެއްވީ؟ ހަމަ ކުށްލިއަކަށް، ރައީސް ޔާމީނަށް [ރިޔާސީ އިންތިހާބަށް] ކުރިމަތި ނުލެވޭނެ ކަމަށް ސުޕްރީމްކޯޓުން ހުކުމްކުރުމާ އެކީގައި، އަނެއް ދުވަހު އަޅުގަނޑުމެން ލީޑަޝިޕް މީޓިން ބޭއްވި ގަޑީގައި، އަޅުގަނޑު އައިސް އޮފީހަށް ވަނތް އިރު ކޮޅުގޮނޑީގައި އައިސް އިށީނދެވަޑައިގެން އިންނެވީ،" ރިޔާސީ ޓިކެޓް ހޯއްދަވަން ވަހީދު ވަޑައިގެންނެވި ގޮތް ސިފަކުރައްވަމުން އަދުރޭ ވިދާޅުވި އެވެ.

އެގޮތަށް ވަޑައިގެންނެވި އިރު ވަހީދަކީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

ރައީސް ޔާމީނު ޖަލުގައި ހުންނަވާތާ 1،000 އަށް ވުރެ ގިނަ ދުވަސް ވީ އިރު އެމަނިކުފާނު މިނިވަންކުރައްްވަން ވަހީދު އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ. ކުރީގެ ރައީސެއްގެ ހައިސިއްޔަތުން އޮތް ގުޅުންތައް ބޭނުން ކުރައްވައިގެން އެ މަސައްކަތް ނުކުރައްވާ ކަމަށާއި ބަޔާނެއް ވެސް ނުނެރުއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެން އެއްވެސް ކަމެއް ނުކުރައްވާ ހުންނަވާފައި، ބަންކިޔާފައި އައިސް ބާޒެއް ހެން އަޅުގަނޑުމެންގެ މައްޗަށް ޖެހިގަނެފައި، ޓިކެޓް ހޯދާށޭ މިއައީ [ވިދާޅުވީ]،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވި ގޮތުގައި އޭނާ ހުންނެވީ ޕީޕީއެެމް/ޕީއެންސީގެ ރިޔާސީ ޓިކެޓާ ބެހޭ ގޮތުން ވަހީދު ދައްކަވާ ވާހަކަފުޅުތަކަށް ރައްދެއް ނުދެއްވަން ކަމަށެވެ. އެހެން ނަމަވެސް މިއަދު އެވާހަކަފުޅުތަކަށް ރައްދު ދެެއްވީ އަދުރޭ ވިދާޅުވި ގޮތުގައި "ތަންކޮޅެއް ލަދުހަޔާތް ކުޑަކޮށް" އެވާހަކަ ދެއްކީމަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox