ލިވަޕޫލަށް ނޫނެކޭ ބުނެ ލަވިއާ ވެސް ޗެލްސީ އަށް

Aug 19, 2023, 9:34 AM
ލިވަޕޫލަށް ނޫނެކޭ ބުނެ ލަވިއާ ވެސް ޗެލްސީ އަށް

ލަންޑަން (އޮގަސްޓް 19) - ލިވަޕޫލުން ހޯދަން މަސައްކަތްކުރި ސައުތަމްޓަންގެ ޒުވާން މިޑްފިލްޑަރު ރޮމިއޯ ލަވިއާވެސް ޗެލްސީއަށް ސޮއިކޮށްފި އެވެ.

ބެލްޖިއަމްގެ ލަވިއާ ޗެލްސީ އަށް ސޮއިކުރީ 53 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.

ލަވިއާ އަކީ ހޫނު މޫސުމުގެ ޓްރާންސްފާގައި ލިވަޕޫލުން ވަރަށް ބޮޑަށް ހޯދަން މަސައްކަތްކުރި ކުޅުންތެރިއެކެވެ. ނަމަވެސް ޗެލްސީ އިން ބިނާކުރަމުން އަންނަ އާ ޓީމާމެދު އިތުބާރު އެބައޮތްކަމަށްބުނެ އޭނާ އެންމެ ފަހުން ޗެލްސީއަށް ސޮއިކުރަން ނިންމީ އެވެ.

Advertisement

ލަވިއާ އަކީ އެއް ހަފްތާ ތެރޭގައި ލިވަޕޫލުން ގަންނަން މަސައްކަތްކުރަނިކޮށް އެޓީމަށް ނޫނެކޭ ބުނެ ޗެލްސީއަށް ސޮއިކުރި ދެވަނަ ކުޅުންތެރިއާ އެވެ. މީގެ ތިން ދުވަސް ކުރިން ލިވަޕޫލުގެ ބޮޑު ހުށަހެޅުމަކަށް ނޫނެކޭ ބުނެ ބްރައިޓަންއަށް ކުޅުނު ކައެސޭޑޯ ވަނީ ޗެލްސީއަށް ސޮއިކޮށްފަ އެވެ.

ލަވިއާ 19، އަކީ މެންޗެސްޓާ ސިޓިގެ ޔޫތު ޓީމުން ފާހަގަވި ކުޅުންތެރިއެކެވެ. އޭގެ ފަހުން އޭނާ ވަނީ 2022 ވަނަ އަހަރު 10.5 މިލިއަން ޕައުންޑްގެ ފީއަކަށް ސައުތެމްޓަނަށް ބަދަލުވެފައެވެ. މިދިޔަ ސީޒަންގައި ސައުތަމްޓަނަށް ލަވިއާ 34 މެޗު ކުޅެދިނެވެ.

ލަވިއާ އަކީ އާ ސީޒަނަށް ޗެލްސީން ގަތް ނުވަވަނަ ކުޅުންތެރިއާ އެވެ. އެޓީމުން ވަނީ އާ ކުޅުންތެރިންނަށް ސްކޮޑުން ޖާގަ ހުސްކުރުމަށް 12 ކުޅުންތެރިއަކު ވިއްކާލާފަ އެވެ.

ޗެލްސީގެ އާ ވެރިން އެކުލަބާ ހަވާލުވި ފަހުން މިހަތަނަށް 900 މިލިއަން ޕައުންޑް ވަނީ ހޭދަކޮށްފަ އެވެ. އެމެރިކާގެ ޓޮޑް ބޮއެލީ އެކުލަބާއި ހަވާލުވެ މިހާތަނަށް 23 ކުޅުންތެރިއަކު ސޮއިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox