ޓިކެޓު ނުދިނުމުން ވަހީދުގެ ނުރުހުން: "އަމަލުކުރީ ޔާމީނު އެންގެވި ގޮތަކަށް ނޫން"

ކުރީގެ ދެ ރައީސުން ކަމަށްވާ ޑރ. މުހައްމަދު ވަހީދު (ކ) އަދި އަބްދުالله ޔާމީން (ވ). ޕީޕީއެމްގެ ޓިކެޓަށް ވަހީދު އުންމީދު ކުރެއްވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކުރީގެ ދެ ރައީސުން ކަމަށްވާ ޑރ. މުހައްމަދު ވަހީދު (ކ) އަދި އަބްދުالله ޔާމީން (ވ). ޕީޕީއެމްގެ ޓިކެޓަށް ވަހީދު އުންމީދު ކުރެއްވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޖިނާއީ ކުށެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުالله ޔާމީނަށް އިންތިހާބަށް ކުރިމަތިނުލެވިއްޖެ ހާލަތެއްގައި އަމަލުކުރަން އެމަނިކުފާނު އިރުޝާދު ދެއްވި ގޮތަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަމަލުކޮށްފައި ނުވާ ކަމަށް ވިދާޅުވެ, އިދިކޮޅުގެ ރިޔާސީ ޓިކެޓު ދީފައި ނުވާތީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ނުރުހުން ފާޅުކުރައްވައިފި އެވެ.

ސުޕްރީމް ކޯޓުން ޔާމީނަށް ކުރިމަތިނުލެވޭނެ ކަމަށް ކަނޑައެޅިއިރު ވެސް އިދިކޮޅުގެ ޓިކެޓާ މެދު އޮތީ ވަކި ގޮތެއް ނުނިމި އެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ޔާމީނު އެދިވަޑައިގެން އެ ޓިކެޓު ޑރ. މުހައްމަދު މުއިއްޒުއަށް ދިންއިރު ވެސް އެއީ "ޕްލޭން ސީ" ކަމަށް އިދިކޮޅުން ބުންޏެވެ.

އަދި, ޕީޕީއެމްގެ ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރާނެ ކަމަށް ދިޔައީ ބުނަމުންނެވެ. އެ ޓިކެޓު ހޯއްދެވުމަށް ވަހީދު ވެސް މަސައްކަތްތަކެއް ކުރެއްވި އެވެ.

އެހެން ނަމަވެސް, އިންތިހާބަށް ވަގުތު ކުޑަތަންވިއިރު ކެންޑިޑޭޓެއް ނުދެއްކި ޕާޓީގެ ފިކުރު އޮތީ ދެކަފިވެފަ އެވެ. ޔާމީން ބޭނުންވެވަޑައިގެންނެވީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. ނަމަވެސް, އެގޮތަށް އަމަލުކުރަން އެ ޕާޓީގެ ސެނެޓުން ފާސްނުވުމުން ނިންމީ މުއިއްޒުއަށް ތާއީދު ކުރުމަށެވެ.

"އަޅުގަނޑު އުންމީދުކޮށްގެން ހުރީ އަޅުގަނޑަށް އެ ފުރުސަތު ލިބިދާނެ ކަމަށް ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ހިނދެއްގައި," ހދ. ކުޅުދުއްފުށީގައި ބޭއްވި ގާސިމް އިބްރާހީމްގެ ރިޔާސީ ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ފުރަތަމަ ޕްލޭނެއްގެ ގޮތުގައި އޮތީ ޔާމީން މިނިވަންވެވަޑައިގެން ވާދަކުރެއްވުމެވެ. އަދި, ދެވަނަ ޕްލޭނެއްގެ ގޮތުގައި އޮތީ ސީދާ ޕީޕީއެމުން ކެންޑިޑޭޓެއް ނެރުމެވެ. އެމަނިކުފާނު ހުންނެވީ ޕްލޭން ދޭއްގެ "އުންމީދުގައި" ކަމަށް ވިދާޅުވި އެވެ.

"ވަގުތު ލިބުނު. ރައީސް ޔާމީން އެންގެވި ގޮތަކަށް ނޫން ކަންކަން ހިނގައިގެން ދިޔައީ. ރައީސް ޔާމީން އެންގެވީ ތިމަންނައަކަށް ދެން ނުކުމެވަޑައިނުގެންނެވޭނޭ އެހެންވީމާ ޕީޕީއެމުން ކެންޑިޑޭޓެއް ނެރޭށޭ. ނުނެރެވެންޏާ ތިމަންނަ މިހިރީ ޕީއެންސީގެ ކެންޑިޑޭޓަށް ވެސް ތާއީދު ކުރަންށޭ. އެކަމަކު އެގޮތަކަށް ނޫން ކަންތައް ހިނގައިދިޔައީ," ވަހީދު ނުރުހުން ފާޅުކުރައްވަމުން ވިދާޅުވި އެވެ.

އެގޮތުން, ޕީޕީއެމްގެ އެއްވެސް މެމްބަރަކަށް ވާދަކުރުމުގެ ފުރުސަތު ނުދިން ކަމަށް ވަހީދު ވިދާޅުވި އެވެ. އެއީ އިހުތިރާމް ކުޑަކުރުން ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

"އެހެންވީމާ އަޅުގަނޑަށް ގަބޫލުކުރެވުނީ 10 އަހަރު އެތާ ހުރެފައި, ނަމަވެސް, އެއްވެސް އިހުތިރާމެއް ނެތި އެއްވެސް ބަލާލުމެއް ނެތި ކަންކަން އެހެން ކުރީމާ އަޅުގަނޑު ނުޖެހޭ އެތާކު ހުންނާކަށް," ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިންނެވި ސަބަބު ހާމަކުރައްވަމުން ވަހީދު ވިދާޅުވި އެވެ.

ޕީޕީއެމްގެ ތާއީދު މުއިއްޒުއަށް ދޭން ނިންމިއިރު ވެސް ވަހީދު އޭނާއަށް ތާއީދުކުރައްވާކަން ހާމައެއް ނުކުރައްވަ އެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން އެ ޕާޓީން ވަކިވެ, ޖޭޕީއާ ގުޅިވަޑައިގެން ގާސިމަށް ތާއީދު ކުރެއްވި އެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ ވާދަވެރި ރިޔާސީ އިންތިހާބު 2008 ގައި ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވިއިރު ޑރ. ވަހީދަކީ އެމަނިކުފާނުގެ ރަނިން މޭޓެވެ. އޭރު ހުންނެވީ ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރެއްގެ މަގާމުގަ އެވެ.

އަދި, އޭގެ ތިން އަހަރު ފަހުން ފެބްރުއަރީ 2012, ގައި ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި މިއުޓިނީއަކުން ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލުމަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގަތީ ޑރ. ވަހީދެވެ.

ވެރިކަމުގައި ހުންނަވައި 2013 ގެ ރިޔާސީ އިންތިހާބަށް އެމަނިކުފާނު ކުރިމަތިލެއްވި އެވެ. އެ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވީ އެންމެ ފަސް ޕަސެންޓެވެ.

ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލު ކުރުމުން ދެން ބޭއްވި ބުރުގައި އެމަނިކުފާނު ވާދަނުކުރައްވަ އެވެ. އޭގެ ބަދަލުގައި ތާއިދު ކުރެއްވީ 2013 ގެ އިންތިހާބާ ކާމިޔާބު ކުރެއްވި ރައީސް އަބްދުالله ޔާމީނަށެވެ. އަދި, އެއަށްފަހު ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދެވީ އެ ޕާޓީއާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox